Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލަސްވިޔަސް

"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން

މިއީ 23 އަހަރަށް ފަހު ޓެޑްރީ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 10:16
ލަސްވިއަސް

ލަސްވިއަސް

މަޝްހޫރު ފިލްމު ޑައިރެކްޓަރ މުހައްމަދު ނިޔާޒް (ޓެޑްރީ) 23 އަހަރު ފަހުން ޑައިރެކްޓް ކުރާ "ލަސްވިއަސް" ގެ ޝޫޓިން ފަށާނީ މިއަހަރުގެ ރަމަޟާން މަސް ނިމުމުން ކަމަށް އޭނާ ބުނެފިއެވެ.

މިހާރު އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ޓެޑްރީ ދަނީ ވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެރިޔާ" 1994 ގައި އުފެއްދި ފަހުން ޓެޑްރީ ފީޗާ ފިލްމެއް ޑައިރެކްޓްކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން ނެރުނު "އަމާނާތް" އަކީ އޭނާ ޕްރޮޑިއުސްކުރި ފިލްމެކެވެ. މީގެ 19 އަހަރު ކުރިން ނެރުނު "އަމާނާތް" އޮލިމްޕަހުގައި އަލުން ދެއްކި ރޭ "ލަސްވިޔަސް" ގެ ޓީޒާ ވެސް ވަނީ ދައްކާލާފައެވެ. ލަސްވިއަސްގެ ޓްރެއިލާ ފަށައިގެން އަންނަ ކުރީގެ މަޝްހޫރު ލަވަ ކަމުގައިވާ "ކައިވެނީގެ އަމާޒު ކަމުގައި ވާ ހަގީގަތަކީ ކޮބާ" އަކީ މުޅި ފިލްމު ގެ ވާހަކަ ކިޔައިދިނުން ކަމަށް ޓެޑްރީ ބުންޏެވެ.

އެހެން ކަމުން ކައިވެނީގެ ތެރޭގައި ހިނގާ އަދި ހިނގައިދާ ކަންތައްތަކެއް މިފިލްމުގައި ފެނިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން "ލަސްވިއަސް" ގެ ޓީޒާއިން ފެނިގެން ދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމްއެވެ. މިއީ ފަންސާސް ހަތް ސިކުންތުގެ ޓްރެއިލާއެކެވެ. ޓީޒާ ބަލާ މީހުނަށް ޒޯޔާ ފެނިގެން ދަނީ ހުޑެއް އަޅައި، ރަތް ކުލައިގެ ޖެކެޓެއް ލައިގެން ގޮނޑިއެއްގައި އިށީންދެ އިންނަ މަންޒަރެވެ.

ޓީޒާއިން ފެންނަ އިރު ޒޯޔާގެ ބޯ ވެސް ވަނީ ބާލާފައެވެ. ބައެއް މީހުން އެއީ މޮޔައެއް ކަމަށް ސިފަ ކުރާއިރު އަނެއް ބަޔަކު ބުނަމުން ދަނީ ޒޯޔާއަކީ މި ފިލްމްގައި އޭލިއަންއެއް ކަމަށެވެ. ލަސްވިއަސްއަކީ މީގެ 5 އަހަރު ކުރިން ޓެޑްރީ ޕްލޭން ކޮށްފައިވާ ޕްރޮޖެކްޓެކެވެ. އެހެން ނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ހެދި އޭގެ ނަމާ އެއްގޮތަށް ލަސްވެގެން ދިޔައީއެވެ. އެފިލްމާ މެދު ޓެޑްރީ ބުނީ މިހާރު ކުރިއަށް ދަނީ "ލަސްވިއަސް"ގެ ޕްރީ ޕްރޮޑަކްޝަން ޕްލޭނިން ކަމަށެވެ. މި ފިލްމަކީ ޓެޑްރީގެ އަމިއްލަ ސްކްރީން ޕްލޭއެކެވެ. މުހައްމަދު އިކްރާމް މިއުޒިކް ހަދާ "ލަސްވިޔަސް" ސިނަމާ އަށް އަންނާނީ 2018 ގަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

'ލަސްވިޔަސް' ޓެޑްރީ އެނބުރި އައިސް ބެލުންތެރިން އަނެއްކާވެސް ރޮއްވާލައިފި

'ލަސްވިޔަސް' ޓެޑްރީ އެނބުރި އައިސް ބެލުންތެރިން އަނެއްކާވެސް ރޮއްވާލައިފި

13 އެޕްރީލު 2024
ކޮވިޑްގެ ލުއިތަކާއެކު އުރުދުންގެ ރައްޔިތުންނަށް ރޯދައިގެ އީދެއް

ކޮވިޑްގެ ލުއިތަކާއެކު އުރުދުންގެ ރައްޔިތުންނަށް ރޯދައިގެ އީދެއް

18 އެޕްރީލު 2022
ޝާހްގެ "ޑޮން 3" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު!

ޝާހްގެ "ޑޮން 3" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު!

26 ޑިސެމްބަރު 2017
"ޓެމްޕާ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު

"ޓެމްޕާ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު

18 އޮކްޓޯބަރު 2017
ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު