Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމިން ދޫކޮށްލަން ކުރާ މުޒާހަރާ

ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް

ޔާމިނަށް ދައުވާ ކޮށްފައި ވަނީ މަދަނީ މައްސަލައެއްްގައި ކަމަށް އޭނާ ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 23 ފެބުރުއަރީ 2019 | ހޮނިހިރު 13:33
ރައީސް ޔާމިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ: -އެ މަނިކުފާނުގެ މައްޗަށް ވަނީ ކޯޓު އަމުރެއް ނެރެފައި

ރައީސް ޔާމިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ: -އެ މަނިކުފާނުގެ މައްޗަށް ވަނީ ކޯޓު އަމުރެއް ނެރެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމިން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރު ބާތިލް ނުކުރަނީސް ފުލުހުންނަށް ވެސް އެމަނިކުނުފާނު ދޫކޮށް ނުލެވޭނެ ކަމަށް ޕީޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކުރި އަމުރު ފުލުހުންނާއި ކަރެކްޝަންސް ސާވީސް އިން ގެންދަނީ ތަންފީޒު ކުރަމުންނެވެ. އަދި އެމަނިކުފާނު ދޫކޮށްލަން ރައީސް ޔާމީންގެ ސަޕޯޓަރުން ގޮވާލަމުންދާއިރު ހުރިހާ ފާޑުކިޔުމެއް އަމާޒު ކުރަމުންދަނީ ސަރުކާރާއި ފުލުހުންނަށެވެ.

Advertisement - newsAdvertisement

އެހެންވެ ރައީސް ޔާމިން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް ފުލުހުނަށް ނުވަތަ ކަރެކްޝަނަލް ސާވީސްއަށް އެމަނިކުފާނު ދޫކޮށްލެވިދާނެތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެ އަމުރު އެގޮތައް އޮއްވާ ދޫކޮށްނުލެވޭނެ ކަމަށެވެ.

"އެ އަމުރު (ޔާމިން ބަންދުގައި ބެހެއްޓުމަށްކޮށްފައިވާ އަމުރު) އެހެން އޮއްވާ ފުލުހުންނަށް އެމަނިކުފާނު ދޫކޮށްލެވިދާނެތޯ؟، އެ އަމުރު އެހެން އޮއްވާ ފުލުހުންނަކަށް ދުލެއް ނުކޮށްލެވޭނެ. އެކަމު އެ ބޭފުޅުން، (ފުލުހުން) ޖެހޭނެ ބަލަން ކިހާ ބޮޑު ހަގީގަތެއް އޮތްކަމެއްގައި ތޯ މީހަކު ބަންދުގައި ބަހައްޓައިގެން މި އުޅެވެނީ. ހާއްސަކޮށް މި އަމާޒުކުރަނީ ޕީޖީއަށް އިނގޭތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީން ދުކޮށްލަން ގޮވާލައި އަބްދުއްރަހީމް ވެސް ބައިވެރިވެވަޑައިގެންނެވި މުޒާހަރާގައި ގޮވާލާފައި ވަނީ އެމަނިކުފާނުގެ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ބާތިލްކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި ރައީސް ޔާމިން ދޫކޮށްލަން ގޮވާލައި މުޅިން ވެސް ފާޑުކިޔާފައި ވަނީ ފުލުހުންނަށާއި ސަރުކާރަށެވެ. އެ މުޒާހަރާގައި ރައީސް ޔާމިން ހައްޔަރުކޮށްފައި ވާތީ ޕީޖީއަށާއި ކޯޓަށް ފާޑުކިޔާފައެއް ނުވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޯޓުން ރައީސް ޔާމިން ބަންދުގައި ބަހައްޓަން އަމުރު ނެރެފައި ވަނީ ސިޔާސީ ކުލަ ޖެހިފައިވާ ސިޔާސީ ދައުވާއަކާ ގުޅުވައިގެންވެ. އަދި ރައީސް ޔާމިންގެ މައްޗަށް މިހާރު އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާފައި ވަނީ ޖިނާއީ މައްސަލައެއްގައި ނޫން ކަމަށާއި މަދަނީ މައްސަލައެއްގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހާޒިރުކުރަން ބޭނުން ވަނީ ވެސް އެ ދައުވާއާ ގުޅިގެން ސުވާލު ކުރުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމިން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނެރުއްވީ އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ކޯޓުގައި ވިދާޅުވެ ފާހަގަ ކުރި ކަންކަމާ ގުޅިގެންނެވެ. ރައީސް ޔާމިންގެ މައްޗަށއް ފުލުހުން ތަހްގީގު ހިންގައި ދައުވާކުރުމަށް ފޮނުވީ ވެސް އެމަނިކުފާނު ދޫކޮށްލައްވާފައި ބަހައްޓައިގެންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު