Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިމާ ގެއްލުން

ޝިމާ ހޯދުމަށް ކަނޑުގެ ފަސް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި

ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2019 | އަންގާރަ 12:33
ގެއްލިގެން ހޯދާ ޝިމާ

ގެއްލިގެން ހޯދާ ޝިމާ

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ލ. ކައްދޫން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަމަށް ފަސް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ސިކްސް ސެންސަސް ރިސޯޓް ކައިރީ ކަނޑުގެ ސަރަހައްދުގެ ފަސް މޭލު ބަލާފައި ވަނީ ހެލިކެޕްޓަރު ބޭނުންކޮށްގެންނެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު އަންހެން މީހާ ހޯދުމުގެ މަސައްކަތް ސެންޓަރަލް އޭރިޔާގެ ސިފައިންނާއި، އެމްއެންޑީއެފް ސީޖީ ޑްރައިވަރުން އަދި އެމްއެންޑީއެފް ސީޖީ ޝަހީދު އަލީ ޝިޕްގެ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާތަނަށް ބެލިބެލުމުން އޭނާގެ ޚަބަރެއް ނުވާ ކަމަށާއި، އަދި ޑިންގީގެ ޚަބަރެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޝިމާ ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާމެންދޫގެ ރައްޔިތުން ވަނީ އެ އަތޮޅުގެ ގާދޫ ވެސް ބަލައި ފާސް ކޮށްފައެވެ.

ޝިމާއެކު ދަތުރުކުރި އޭނާގެ އެކުވެރިޔާ އިބްރާހިމް ފަޒީލަށް ބައެއް ފަރާތްތަކުން ގިނަ ތުހުމަތުތައް ކުރަމުން އަންނައިރު، ފުލުހުން ވަނީ މިހާރު ޝިމާ ގެއްލުނު ހާދިސާ ތަހުގީގު ކުރަން ފަށާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު