Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު ހުޅަހަޅައިފި

25 ފެބުރުއަރީ 2019 | ހޯމަ 06:16

މިބިލް ހުށަހެޅުއްވީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2019 | ހޯމަ 06:16
ރައްޔިތުންގެ މަޖިލިސްގެ ޖަަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލިސްގެ ޖަަލްސާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު ހުޅަހަޅައިފިއެވެ.

މިބިލް ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

މި ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ މިބިލު ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ ނައިބުކަން ކޮށްފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި، ރައްޔިތުންގެ ލާބައާއި، މަންފާއަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވެފައި، އެފަރާތްތަކަކީ އިއްޒަތާއި ގަދަރާއި އަދި ސަމާލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާ ބަޔަކަށްވާންޖެހޭނެކަމަށް ގަބޫލުކުރައްވާތީކަމަށެވެ.

ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ނައިބް ރައީސުންނަކީ އެބޭފުޅުން ގައުމަށް އެތައް ޚިދުމަތްތައް ކޮށްދެއްވާފައި ބޭފުޅުން ކަމަށެވެ. އަދި ވަގުތީ ކޮމެޓީއަކަށް ފޮނުވައިގެން އަވަހަށް ގާނޫނަކަށް ބަދަލުވެގެން ދިއުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މިބިލަކީ ރައީސުލްޖުމްހޫރިއްޔާ ނައިބުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ އެމަގާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެމަތީ ވެރިޔާގެ ނައިބަށް ދޭންޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި، އިނާޔަތްތައް ބަޔާންކުރާ ގާނޫނެވެ.

މި ބިލްގެ 1 ވަނަ މާއްދާގައި ބުނެފައިވާގޮތުން ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކީ ދައުލަތުގެ އިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ރަސްމީގޮތުން މުޚާތަބުކުރުމުގައި އެމީހެއްގެ ނަމުގައި ކުރިއަށް ''ނައިބު ރައީސް'' މިލަޤަބު ބޭނުން ކުރެވިދާނެކަމަށް ބިލްގައި ބުނެފައިވެއެވެ.

ބިލްގައި ބުނެފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދައުލަތުގެ ސަލާމާތާއި ބާރުތައް މެދުވެރިކޮށް، ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދެވޭނެއެވެ.

ބިލްގައި ނައިބް ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތެއް ދިނުމަށް ހިމަނާފައެއް ނުވެ އެވެ. އަދި އިޔާނަތެއްދޭނަމަ، އެކަން ކުރާނެގޮތަކާއި، އެ އިނާޔަތެއް ކަނޑައަޅާނެ އިދާރާއެއްވެސް ބިލްގައި ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތެއްވެސް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭންޖެހޭނެ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ "މަގުމަތީގައިި ސަލާންޖަހަން" އުޅޭ ބަޔަކަށްވެގެން ނުވާނެކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު، ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު، ދައުލަތުގެ އިމާރާތެއްގައި ދިރިއުޅޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ޖިހާދު ދިރިއުޅުއްވަމުން ގެންދަވަނީ ރެެހެންދި ފްލެޓުގައި ހުރި ދައުލަތުގެ ދެ އެޕާޓްމެންޓެއްގަ އެވެ.

ކުރީގެ ނައިބް ރައީސުންގެ ގޮތުގައި މިވަގުތު ޖުމްލަ 6 ބޭފުޅަކު އެބަތިއްބެވި އެވެ. އެއީ ކުރީގެ ނައިބް ރައީސް އަދި ރައީސް ވަހީދާއި، ކުރީގެ ނައިބް ރައީސް ވަހީދުއްދީންނާއި، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ އިތުރުން، ކުރީގެ ނައިްބ ރައީސް އަބްދުﷲ ޖިހާދެވެ. އޭގެތެރެއިން އަދީބަކީ ޖަލު ހުކުމެއް ތަންފީޒް ކުރައްވާ ބޭފުޅެއްކަމުން، އެމަނިކުފާނަށް މި ބިލްގެ ތެރެއިން އިނާޔަތެއް ލިބިވަޑައެއްނުގަންނަވާނެ އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް