Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެަަާާާާާާަައޭސީސީ

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅަނީ

ހަރަކާތް އޮންނާނީ މާދަމާ ހަވީރު ހަތަރަކުން ހަޔަކަށް

އަލީ ސަމާޚް
އަލީ ސަމާޚް | 28 ފެބުރުއަރީ 2019 | ބުރާސްފަތި 14:52
ކޮރަޕްޝަނާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

ކޮރަޕްޝަނާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ދުރުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ، އޭސީސީގެ މެމްބަރުންގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށާއި، މެމްބަރުން މަގާމުން ދުރުކުރަން ޖެހޭކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕެޓިޝަންގައި ސޮއިކުރުމުގެގޮތުން ބާއްވާ ހަރަކާތެއް ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗްގައި 16:00 އިން 18:00 އަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށައަޅަން ހަމަޖެހިފައިވާއިރު، އޭސީސީގެ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ވަނީ މުޒާހަރާވެސްކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ތައްޔާރުކުރި ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ޝުނާނާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އޭސީސީން އާއްމުކުރި ރިޕޯޓްގައި މި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސްމަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު