Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ޔާމީން މިނިވަންކުރަން ގޮވާލީ ޖަމާޢަތަށް ހަޤީގަތް އޮތީ އޮޅިފައި!

ރައީސް ޔާމީން ހައްޔަރުކުރުމުން ބައިނަލްއަޤްވާމީ މުޖްތަމައުގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުލިބުނު

ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2019 | ބުދަ 13:24
ރައީސް ޔާމީން ހައްޔަރުކޮށް، ފުލުހުންގެ ލޯންްޗަށް އަރުވަނީ

ރައީސް ޔާމީން ހައްޔަރުކޮށް، ފުލުހުންގެ ލޯންްޗަށް އަރުވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުކުރުމުން، ބައިނަލްއަޤްވާމީ މުޖްތަމައުގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުލިބުނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމުން ބައިނަލްއަޤްވާމީ މަސްރަހުން ފާޅުކުރި ކަންބޮޑުވުން މިފަހަރު ފެނިގެން ނުދިޔައީ، ރައީސް ޔާމީން ހައްޔަރުކުރެވުނީ އުޞޫލުތަކުގެ ތެރެއިންކަމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ޤަބޫލުކުރެވޭތީކަމަށް ފެނެއެވެ.

އެހެންނަމަވެސް ކުއްލިއަކަށް "މާ ބޮޑު" ޖަމާޢަތަކުން ރައީސް ޔާމީން ހައްޔަރުކުރުމުން ކަންބޮޑުވުން ފާޅުކުރިކަމަށް ނޫސްތަކުން ފެނުމުން އެއީ ކޮން ޖަމާޢަތެއްތޯ ބަލާލާ ހިތްވެއްޖެއެވެ. ބަލާލިއިރު، މިޖަމާޢަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރުން ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތައް ފޮރުވުމަށް މަސައްކަތްކުރި ޔޫރަޕްގެ ޖަމާޢަތްކަން ހާމަވިއެވެ.

އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭ.ސީ.އާރް.އީ)ގެ ނަމުގައި ހަރަކާތްތެރިވާ މި ޖަމާޢަތުގެ މެމްބަރު ޕާޓީތަކެއް ހުރެއެވެ. ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމް އަކީ އެޖަމާޢަތުގެ ރީޖަނަލް ޕާޓްނަރެވެ. އިސްރާއީލުގެ ލިކޫދް ޕާޓީއަކީވެސް އެޖަމާޢަތުގެ ޕާޓްނަރެކެވެ.

އޭ.ސީ.އާރް.އީ ގެ މެމްބަރު ޕާޓީތަކުގެ ގޮތުގައި 30 ޕާޓީ އޮތް އިރު، އޭގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެޖޯރިޓީ ލިބިފައިވަނީ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށާއި ޕޮލެންޑްގެ ލޯ އެންޑް ޖަސްޓިސް ޕާޓީއަށެވެ. 10 ޕާޓީއަކަށް އެޕާޓީތައް ހަރަކާތްތެރިވާ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް މިހާރު ނެތް އިރު، 4 ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އެންމެ ގޮނޑިއެއް ލިބިފައިވެއެވެ. މިއިން ކޮންމެ މަޖިލީހެއްގެ 125 އަށްވުރެ ގިނަ ގޮނޑި ހިމެނެއެވެ. އަދި މީގެ ތެރޭގައި 630 މެމްބަރުން ތިއްބަވާ އިޓަލީވިލާތުގެ ޗެމްބަރ އޮފް ޑެޕިއުޓީޒްގައި ހިމެނޭ އޭ.ސީ.އާރް.އީގެ މެމްބަރު ޕާޓީ ޑައިރެކްޝަން އިޓަލީއަށް ނިސްބަތްވާ ހަމައެކަނި މެމްބަރުވެސް ހިމެނެއެވެ.

މިހާ ވަރުން މިދަންނަވާ އޭ.ސީ.އާރް.އީގެ އެބުނާ ނުފޫޒެއް އޮތް މިންވަރު ތިބޭފުޅުންނަށް ވަޒަން ކޮށްލެވޭނެއެވެ. އެހެންކަމުން ރައީސް ޔާމީން ހައްޔަރުކުރުމުން ބޭރު ދުނިޔެއިން އެކަމަށް ދިން ސަމާލުކަން ވެސް ތިބޭފުޅުންނަށް ވަޒަން ކޮށްލެވޭނެއެވެ.

ޔާމީީން ހައްޔަކުރުމާއި ގުޅިގެން ޕީޕީއެމުން ބޭއްވި އެއްވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

އޭ.ސީ.އާރް.އީއިން ނެރުނު ބަޔާނަށް ބަލާއިރުވެސް ތާކުން ތާކު ނުޖެހޭ، ދޮގު ވާހަކަތައް ހުރިކަން ފާހަގަކޮށްލެވެއެވެ.

އެބަޔާން ކިޔާލުމުން ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމުން އެކަމަށް ހުރަސް އަޅަން ދިވެހި ސަރުކާރުން މަސައްކަތްކުރާކަމަށް ދޭހަވެއެވެ. އެހެންނަމަވެސް ރައީސް ޔާމީނަކީ މަޖިލިސް އިންތިޚާބަށް ނިކުންނަވާ ކެންޑިޑޭޓެއް ނޫނެވެ. އަދި ކެންޑިޑެސީ އިއުލާންކުރައްވާފައެއްވެސް ނެތެވެ.

ރައީސް ޔާމީން ބަންދުކުރެވުނު ސަބަބު އޭ.ސީ.އާރް.އީ އަށްވެސް އަދި ބައެއް ދިވެހިންނަށްވެސް އޮޅިފައިވާކަމަށް ފެނެއެވެ. އެމަނިކުފާނު ޝަރީޢަތް ނިމެންދެން ބަންދުކުރެވުނީ ސަބަބުތަކެއް ހުރެގެންނެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތުކުރެވޭއިރު، ފުލުހުންގެ ތަހުޤީޤަށް އެމަނިކުފާނު ނުފޫޒު ފޯރުވިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތުހުމަތުކުރެއެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވުމަށް ފައިސާ ހުށަހަޅުއްވާފައިވާކަމަށް ދައުލަތުން ތުހުމަތުކުރާއިރު، ތަހުޤީޤަށް މީހުން ދީފައިވާ ބަޔާންތައް ބަދަލުކުރުވަން އުޅުއްވިކަމަށް ތުހުމަތުކުރެވެއެވެ. މިއީ ސީރިއަސް މައްސަލަތަކެކެވެ. މި ތުހުމަތުތަކަށް ބަލައި، ރައީސް ޔާމީންގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުކުރަން އެދުނީ ރައީސް ޔާމީން ޕީޖީކަމަށް އައްޔަންކުރެއްވި އައިޝަތު ބިޝާމްގެ ބެއްލެވުމުގެ ދަށުން ހިނގަމުން އަންނަ ޕީޖީ އޮފީހުންނެވެ. އެކަމަށް އަމުރުކުރެއްވި ގާޒީއަކީ އެވަރުގެ ގާޒީއެއް ނެތިގެން ކުރީ ސަރުކާރުގެ އިސްވެރިން އުޅުއްވި ގާޒީ އަހުމަދު ހައިލަމެވެ.

އޭ.ސީ.އާރް.އީގެ ބަޔާނުގައި ހިމެނޭ އަނެއް ދޮގަކީ ރައީސް ޔާމީން ލަސްނުކުރައްވާ ސުލްހަވެރިކަމާއިއެކު ވެރިކަމުގެ ބާރުތައް ބަދަލުކުރެއްވިކަމަށާއި، އެމަނިކުފާނަކީ އެކަން ސުލްހަވެރިކަމާއިއެކު ކުރެއްވި ބޭފުޅާ ކަމަށެވެ. ރައީސް ޔާމީން ވެރިކަން ދޫކޮށްލެއްވީ ސުލްހަވެރިކަމާއިއެކުއޭ ދެންނެވޭކަށް ނެތެވެ. ތެދެކެވެ، ލޭ އޮހޮރުވުމެއް ނެތެވެ.

އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކޮށް، ވެރިކަމުގައި ހުންނަވައިގެން ދައުލަތާއި އިދިކޮޅަށް އެމަނިކުފާނު ނިކުންނެވުމުން ފުލުހުން އައިސް އެކަން ހުއްޓުވިއެވެ. ނަތީޖާ ބަދަލުވޭތޯ އިންތިޚާބުގެ ނަތީޖާ ބާޠިލްކުރަން ކޯޓަށް ވަޑައިގަތެވެ. ޓްރާންސިޝަން މުއްދަތުގައި ޓްރާންސިޝަން ޓީމްތަކަށް އެއްބާރުލުން ނުދިން ކިތަންމެ އޮފީހެއް އެބަހުއްޓެވެ. ރައީސް ޔާމީނަށްވުރެ ސުލްހަވެރިކޮށް ރައީސް މައުމޫން އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަން ދޫކޮށްލެއްވިއެވެ. ގައިމު އެމަނިކުފާނު ބަލިފުޅުވީ މިއަށްވުރެ ކުޑަ ފަރަޤަކުންނެވެ. ޑރ ވަހީދުވެސް އިތުރު ހަފްތާއެއްހާ ދުވަހު ވެރިކަމުގައި ހުންނެވީ ވެރިކަމުން ފައިބާވަޑައިނުގަތުމުގެ ނިޔަތުގައޭ ނުދެންނެވޭނެއެވެ. އެހެންކަމުން އޭ.ސީ.އާރް.އީގެ ބަޔާނުގައި އެކަމުންވެސް ހެދީ ބުހުތާނު ދޮގެވެ.

އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭ.ސީ.އާރް.އީ)ގެ މެމްބަރުކަމާއި ޕީޕީއެމުން ހަވާލުވަނީ -- ފޮޓޯ: ޕީއެސްއެމް

އޭ.ސީ.އާރް.އީގެ ބަޔާނުގައި އެ ޖަމާޢަތުގެ މެމްބަރު ޕާޓީތަކުން ރައީސް ޔާމީން ޖަލަށްލުން ކުށްވެރިކުރާކަމަށް ބުނާއިރު، ނަން ހާމަކުރަން ކެރުނީ ޕޮލެންޑްގެ ލޯ އެންޑް ޖަސްޓިސް ޕާޓީގެ އެކަންޏެވެ. އެހެންކަމުން އެހެން ޕާޓީތަކުން ހަޤީގަތުގައިވެސް އެކަން ކުށްވެރިކުރޭތޯ ނުވަތަ ކަންބޮޑުވޭތޯ ސުވާލު އުފެދެއެވެ.

ޕީޕީއެމްއަކީ ފެށުނީއްސުރެ ބައިނަލްއަޤްވާމީ މުޖްތަމައަށް އޮޅުވާލައިގެން މިފަދަ ކަންކަން ކުރާކަމަށް ތުހުމަތުކުރެވޭ ޕާޓީއެކެވެ. އެޕާޓީއާއި ގުޅުން އޮންނަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ބަލާއިރުވެސް ކަން ހުރީ މިމަގުންނެވެ. އޭ.ސީ.އާރް.އީ ގެ ބަޔާން ބޭނުންކޮށްގެން މިއީ މުޅި ޔޫރަޕްގެ އަޑުކަމަށް ދިވެހިންނަށް ބުނެދޭން ޕީޕީއެމް އިން މަސައްކަތްކުރިނަމަވެސް ހަނދާން ކުރަން ޖެހޭކަމަކީ އޭ.ސީ.އާރް.އީ ޖަމާޢަތަށް ނިސްބަތްވާ ޕާޓީތައް ތަމްސީލްކުރަން ޔޫރަޕިއަން ޕާލަމެންޓްގެ 751 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 50 މެމްބަރުންކަމެވެ. ޔޫރަޕިއަން ކޮމިޝަންގެ 28 ގޮނޑީގެ ތެރެއިން އެ ޖަމާޢަތުގެ މެމްބަރު ޕާޓީއަކަށް ނިސްބަތްވަނީ އެންމެ ގޮނޑިއެކެވެ.

ޔޫރަޕިއަން ކައުންސިލްގައި އިނގިރޭސިވިލާތާއި ޕޮލެންޑްގެ ފިޔަވައި އެޖަމާޢާތުގެ މެމްބަރު ޕާޓީއަކަށް ނިސްބަތްވާ ސަރުކާރެއް ތަމްސީލްކުރާ ބައެއް ނެތެވެ. އެހެންކަމުން ޕީޕީއެމްއިން އަދި އެހާ ފޯރިއަރާކަށް ނުވެއެވެ. ބައިނަލްއަޤްވާމީ މުޖްތަމައުން ދެކެން ބޭނުން ވަނީ ޔާމީނަށްވެސް އިންސާފުވެރި ޝަރީޢަތެކެވެ. ހެއްކަށް ނުފޫޒު ފޯރުވައިގެން އިންސާފުވެރި ޝަރީޢަތަކަށް ހުރަސް އަޅަން ރައީސް ޔާމީން އުޅުއްވައިގެން، އެމަނިކުފާނު ބަންދުކުރިޔަސް، ބައިނަލްއަޤްވާމީ މަސްރަހުން މާބޮޑަކަށް އަޅައެއް ނުލާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު