Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީއޭ ޗެމްޕިއަންޝިޕް

އެމްބީއޭ ޗެމްޕިއަންޝިޕް: ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކިންގްސް ބީސީ ހޯދައިފި

1 މާރިޗު 2019 | ހުކުރު 12:26

ކިންގްސް ބީސީ 100 ޕޮއިންޓް، ރެޕްޓާރސް 58 ޕޮއިންޓް

މިއުނާ ހަސަން
މިއުނާ ހަސަން | 1 މާރިޗު 2019 | ހުކުރު 12:26
ކިންގސް ބީސީ

ކިންގސް ބީސީ

ރެޕްޓާރސް ބީސީ ބަލިކޮށް އެމްބީއޭ ޗެމްޕިއަންޝިޕް ކިންގްސް ބީސީން ކާމިޔާބުކޮށްފިއެވެ.

ކިންގްސް ބީސީން މެޗު ކާމިޔާބުކުރީ 100 ޕޮއިންޓް، 58 ޕޮއިންޓުންނެވެ.

މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މުބާރާތް ކާމިޔާބުކުރި ކިންގްސް ބީސީ ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާ ކާމިޔާބުކުރީ، 26 ޕޮއިންޓް ކާމިޔާބުކޮށްގެންނެވެ. މި ކުއާޓާގައި ރެޕްޓާރސް ބީސީއަށް ކާމިޔާބުކުރެވުނީ 10 ޕޮއިންޓެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންއައީ ކިންގްސް ބީސީންނެވެ. ރަނގަޅަށް ޑިފެންސް ކުރުމާއިއެކު ފުލުފުލުގައި ސްކޯކޮށް ކިންގްސް ބީސީ ބޮޑު ލީޑެއް ނެގިއެވެ.

ދެވަނަ ކުއާޓާގައި ކިންގްސް ބީސީން 24 ޕޮއިންޓް ކާމިޔާބުކުރިއިރު، ރެޕްޓާރސްއަށް ކާމިޔާބު ކުރެވުނީ 11 ޕޮއިންޓެވެ.

ރެޕްޓާރސްގެ ކުޅުން ރަނގަޅުކޮށް ތިންވަނަ ކުއާޓާގައި ލީޑް ކުޑަކުރުމަށް މަސައްކަތް ކުރިއެވެ. މި ކުއާޓާގައި ކިންގްސް ބީސީ 23 ޕޮއިންޓް ކާމިޔާބުކުރިއިރު، ރެޕްޓާރސް ވަނީ 16 ޕޮއިންޓް ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަހު ކުއާޓާގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. މި ކުއާޓާގައި 27 ޕޮއިންޓް ހޯދާ 100 ޕޮއިންޓާއި އެއްކޮށް ކިންގްސް މެޗު ކާމިޔާބުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ރެޕްޓާރސްއަށް ކާމިޔާބު ކުރެވުނީ 58 ޕޮއިންޓެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސް ބީސީއަށް 21 ޕޮއިންޓް ހޯދައިދިން އަބްދުއްﷲ އަމްޒަރު މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އަބްދުއްﷲ އަމްޒަރު މުހައްމަދެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގެ އިބްރާހިމް ނަސީމް، އަހުމަދު ހުޝާމް އަދި ހުސައިން ޙަލީމްގެ އިތުރުން ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ އަހުމަދު ފިރާޝް އާއި ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބުގެ މަފާޒު މުހައްމަދެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް