Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19

އޭރު ވެސް މިހާރު ވެސް އެމްޑީޕީއަށް ފާޑުކިޔާ، އެކަމަކު އެ އަށް ވުރެ ރަނގަޅު ސިޔާސަތެއް ނުދެއްކޭ: އެމްޑީޕީ

21 ފެބުރުއަރީ 2019 | ބުރާސްފަތި 08:48

2008 ވަނަ އަހަރުގެ މެނިފެސްޓޯ އަށް ވެސް ފާޑުކިޔާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2019 | ބުރާސްފަތި 08:48
ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހު

ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހު

އިނދިކޮޅު ފަރާތްތަކުން އަބަދުވެސް އެމްޑީޕީއަށް ފާޑުކިޔާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ސިޔާސަތުުތަކަށް ވުރެ ރަނގަޅު ސިޔާސަތެއް އެ ފަރާތްތަކަށް އަދިވެސް ނުދެއްކޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ބުރަސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީން 2008 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބަށް ނުކުތީ މެނިފެސްޓޯއަކާ އެކުގައި ކަމަށާއި، އޭރު ވެސް އެމްޑީޕީގެ ސިޔާސަތުތަކަށް މީހުން ފާޑުކިޔާ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އެމްޑީޕީގެ މެނިފެސްޓޯގެ ދަށުން ތައާރަފްކުރި ސިޔާސަތުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ މަންފާ ކުރި ކަމަށް އަފްޝަން ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އެ ވައުދުތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވި. ނަމަވެސް އަޅުގަނޑުމެންނަށް ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ އެކަންތައްތައް ތައާރަފްވެ އެކަންތައްތައް ފެށުމުން ރައްޔިތުންނަށް ލިބިިގެންދިޔަ ހިތްހަމަޖެހުން. އެއީ އެމްޑީޕީގެ ވަރަށް ބޮޑު ކާމިޔާބީއެއް. އާސަންދަ ތައާރަފް ކުރެވި، އެކަނިވެރި މައިންގެ އެލަވަންސް ތައާރަފް ކުރެވި، ދުވަސްވީ މައިންގެ އެލަވަންސް ތައާރަފް ކުރެވި، ހަރުދަނާ ޓެކްސް ނިޒާމެއް ޤާއިމުކުރެވި، މިފަދަ އެތައް އެތައް ކަމެއް ތައާރަފް ކުރެވުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ މަންފާ މިދަނީ މިހާރުވެސް ލިބެމުން،" އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އަފްޝަން ވިދާޅުވީ، އެމްޑީޕީން މަޖިލިސް 19 އަށް ހުށައަޅާ އެޖެންޑާ 19 އަކީ ރައްޔިތުންގެ ހާލު ވަރަށް ގާތުން ބެލުމަށް ފަހު އެކުލަވާލެއްވި ސިޔާސަތުތަކެއް ކަމަށާއި، އެ ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ބަދަލުގައި އެ އަށް ވުރެ ރަނގަޅު ސިޔާސަތެއް އެކުލަވާލައި ނެރެދިނުމަށް އެމްޑީޕީން އެދޭ ކަމަށް އަފްޝަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މި ފަހަރުގެ އިންތިހާބަށް އެޖެންޑާ 19 ގެ ދަށުން ސިޔާސަތުތަކެއް، ހަރުދަނާ ސިޔާސަތުތަކެއް ހިފައިގެން އަދި މި ކެމްޕެއިން ކުރަނީ އެމްޑީޕީން. އެހެންކަމުން އެމްޑީޕީން މި ހުށައަޅާ ކަންތައްތަކަށް އެ ބޭފުޅުން އެ ވިދާޅުވާ ފާޑު ވިދާޅުވި ނަމަވެސް އަޅުގަނޑުމެން ޤަބޫލު މި ކުރަނީ އަޅުގަނޑުމެން މި ހުށައަޅާ ކަންތައްތަކަކީ އެތައް އަހަރެއް ވަންދެން ރައްޔިތުންގެ އަޑުއަހާ އަދި ކަމާބެހޭ އެތައް ސްޓޭކް ހޯލްޑަރަސްއަކާ މަޝްވަރާކޮށް ވަރަށް ބައިވަރު ފަރާތްތަކެއްގެ ހިޔާލާ އިމްޕުޓާ ހޯދައިގެން އުފައްދާފަހުރި ސިޔާސަތުުތަކެއް، އެހެންކަމުން ފާޑުވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑުމެން ކުރިން ވެސް ދަންނަވާލާފަ އޮންނާނެ، އެ އަށް ވުރެ ރަނގަޅު ސިޔާސަތުތަކެއް ހުށައަޅުއްވާށޭ،" އަފްޝަން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައި އިނދިކޮޅު ފަރާތްތަކުން ރޭގައި އައިޖީއެމްއެޗު ތެރޭގައި ކުރި މުޒާހަރާއާ ގުޅޭ ގޮޮތުން އަފްޝަން ވިދާޅުވީ، ރައީސްގެ އިސްތިއުފާއަަށް ގޮވާލަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، ހުރިހާ ދާއިރާއަކުންވެސް ތަރައްޤީގެ މަޝްރޫތައް ރައީސް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އާންމުންނާއި ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްތިބި މީހުންނަށް އެތަކެއް އުނދަގޫތަކެއް ކުރިމަތިވާ ގޮތަށް މުޒާހަރާ ކުރުން އެއީ ހިތާމަހުރި ކަމެއް ކަމަށާއި، އެކަން ބަލަން ޖެހޭ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް