Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރާނީ މުކްރަޖީ

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

ރާނީ ސްކްރީނާ ދުރަށް ދިޔައީ ދަރިޔަކު ލިބުމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އެޕްރީލު 2017 | އާދީއްތަ 14:09
ފިލްމީ ތަރި ރާނީ. "ހިޗްކީގެ" ފުރަތަމަ ފެނިލުން

ފިލްމީ ތަރި ރާނީ. "ހިޗްކީގެ" ފުރަތަމަ ފެނިލުން

ހިންދީ ފިލްމު، ހިޗްކީގެ ޝޫޓިން ބޮލީވުޑްގެ މަޝްހޫރު ތަރި ރާނީ މުކްރަޖީ ފައްޓައިފިއެވެ.

މިއީ ރާނީ އިންޑިއާގެ ފިލްމީ ސްކްރީނާއ ދުރަށް ދިއުމަށްފަހު އެނބުރި އައިސް ކުޅޭ ފުރަތަމަ ފިލްމެވެ. ޔަޝް ރާޖްގެ ފިލްމު ހިޗްކީގެ ޝޫޓިން ރާނީ ފައްޓާފައިވާއިރު ޓްވިޓާގައި ވަނީ ފިލްމުގެ ޝޫޓިންފަށާފައިވާ ކަމަށް ބުނެ ވަނީ އާންމު ކޮށްފައެވެ.

ހިޗްކީއަކީ އަންހެނެއްގެ ހަޔާތަށް ހަދާ ފިލްމެއް ކަމަށް، އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މީގެ ކުރިން ވަނީ ބުނެފައެވެ. ޔަޝް ރާޖް ޕްރޮޑަކްޝަންއިން އާންމު ކުރި ވީޑިއޯއިން ފެންނަނީ ރާނީ، ބޯޑެއްގައި ލިޔާ މަންޒަރެވެ. އެހެންކަމުން ހިޗްކީގައި ރާނީ ކުޅެނީ ޓީޗަރެއްގެ ރޯލުތޯ ވަނީ ސުވާލުއުފެދިފައެވެ.

ރާނީ އަށް މިދިޔަ މަހުގައި 39 އަހަރު ފުރިފައިވާއިރު އޭނާ ފިލްމު ކުޅުމާ ދުރުވީ ދަރިއެއް ލިބުމުންނެވެ. އޭނާގެ އުފަން ދުވަހުގައި ފޭސްބުކް މެދުވެރިކޮށް ބުނެފައިވަނީ އޭނާ އަލުން ސްކްރީނަށް އަންނަން ހާސްވެ ހިތްބިރުގެންފައިވާކަމަށެވެ.

"އަހަރެން އެނބުރި އަންނަ ފިލްމަށް ކިޔަނީ ހިކްޗީ. އަހަރެން އުއްމީދުކުރަން ހިކްޗީގައި މޮޅު ރޯލެއް އަދާކުރެވޭނެ ކަމަށް އަދި އެ ފިލްމު ހިތްހަމަ ޖެހޭ ފިލްމަކަށް ވާނެ ކަމަށް. އެންމެންގެ ހެޔޮ ދުއާ ކޮށްދިނުމަށް އެދެން ފިލްމު ކާމިޔާބު ފިލްމަކަށް ވުމަށްޓަކާ،" ރާނީ ފޭސްބުކް މެދުވެރިކޮށް ބުނެފައިވެއެވެ.

ރާނީ އަތިތްޔާ ޗޮޕްރާއާއި ކައިވެނި ކުރުމަށްފަހު އޭނާގެ ދިރިއުޅުމަށް ބަދަލުގެނެސްފައިވެއެވެ. އޭނާ ކައިވެނި ކުރުމަށްފަހު އެންމެ ފުރަތަމަ ފެނިފައިވަނީ 2014 ވަނަ އަހަރު ނިކުތް މަރްދާނީއިންނެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން

12 އެޕްރީލު 2017
"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
22 މާރިޗު 2017

"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް

22 މާރިޗު 2017
"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް
01 މާރިޗު 2017

ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް

01 މާރިޗު 2017
ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު