Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރުން

ސިޔާސަތެއް ނެތް ވެރިކަން!

ސިނގިރޭޓުން ބޮޑުކުރި ފައިސާއިން ސިނގިރޭޓާ ދުރުކުރުމުގެ ހަރަކާތަކަށް ފައިސާއެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2017 | ހޮނިހިރު 18:38
ސަރުކާރުގެ އިސްވެރިން: ސަރުކާރުގެ ސިޔާސަތެއް ނެތް

ސަރުކާރުގެ އިސްވެރިން: ސަރުކާރުގެ ސިޔާސަތެއް ނެތް

ގަހެއް ޖަހައިފިނަމަ ހަފުތާއެއްގެ ތެރޭގައި އެގަސް ނަގައެވެ. ބަންދުކުރާ މަގު ހުޅުވާތަން ފެންނަނީ ލަހެއްކޮށެއް ނޫނެވެ. ތަށިމުށިގަނޑެއް އެއް ދުވަހު ޖެހިއްޔާ އަނެއް ދުވަހު އުޅޭނީ އެ ނައްޓާށެވެ. އެއްދުވަހު ޓްރެކް އަޅާނެ އެވެ. އަނެއް ދުވަހު ޓްރެކް ނަގާނެއެވެ. އިމާރާތް ތަޅާލާ ތަންހުސްކުރާ ފަހުންވެސް އެތާއަޅާނެ އިމާރާތް އެހެން ތަނަކަށް ބަދަލުވެއެވެ. ބޮޑުކުރާން އުޅުނު ފުލުހުންގެ މުސާރައިގާ ރޭކާލީ ބަޖެޓުގައި ފައިސާ ނެތްކަން އެނގުނީމައެވެ. މިކަންކަމަކީ ސިޔާސތެއް އޮވެގެން ކުރެވޭނެ ކަންކަމެވެ. ދުރާލާ ވިސްނުންތަކެއް ވިސްނާ ޕްލޭން ތަކެއް ކުރެވިގެން ކުރާ ކަންކަމެވެ. ހަމަ ހުރެފާ ހިތަށް އެރީމާ އަރާހާ ވަގުތު ކުރާހާ ކަންކަމެއްވެސް ނޫންމެއެވެ. ނޫންނަމަ ރޭގަނޑު ފެންނަ ހުވަފެނަކުން ނުވަތަ ކައިރީގައި ހުންނަ މީހަކު ބުނެލީމާ ބުނެލާހާ ގޮތަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ.

އިހު ބުނެވުނު ކަންކަމަކީ މިސަރުކާރުގެ ކަންކަން ހުރި ގޮތެވެ. މިހާރު ފެންނަ ވެރިކަމުގެ ފަލްސަފާއެވެ. މިކަންކަމަށް ބަލާލުމުން މިސަރުކާރުގެ ސިޔާސަތާމެދު ސުވާލު އުފެދެއެވެ. އެއްބަޔަކު ބުނަނީ ތަރައްޤީއާ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރުމުގައި ސަރުކާރުގެ ސިޔާސަތެއް އަމުދުން ނުވެސް ނެތަކްމަށެވެ. ސަރުކާރުގެ ސިޔާސަތެއް އޮތީ ގާތުގައި ތިބި މީހުންނާއި އަމިއްލަ ފައިކޭޓަށް ފައިސާ ވެއްދޭނެ ގޮތުގެ ސިޔާސަތު އެކަންޏެވެ. އެސިޔާސަތު ރޭވުމުގައިވސް އަދި އެކަން ތަންފީޒް ކުރުމުގައިވެސް ސަރުކާރު އުޅެނީ އަތްނުލެވޭހާ ކުރީގައެވެ.

އެކަން އެހެން ހާމަވާ ވަރުގަދަ މިސާލެއް މިވަނީ ފެނިފައެވެ. އެފަދަ މަންޒަރެއް ވަނީ ފެނިފައެވެ. ސިނގިރޭޓާއި ލުއި ބުއިން ނުވަތަ އެނާރޖީ ޑްރިންކް އަގުބޮޑު ކުރުމަށް އެގެންގުޅޭ ވަރުގަދަ ސިޔާސަތެވެ. އެކަން ކުރުމަށް އިމްޕޯޓް އެކްސްޕޯރޓް ޤާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެވެ. އެކަން ކުރާން އުޅޭ ސަބަބާ ފެންނަ މަންޒަރު ދިމާ ނުވާތީއެވެ. ސަރުކާރުގެ މަޤްސަދު ބޭރަށް ހާމަކުރިނަމަވެސް ބަނޑުގައި އޮތް މަޤްސަދު ދިމާއަށް ފެންނާން އޮތީތީއެވެ.

ސަރުކާރުން ބުނަމުން ދަނީ އެތަކެތީގެ އަގު ބޮޑު ކުރަނީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ކަމަށެވެ. ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ލިބޭ ބޮޑު ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށެވެ. އެކަމަށްޓަކައި ޑިއުޓި ބޮޑު ކުރުމުން ސިނގިރޭޓާއި ބުއިންތަކުން ޑަބަލް އަގެއްހާ ބޮޑުވެގެން ދެއެވެ. ސަރުކާރުން މިއަހަރުގެ ބަޖެޓް ހުށަހެޅިއިރުވެސް އެވަނީ އެއަގު ބޮޑުކޮށްގެން ދައުލަތައް 200 މިލިއަން ރުފިޔާ ހޯދާނެ ކަމަށެވެ. މިހާރު އެބާވަތްތަކުން ލިބޭ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ މަދުވެގެންނެވެ. ސަރުކާރަށް ފައިސާ ހޯދާން ސަރުކާރުން ގެންގުޅޭ މޮޅު ސިޔާސަތެއްގެ ގޮތުގައެވެ.

މީހަކުވާ ހިންޏެއް ނާންނާނެ ހެއްޔެވެ. ސިނގިރޭޓާއި އެނާރޖީ ޑްރިންކުން އަގުބޮޑުކުރާއިރު އެފައިސާއިން ރައްޔިތުން އެކަމަށް ދުރުކުރުމަށް އެންމެ ލޯލާރިއެއްވެސް ހޭދައެއް ނުކުރެއެވެ. އެފަދަ ޕްރޮގްރާމެއް ހިންގާނެ ބަޖެޓެއް ސަރުކާރަކުން ހެލްތު މިނިސްޓްރީއަކަށް ނުދިނެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވެސް އެފަދަ ކަމެއް ހިތަށްވެސް އަރާފައެއް ނެތެވެ.

މިވާހަކަ ބުނީކީ އިދިކޮޅު މީހުންނެއް ނޫނެވެ. ސީދާ ސަރުކާރުގެ ހެލްތު މިނިސްޓްރީންނެވެ. މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާއިން ރާވާ ހިންގަން ބޭނުންވާ ކަންކަމަށް ލޯލާރިއެއްވެސް ބަޖެޓްގައި ނެތްކަމެވެ. އެކަމާ ހުރެ އެކަން ކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

ދެން އޮތީ މުޅި ސަރުކާރުން ބޭނުންވާހާ ޕްރޮޕެެގެްނޑާއެއް ހިންގައިދޭ ޤައުމީ ޓީވީއެވެ. ޓީވީ މޯލްޑިވްސްއެވެ. އެންމެގިނަބަޔަކަށް އަމަޒުކޮށްގެން ހިންގާ މޯލްޑިވިއަން އައިޑޮލްގެ އެންމެބޮޑު އެއް ސްޕޮންސަރަކީ އެނާރޖީ ޑްރިންކެވެ. ތާއަބަދު ފެންނަނީ އެޑްރިންކްތަކުގެ ދަޅެވެ. ކުރެވޭ އިޝްތިހާރުން ބުނަނީ ކޮންމެހެންވެސް އެ އެއްޗެއް ބޯން ޖެހޭ ކަމެވެ. އެއްކޮޅުން ސަރުކާރުން އެނަރޖީ ޑްރިންކް ރައްޔިތުން ބޮއި ފާނެއަތީ ބިރުން ޓެކްސް ބޮޑު ކުރަނީއެވެ. އަނެއް ކޮޅުން ސަރުކާރު ޓީވީން ހެސްކިޔާފައި އެނަރޖީ ޑްރިންކް ޕްރޮމޯޓްކޮށް ނަގަނީއެވެ.

ހެލްތު މިނިސްޓރީން ބުނީ އެކަން އެހެން ނުކުރުމަށް ލައްކަފަހަރު އަންގައިފިން ކަމަށެވެ. ވީކަމުން ހަރާމުން ހަރާމެވެ. އަދި ހަމަ އެނާރޖީ ޑްރިންކާއި ސިނގިރޭޓުގެ ނުރައްކާ ކިޔައިދޭން އަރާނެ ވަގުތުކޮޅެއް ޓީވީއެމުންދޭން ކިޔާތާވެސް އެހާމެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެކަމަކު ކަހާތަން ހިރުވާވެސް ނުލިއެވެ. މިއީ އިދިކޮޅު މީހުން ދައްކާ ވާހަކައެއް ނޫނެވެ. ސީދާ ހެލްތު މިނިސްޓްރީން ދަމާ އުޅޭ ކުސައެވެ. އެަކަމަކު ބަށި މުބާރާތާއި ޕާޓީއަށް ފޯމު ފުރުމާއި ޖަލްސާތަކަށް މީހުން ގެންދިއުމުގެ ކެމްޕޭންގައި ޓީވީއެމް ހަމަ ހަބޭހެވެ. ޕްރައިމް ޓައިމެއް އެހެން ގަޑިއެއް ނެތެވެ. ބޭނުން ވިއްޔާ ބޭނުންވި އިރެކެވެ.

މިކަން ކަން މިހެން ހުރުމުގެ ސަބަބުން ކުދިކިޔާން ތިބެނީ ޢާއްމު ރައްޔިތުންނެވެ. އެކަމަކު އެވެރިންނަށްވެސް އެނޫން ގޮތެއް ނެތެވެ. ހަތަރެސްފައިގާ އަނދަގޮނޑި ޖަހާފާނެތީ ބިރުންނެވެ. އަނބިދަރިންނާ ވަކިކޮށް ގެންގޮސް ޖަލުގެ ކުޑަގޮޅިތެރެއަށް އެއްލާލަފާނެތީއެވެ. އިހުތިޖާޖް ކުރާން ޕާޓީތަކުން ނޫޅެ ހިމޭންވެފައި ތިބީ އެކަމެއްގެ ހިލަމެއް ވާއިރަށް ފުލުހުން ނެރެ މަގު ބަންދުކޮށް އިސްކޮށްތިބޭ މީހުންނާ ނިކަމެތި ދެތިން އަންހެނަކު ބަންދުކޮށްފާނެތީއެވެ.

ކޮންމެއަކަސް ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކޮށް ފައިސާ ނަގަން އެއުޅެނީކީ ރައްޔިތުން ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ލިބޭ ގެއްލުމުން ސަލާމަތް ކުރަން ނޫންކަން އެނގެނީ ސަރުކާރުގެ ބަހުންނެވެ. ސަރުކާރުގެ ސިޔާސަތުގައި އޮތީ އެހެނެއް ނޫނެވެ. ސިޔާސަތުގައި އޮތީ ފައިސާއެވެ. ޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ އިތުރަށް ހޯދުމެވެ. ނޫންނަމަ ޑިއުޓީ ބޮޑުކޮށްގެން އެލިބޭ ފައިސާއިންވެސް ސިނގިރޭޓާއި އެނަރޖީ ޑްރިންކުން މީހުން ދުރުކުރުމަށް ހިންގާނެ ކަމެއްވެސްވާ އޮތީސްތާއެވެ. ނުވަތަ އެންމެ ކުޑަ މިނުން ސަރުކާރު މީޑިއާއިން އެއަށް ނޫނެކޭ ބުނީސްތާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު