Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހުރާ ބިމުގެ މައްސަލަ

ހިއްކާފައި އޮތް ސަރަހައްދު ޕްލޭން ކުރަން ކައުންސިލާ ހަވާލުކުރަން މުހިއްމު: ހުރާ ކައުންސިލް

ޖުމްލަ 22 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2019 | ހުކުރު 10:51
ހ. ހުރާގެ އަލަށް ހިއްކާފައިވާ ސަރަހައްދު

ހ. ހުރާގެ އަލަށް ހިއްކާފައިވާ ސަރަހައްދު

ތަރައްޤީވަމުން އަންނަ ހުރާ އަކީ ވަރަށްވެސް ހިތްގައިމު ރަށެކެވެ. ހާއްސަކޮށް ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެ ކުރިއަރަމުން އަންނައިރު އެ ރަށުގައި ގެސްޓުން ވިޔަފާރި ކުރުމަށްޓަކައި ވެސް ސޮވެނިއަރ އެތައް ފިހާރައެއް ހުރެއެވެ.

ބަނދަރުގެ ތަދިކަން އޮތް ކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ރަށުގައި އަލަށް ހުޅުވި ފުޓްސަލް ދަނޑަކީ ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ތަނެއް ކަމުން ރަށުގެ މަލަމަތި ވަރަށް ވެސް ރީއްޗެވެ.

ރަށަށް އަރާ ފައިބާ މީހުން ދުވާލެއްގެ މައްޗަށް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ކައުންސިލްގެ ނައިބް ރައީސް ފަޔާޒް އިބްރާހިމް ވިދާޅުވި ގޮތުގައި ހަލުވި ކަމާ އެކު ކުރި އަރަމުން އަންނަ މި ރަށަށް ދިމާވެފައި ވަނީ ބިމުގެ ދަތިކަމެވެ.

އާބާދީ އިތުރުވެގެންދާއިރު ބިމުގެ ދަތިކަން ކުރިމަވެފައިވަނިކޮށް، ރައީސް ޔާމިންގެ ދައުރުގެ ފަހު ދުވަސްކޮޅު، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވަނީ ފަށާފައެވެ.

އެގޮތުން އިރުމަތީ ފަރާތުގެ ބިން އެއްކޮށް ހިއްކާ ނިންމާލާފައިވާއިރު، ހުޅަނގު ފަރާތުގެ ހިއްކަން ޖެހޭ ހަތަރު ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން ޖުމްލަ 22 ހެކްޓަރުގެ ބިމާ އެކު، ބިމުގެ ދަތިކަން އެއްކޮށް ހައްލުވެގެންދާނެއެެވެ.

އެގޮތުން އަލަށް ހިއްކި ސަރަހައްދުގައި ވިޔަފާރި ކުރަން ވަކި ޒޯންއެއް ކަނޑައަަޅަން ކައުންސިލް ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ބާވަތެއްގެ ވިޔަފާރި ކުރާ މީހުންނަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެހެންކަމުން ކައުންސިލްގެ އެދުމަކީ ކައުންސިލްއިން ޕްލޭންކޮށްފައިވާ ގޮތަށް އަލަށް ހިއްކި ސަރަހައްދުގެ މާސްޓަރޕްލޭން ކުރުމަށް ކައުންސިލާ އެ ބިން ހަވާލުކޮށްދިނުން ކަމަށް ވެސް ފަޔާޒު ވިދާޅުވިއެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ރަށު ކައުންސިލުން ބައްދަލުކޮށް އެކަމާ މެދު މަޝްވަރާ ކުރުމުން ކައުންސިލާ އެ ބިން ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށް ރައީސް ސޯލިޙް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިއީ ރަށަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެ ކަމެއް ކަމަށް ފަޔާޒް ވިދާޅުވިއެވެ.

ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވަމުން އޭނާ ފާހަނގަ ކުރެއްވީ 90 ގޯތި ދޫކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ގޯތި ދޫކުރުން ވަގުތީ ގޮތުން މަޑު ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ޕޮއިންޓް ލިބިފައިވާ ގޮތް އަލުން ބެލުމަށްފަހު ގޯތި އޭގެ ހައްގުވެރި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކައުންސިލްއިން ވަރަށް އަވަހަށް ފައްޓާނެ ކަމަށްވެސް ފަޔާޒް ވިދާޅުވިއެވެ.

ގޯތި ދޫކުރަނީ 1400 އަކަފޫޓާއި 1900 އަކަފޫޓުގެ ގޯތި ކަމަށްވާއިރު، 90 ގޯތި ދޫކުރެވިގެން ދިއުމަކީ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމެކެވެ.

ކ،ހުރާގައި އަލަށް ހިއްކި ސަރަހައްދު

ދެހާހެއް ހާ މީހުންގެ އާބާދީއެއް އޮންނަ ހުރާގައި ރަށުން ބޭރުން ވެސް ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދެއެވެ. އެގޮތުން ކައިރި ރިސޯޓްތަކުގެ މުވައްޒަފުން ވެސް ތިބެނީ އެ ރަށުގައި ކަމަށްވާއިރު މިއީ ވެސް ރަށުގެ ތަރައްޤީ އިތުރު ކުރަން ޖެހިފައިވާ ކަންތަކެވެ.

ހުރާ އާބާދީގެ ނިސްބަތުން ބަލާއިރު އެރަށުގެ ކައުންސިލަކީ ވަޒީފާ އުފައްދާ ބައެކެވެ. އެގޮތުން ކައުންސިލަށް އާމްދަނީ ލިބޭނެ މަގުތައް ހޯދަމުންދާއިރު އެ އިން ކޮންމެ މަސައްކަތުން ހުރާ ކައުންސިލްއިން ދަނީ ވަޒީފާތައްވެސް އުފައްދަމުންނެވެ. އެހެންކަމުން ރަށުގައި ވަޒީފާއެއް ނެތި ތިބޭ ޒުވާނުން މަދުވާނެ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު މިއީ ހުރާގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ރަށް އިތުރަށް ތަރައްޤީވެ ރަށަށް އާމްދަނީ ވަންނާނެ އިތުރު ދޮރުތައް ހުޅުވިގެންދާނެވެސް ކަމެކެވެ. ހުރާގައި ވަޒީފާތައް އިންތިހާއަށް އިތުރުވެގެންދާނެ މަގުފަހިވެގެންދާނެއެވެ.

ހުރާ ކައުންސިލްއަކީ ވެސް މިހާރު ވެސް އެ ކައުންސިލްއަށް އެކި ގޮތްގޮތުން އާމްދަނީ ހޯދަމުންދާ ކައުންސިލްއެއް ކަން ފާހަގަކޮށްލަންޖެހެއެވެ.

އެެހެންކަމުން ހިއްކާފައިއޮތް ސަރަހައްދު ތަރައްޤީވެގެންދާއިރު ހުރާ ވެގެންދާނީ އެތައް ގޮތަކުން ތަރައްޤީ ވެގެންދާނެ ރަށަކަށެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު