Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ/އެމެރިކާ

އެމެރިކާ އިން ރާއްްޖެއަށް ދޭ އެހީ އިތުރުކުރަން ކޮންގްރެސް އަށް ހުށަހަޅަނީ

21 ފެބުރުއަރީ 2019 | ބުރާސްފަތި 08:57

ޤާނޫނު ނެގެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަަތަށް ޕޮމްޕެއޯވަނީ މަރުހަބާ ވިދާޅުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 21 ފެބުރުއަރީ 2019 | ބުރާސްފަތި 08:57
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅަކީ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅަކީ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

އެމެރިކާ އިން ދިވެހިރާއްޖެއަށް މިހާރު ދޭ އެހީ އަށް ނުވަ މިލިއަން ޑޮލަރު އިތުރުކުރުމަށް ކޮންގްރެސްއަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

މި އެހީ އިއުލާނުކުރައްވާފައި މިވަނީ ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރަކާއި ރާއްޖޭގެ ޚާރިޖީ ވަޒީރަކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ބުދަ ދުވަހު ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ޕޮމްޕެއޯ ބޭއްވެވި ބައްދަލުވުމަށް ފަހު ސްޓޭޓް ޑިޕާޓްމަންޓުން އާއްމުކޮށްފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ އެހީ އަށް 9.75 މިލިއަން ޑޮލަރު (150,735,000ރ.) އިތުރުކުރުމަށް ހުށަހަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

އިންޑޯ ޕެސިފިކް ސަރަހައްދަކީ މިނިވަން، ހުޅުވާލެވިފައިވާ ސަރަހައްްދަކަށް ހެދުމާއި އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް ދެ ބޭފުޅުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެ މަނިކުފާނުގެ އެއްބާރުލެއްވުން ދެއްވާނެކަން ހާމަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ދެ ގައުމުން ވަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ކަންކަން ވަރުގަދަކުރުމުގެ އެއްްބަސްވުމެއްގެ އިތުރުން އެމެރިކާ އިން ދޭ އެހީތެރިކަން ކުރިޔަށް ގެންދިއުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވާފައެވެ.

ޕަބްލިކް ފައިނޭންސް މެނޭޖްކުރުމާއި، ދަރަނީގެ ސްްޓެރެޓެޖީގެ އިތުރުން ފައިނޭންޝަލް ކްރައިމް ހުއްޓުވުމަށް ދެގައުމުން އެކުގައި މަސައްކަތްކުރާނެ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓުން ވަނީ ހާމަކޮށްފައެވެ.

ޝަރުއީ ދާއިރާ އިސްލަހު ކުރުމާއި، ދެ ފުށް ފެންނަ ސިޔާސަތާއި އަދި ޤާނޫނު ނެގެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަަތަށް ޕޮމްޕެއޯ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅަކީ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް ކުރައްވާފައިވާ ދަތުރުފުޅަކަށްވާއިރު ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ރާޖޭގެ ޚާރިޖީވަޒީރަކަށް ދައުވަތު ނުދެއްވުމުގެ އިތުރުން ބައްދަލު ކުރައްވާފައި ވެސް ނުވެއެވެ.

އެމެރިކާ އިން ގައުމުތަކަށް ދޭ އެހީ ކުޑަކުރަން ނިންމާފައިވާ ދަނޑިވަޅެއްގައި ރާއްޖެއަށް އެހީ އިތުރުކުރަން މަސައްކަތް ކުރުމަކީ ރާއްޖެއާ އޮތް ގާތްކަން ދައްކުވައިދޭ ކަމެއް ކަމަށް ޚާރިޖީ ދާއިރާގެ ތަޖްރިބާ ކާރުން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް