Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޮރެންޓޭ ލީޑްސްއަށް ބަދަލުވުން

ސޮސިއެޑާޑުގެ ޑިފެންޑަރު ލޮރެންޓޭ ލީޑްސްއަށް

ލޮރެންޓޭ ލީޑްސްއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2020 | ހުކުރު 16:29
ލީޑްސްއާ ގުޅުނު ސްޕެއިންގެ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ

ލީޑްސްއާ ގުޅުނު ސްޕެއިންގެ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ

ރެއާލް ސޮސިއެޑާޑަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ ލީޑްސް ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ލީޑްސްއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލީޑްސްއިން ލޮރެންޓޭގެ ސޮއި ހޯދުމަށް ކުރި ޚަރަދުގެ ތަފުސީލު ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ލީޑްސްއިން ވަނީ ލޮރެންޓޯ ހޯދުމަށް 20 މިލިޔަން ޔޫރޯގެ ފީއެއް ދައްކާފައެވެ.

މީގެ ކުރިން ރެއާލް މެޑްރިޑަށްވެސް ކުޅުނު ލޮރެންޓޭ ވަނީ ސޮސިއެޑާޑުގައި ތިން އަހަރު ހޭދަކޮށްފައެވެ. އަދި އޭނާ ވަނީ ސޮސިއެޑާޑަށް 77 މެޗު ކުޅެދީފައެވެ.

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައިވާ ލޮރެންޓޭ އަކީ މި ޓްރާންސްފާ ބާޒާރުގައި ލީޑްސްއިން ގެނަ ހަތްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ލީޑްސްއިން ވަނީ ވެލެންސިއާއަށް ކުޅެމުން އައި ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯވެސް އެޓީމަށް ގެނެސްފައެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ކާމިޔާބުކޮށް، 16 އަހަރަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދިއިރު، އެ ޓީމުގެ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާގެ އެއްބަސްވުން ދާދި ފަހުން ވަނީ އާކޮށްފައެވެ. ބިއެލްސާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ލީޑްސްއިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މީގެ ކުރިން އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ލީޑްސް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2004 ވަނަ އަހަރުއެވެ. މީގެ ކުރިން ލީޑްސްއިން ވަނީ ތިން ފަހަރެއްގެ މަތިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ވަނީ 2001 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2020

ޔުވެންޓަސްގެ ޑިފެންޑަރު މަޓުއިޑީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

17 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު މަޓުއިޑީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

ސިޓީގެ ޑިފެންޑަރު މެންޑީ އައިސޮލޭޝަނަށް

12 މާރިޗު 2020
ސިޓީގެ ޑިފެންޑަރު މެންޑީ އައިސޮލޭޝަނަށް
11 މާރިޗު 2020

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

11 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
04 މެއި 2019

ލޮރެންޓޭ ބޭނުންވަނީ ޓޮޓެންހަމްގައި މަޑުކުރަން

04 މެއި 2019
ލޮރެންޓޭ ބޭނުންވަނީ ޓޮޓެންހަމްގައި މަޑުކުރަން
27 ފެބުރުއަރީ 2019

ބިލްބާއޯގައި ރިޓަޔާކުރަން ސަޅިވާނެ: ލޮރެންޓޭ

27 ފެބުރުއަރީ 2019
ބިލްބާއޯގައި ރިޓަޔާކުރަން ސަޅިވާނެ: ލޮރެންޓޭ
02 ޖެނުއަރީ 2019

ރެއާލްގެ ލޮރެންޓޭއަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

02 ޖެނުއަރީ 2019
ރެއާލްގެ ލޮރެންޓޭއަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް
09 ޖެނުއަރީ 2018

ހޮންޑިއުރާސްގެ ޑިފެންޑަރު ގާސިއާ މަރުވެއްޖެ

09 ޖެނުއަރީ 2018
ހޮންޑިއުރާސްގެ ޑިފެންޑަރު ގާސިއާ މަރުވެއްޖެ
28 ޑިސެމްބަރު 2017

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ވެންޑައިކް ލިވަޕޫލްއަށް

28 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ވެންޑައިކް ލިވަޕޫލްއަށް
06 ނޮވެމްބަރު 2017

ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ

06 ނޮވެމްބަރު 2017
ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު