Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކަސް ލޮރެންޓޭ

ރެއާލްގެ ލޮރެންޓޭއަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

ލޮރެންޓޭއަށް އަނިޔާވިކަން ރެއާލުން ވަނީ ކަށަވަރުކޮށްދީފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2019 | ބުދަ 08:11
ރެއާލްއަށް ކުޅެމުން އަންނަ މާކަސް ލޮރެންޓޭ

ރެއާލްއަށް ކުޅެމުން އަންނަ މާކަސް ލޮރެންޓޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު މާކަސް ލޮރެންޓޭއަށް އަނިޔާވެ، މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ރެއާލްގެ އާ ކޯޗު ސެންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލޮރެންޓޭ އަށް އަނިޔާވިކަން ކަށަވަރުކޮށް ރެއާލުން ބުނީ، ލޮރެންޓޭ އަލުން ކުޅުމުގެ ތެރެއަށް އަންނަނީ ތިން ހަފްތާ އާއި ހަ ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

ތިން ހަފްތާ ފަހުން ލޮރެންޓޭ އަށް ކުޅުމުގެ ތެރެއަށް އާދެވޭ ނަމަ އޭނާއަށް ގެއްލޭނީ ސްޕެނިޝް ލީގުގައި ވިޔަރެއާލް އާއި ރެއާލް ސޮސައިޑާޑް އާއި ލެގަނޭޒް އާއި ރެއާލް ބެޓިސް އަދި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

އެހެންނަމަވެސް ހަ ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރަށް ގޮސްފި ނަމަ، ލީގުގައި ލޮރެންޓޭއަށް އެސްޕަނިއޯލް އާއި ޑިޕޯޓިވޯ އަލަވޭސް އަދި އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އަޔަކްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެއެވެ.

ރެއާލް މެޑްރިޑުން 2015 ވަނަ އަހަރު ކެރިޔަރު ފަށާފައިވާ ލޮރެންޓޭ ވަނީ އަލަވޭސްއަށް އަހަރެއް ވަންދެން އަލަވޭސްއަށް ކުޅެފައެވެ. އޭނާ ވަނީ އަލަވޭސްއަށް 35 މެޗު ކުޅެދީފައެވެ.

އުމުރުން 23 އަހަރުގެ ލޮރެންޓޭ ވަނީ މިހާތަނަށް ރެއާލްއަށް ކުޅުނު 33 މެޗުގައި އެއް ލަނޑު ޖެހުމުގެ އިތުރުން އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފައިވާ ލޮރެންޓޭ މިހާތަނަށް ސްޕެއިންގެ ސީނިއާ ގައުމީ ޓީމަށް ނަގާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
10 ޖޫން 2017

މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް

10 ޖޫން 2017
މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް
26 އެޕްރީލު 2017

ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި

26 އެޕްރީލު 2017
ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު