Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުމަތީގެ ރައްކާތެރިކަން

މަގުމަތީގެ ރައްކަތެރިކަމަށް ހޭލުންތެރި ކުރުމަށް ސިއްހީ މަސައްކަތްތެރިން ނުކުމެއްޖެ

22 ފެބުރުއަރީ 2019 | ހުކުރު 17:43

މި އަހަރުގެ މިހާތަނަށް 345 އެކްސިޑެންޓް ހިނގާފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 ފެބުރުއަރީ 2019 | ހުކުރު 17:43
ހުކުރު ދުވަހު ކުރިއަށްގެންދިޔަ ހޭލުންތެރި ކުރުމުގެ ހަރަކާތުގެ ތެރެއިން

ހުކުރު ދުވަހު ކުރިއަށްގެންދިޔަ ހޭލުންތެރި ކުރުމުގެ ހަރަކާތުގެ ތެރެއިން

މަގުމަތީގެ ރައްކާތެރިކަމާއި މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އިސްނަގައިގެން ހަރަކާތެއް ހިންގައިފިއެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އާއި މޯލްޑިވްސް ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އަދި ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ލެބޯރެޓޮރީ ސައިންސަސް މޯލްޑިވްސް (ޕަލްސް) ގުޅިގެން ހިންގި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ.

Advertisement - newsAdvertisement

މި ހަރަކާތް ރޭވުމުގައި ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ ފަރާތްތަކާއި އެންމެ ގާތުން މަސައްކަތްކުރާ، އަދި އެފަރާތްތަކުގެ އާއިލާތަކުން ތަހައްމަލްކުރާ ވޭން އެންމެ ގާތުން ފެންނަ އެއް ބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ކަމުން، މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް އެ ދާިރާ އިސްނެގުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްގެންދިޔައީ އެ ސަބަބަށްޓަކާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން، ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ހުކުރުދުވަހު ވަނީ މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ އެކި މެސެޖްތައް ލިޔެފައިވާ ޓީޝަރޓް ލައިގެން، އެފަދަ މެސެޖު ހިމެނޭ ބޯޑުތައް ހިފައިގެން މާލެ އާއި ހުޅުމާލޭގައި ހަރަކާތްތެރި ވެފައެވެ. އަދި ހަމަ މިއާއިއެކު މަގުމަތީގައި ހިނގާ އެކިއެކި ނުރައްކާތެރި ހާދިސާތައް ދައްކައިދޭ މަންޒަރު އެ ފަރާތްތަކުން ވަނީ މަގުމަތީގައި ތަމްޞީލު ކޮށްފައެވެ.

ހުކުރު ދުވަހު ކުރިއަށްގެންދިޔަ ހޭލުންތެރި ކުރުމުގެ ހަރަކާތުގެ ތެރެއިން

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މި ހަރަކާތުގައި، ކަފިހި ހުރަހަކީ ރައްކާތެރި ތަނަކަށް ހެދުމުގެ މުހިއްމު ކަމަށް ޚާއްސަ ކަމެއް ދީ، އެކަމާއި ގުޅޭ ގިނަ ޝިއާރުތަކެއް ބޭނުންކޮށްފައިވެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ، ކަފިހިހުރަސް ރައްކާތެރި ތަނަކަށް ހެދުމުމުގެ މުހިއްމު ކަމަށް މި ހަރަކާތުގައި އަލިއަލުވާލިއިރު އެ ކަމަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ގާތް ގުޅުމެއް އޮތް ކަމެއް ކަމަށެވެ. އެގޮތުން ދާދި ފަހުން މާލޭގައި ކަފިހި ހުރަހެއް މަތިން އެކްސިޑެންޓްވެ، ސީރިއަސް ހާލަތެއްގައި އޮތް އަންހެން މީހާއަކީ އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ އަނބިކަނބަލުންކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

ފަހަކަށް އައިސް، ޚާއްސަކޮށް ސިނަމާލެ ބްރިޖާއި، ހުޅުލެ-ހުޅުމާލެ ހައިވޭގައި ގިން އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު މީގެ ތެރެއިން އެކްސިޑެންޓެއްގައި މީހަކު ނިޔާވެ، ބައެއް އެކްސިޑެންޓްތަކުގައި އެކި މީހުންނަށް ވަނީ ބޮޑެތި އަނިޔާތައް ވެފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ފެބްރުއަރީ މަހުގެ މިހާތަނަށް 165 އެކްސިޑެންޓް ހިނގާފައިވާއިރު، ނިމިގެން ދިޔަ ޖަނަވަރީ މަހުވެސް 180 އެކްސިޑެންޓް ވަނީ ހިނގާފައެވެ.

ހުކުރު ދުވަހު ކުރިއަށްގެންދިޔަ ހޭލުންތެރި ކުރުމުގެ ހަރަކާތުގެ ތެރެއިން

މަގުމަތީގެ ރައްކާތެރިކަމަށް ހެލުންތެރި ކުރުމުގެ ގޮތުން ސަރުކާރާއި، ކަމާއި ބެހޭ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އަންނަ މާރިޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖާއި ހައިވޭގައި ހެލްމެޓު ނާޅައި ސައިކަލު ދުއްވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންވެސް ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް