Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ޝޫޓިން ޖާންވީ ފަށައިފި

މި ފިލްމް ސެޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ވަނީ މީޑިއާގައި ދައުރުވާން ފަށާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 ފެބުރުއަރީ 2019 | ހޯމަ 19:01
ޖާންވީ ކަޕޫރު

ޖާންވީ ކަޕޫރު

އިންޑިއަން އެއަރފޯސްގެ ފުރަތަމަ އަންހެން ކޮމްބެޓް ޕައިލޮޓް ގުންޖަން ސަކްސޭނާގެ ބަޔޯޕިކްގެ ޝޫޓިން ޖާންވީ ކަޕޫރު ފަށައިފިއެވެ.

މި ފިލްމް ޝޫޓް ކުރުމަށް ޖާންވީ ވަނީ ޕަންކަޖް ކަޕޫރާ އެކު ލަކްނޯއަށް ގޮސްފައެވެ. އަދި މި ފިލްމް ސެޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ވަނީ މީޑިއާގައި ދައުރުވާން ފަށާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕަންކަޖް ފެނިގެންދާނީ ޖާންވީގެ ބައްޕަގެ ރޯލުންނެވެ. މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ޖާންވީ ފެނިގެންދަނީ ކާރެއްގައި އިށީންދެއިންދައެވެ.

މީގެ ކުރިން ލީކްވެފައިވާ ފޮޓޯއެއްގައި ޖާންވީ ފެނިގެންދަނީ އިންޑިއަން އެއަރފޯސްގައި ބޭނުންކުރާ ނޫކުލައިގެ ޔުނިފޯމްގައެވެ. އަދި އިސްތަށިގަނޑުގައި ވަނީ ފަހަތަށް ހުޅިއެއް ޖަހާފައެވެ.

ޝަރަން ޝަރްމާ ޑައިރެކްޓް ކުރާ މި ފިލްމްގައި އަންގަދް ބޭދީވެސް ފެނިގެންދާނެއެވެ.

މި ފިލްމްގެ ބޮޑު ބައެއް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ލަކްނޯގައެވެ. އަދި މި ޝޫޓިންތައް ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާރޗް މަހުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖާންވީ ބޮލީވުޑަށް ތަޢާރަފްވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ދަޅަކް" އިންނެވެ.

ޖާންވީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމް "ތަޚްތު" އިންނެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި

17 އެޕްރީލު 2017
ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި
12 އެޕްރީލު 2017

"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން

12 އެޕްރީލު 2017
"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން
09 އެޕްރީލު 2017

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު