Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އަބަދުވެސް ފެންނަނީ ސުޕްރީމް ކޯޓުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާތަން: އެމްޑީޕީ

26 ފެބުރުއަރީ 2019 | އަންގާރަ 08:08

ސުޕްރީމް ކޯޓުގެ ނިންމެވުމާމެދު އެމްޑީޕީން ހިތާމަ ކުރާ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ފެބުރުއަރީ 2019 | އަންގާރަ 08:08
ޢެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޢެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ސުޕްރީމް ކޯޓާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އުފެއްދުމުގެ މުހިއްމުކަމާމެދު ވާހަކަ ދައްކާއިރު އަބަދު ވެސް ފެންނަނީ ސުޕްރީމް ކޯޓުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާތަން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އިންތިހާބުގައި އެކި ދާއިރާތަކުން ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބޭއްވި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމެވުން ސީދާ އަމާޒުވަނީ އެމްޑީޕީއަށް ކަމަށެވެ.

Advertisement - newsAdvertisement
" ޕްރައިމަރީއެއް މިހާ ހިސާބަށް ބާއްވާފައި އޮތީ އެމްޑީޕީން. އެހެން ކަމުން ޕްރައިމަރީއަށް ކުރިމަތިލާ އަދި ބަލިވި ކެނޑިޑޭޓުންނަށް އެކަނި ކެނޑިޑެސީ ފޯމް ހުށައެޅުން މިއޮތީ 4 މާރޗްއާ ހަމައަށް ހުޅުވާލެފިވަ. މީ ސީދާ އެމްޑީޕީއަށް އަމާޒުކުރެވި ކޮށްފައިވާ ކަމެއްކަން ، ނިންމާފައިވާ ނިންމުމެއްކަން އަޅުގަނޑުމެން އަނެއްކާވެސް ފާހަގަކޮށްލަން. އަދި އިއްޔެ ރައީސް ނަޝީދުވެސް ފާހަގަކުރައްވާފައިވާ ފަދައިން ސުޕްރީމް ކޯޓާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އުފެއްދުމަށް، އުފެއްދުމުގެ މުހިއްމުކަމާމެދު އަޅުގަނޑުމެން ވާހަކަދައްކާއިރު ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މިކަހަލަ އިންތިހާބާ ގުޅޭ ކަންކަމަށް އެބޭފުޅުން ނުފޫޒު ފޯރުވާ، އިންތިހާބުގެ ތާރީޚުތަކަށް ވެސް ބަދަލު އަންނަ ގޮތަށް ނިންމެވުންތައް ނިންމެވުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ކުރިމަތިވާ ކަމެއް " އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، އެފަދަ ނިންމެވުންތަކުގެ ސަބަބުން ސުޕްރީމް ކޯޓާމެދު ރައްޔިތުންގެ އިތުބާރު ގެއްލުމަށް މަގުފަހިވާ ކަމަށާއި އެކަމާ އެމްޑީޕީން ހިތާމަކުރާ ކަމަށެވެ.

އެމްޑީޕީން މަޖިލިސް 19 އަށް ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، ބުރާސްފަތި ދުވަހުގެ ރޭ 09:00 ގައި އެމްޑީޕީން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަންއެއް ސަލްޓަން ޕާކުގައި އޮންނާނެ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. އެ ޕެނަލްގައި މައުލޫމާތު ދެއްވާނީ އެމްޑީޕީގެ ޗެެއަރ ޕާރސަން ހަސަން ލަތީފާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށާއި، ޕެނަލްގައި އަސާސީ މުސާރަ، އާމްދަނީ ޓެކްސް ނެގުން ތައާރަފް ކުރުމުގެ އިތުރުން ދަރިވަރުންގެ ދަރަނި ލުއި ކުރުމާ ގުޅޭ ގޮތުން އެމްޑީޕީން ހުށައަޅާ ސިޔާސަތުތަކަށް ހިޔާލު ބަދަލުކުރެވޭނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް