Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ކޮމިޝަން

ތިން ވަނަ ފަހަރަށް އެޖެންޑާ ކުރުމުން ވެސް ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާހެއް ނުކުރެވުނު

26 ފެބުރުއަރީ 2019 | އަންގާރަ 08:57

ވޯޓުގައި ބައިވެރިވީ 36، ފާސްކުރަން ބޭނުންވަނީ 43

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 ފެބުރުއަރީ 2019 | އަންގާރަ 08:57
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުންތައް

ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުންތައް

ހިޔަނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްކުރަން ތިން ވަނަ ފަހަރަށް އެޖެންޑާކުރުމުން ވެސް މަޖިލީހުން ފާހެއް ނުކުރެވުނެވެ.

އަންގާރަދުވަހުގެ މަޖިލިސް ޖަލްސާގައި ކޮމިޝަންތަކުގެ ބިލް ފާސްނުކޮށް މަޖިލިސް ނިންމާލާފައި ވަނީ، ފާސްކުރަން ބޭނުންވާ މިންވަރަށް ކޯރަމް ނެތުމާއި ގުޅިގެންނެވެ. މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 36 މެމްބަރުންނެވެ.

Advertisement - newsAdvertisement

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވެ. ނަމަވެސް އެ ބިލު ފާސްކުރަން މިހާތަނަށް ވޯޓަށް އެހި ކޮންމެ ފަހަރަކު އެ އަދަދަށް މެމްބަރުން ތަޅުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

އެގޮތުން އެ ބިލު ފާސްކުރަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރުމުން ވެސް އެ އަދަދަށް މެމްބަރުން ތަޅުމަށް ހާޒިރުވެފައެއް ނުވެއެވެ.

ސާޅީސްތިން މެމްބަރުން ވޯޓުގައި ބައިވެރިނުވެގެން ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސްނުކުރެވިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 47 އަށް އަރައެވެ.

ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލާގައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އެ ބޭފުޅުން އެ ބިލު ފާސްކުރާ ވޯޓުގައި ބައިވެރިވުމަށް ދެކޮޅު ހައްދަވަނީ ކޮރަޕްޝަނާއި ފަސާދައިގައި ބައެއް މެމްބަރުން ޖެހިވަޑައިގެންފައި ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރިޔާޒު އެގޮތަށް ވިދާޅުވެފައިވާއިރު، ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާ އެކު ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އެ ޕާޓީ ދޫކުރައްވައި، ޖޭޕީއާ ގުޅިވަޑައިގެންފައެވެ. ޕީޕީއެމްގެ ގިނަ މަޖިލިސް މެމްބަރުންތަކެއް ޖޭޕީއާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 22 އަރާފައެވެ. ޖޭޕީއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ.

ރިޔާސީ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު މަޖިލީހުން ފާސްނުކުރެވިވާއިރު، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ވެސް ފާސްނުކުރެވި ލަސްވެގެން ދަނީ 43 މެމްބަރުން ބޯޓުގައި ބައިވެރިވެވަޑައިނުގަންނަވާތީއެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްރުމަށްޓަކާ ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް