Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކައިލީ ޖެނަރ އާއި ޑްރޭކް

ޑްރޭކްގެ 3 އަހަރު ކުރީގެ ލަވައެއްގައި ކައިލީގެ ވާހަކަ: އޭނާއަށް 19 އަހަރުގައި ދެ މީހުން ރަށްޓެހިވިތަ؟

ޑްރޭކްގެ ލަވައެއްގައި ކައިލީގެ ވާހަކަ ދައްކާ އަޑު އިންސްޓަގްރާމް ލައިވްއެއްގައި ވަނީ އިވިފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 25 މެއި 2020 | ހޯމަ 04:17
ކައިލީ އާއި ޑްރޭކް؛ ކައިލީގެ 16 ވަނަ އުފަންދުވަހުގެ ހަފްލާގައި

ކައިލީ އާއި ޑްރޭކް؛ ކައިލީގެ 16 ވަނަ އުފަންދުވަހުގެ ހަފްލާގައި

ކައިލީ ޖެނަރ އާއި ޑްރޭކް ރަށްޓެހިވެފައިވާ ވާހަކަތައް ދެކެވޭތާ އެތައް މަހެއް ވެފައިވާއިރު، މި ވާހަކަތައް އަނެއްކާވެސް ހޫނުވެއްޖެއެވެ.

ނިމިގެންދިޔަ ހަފްތާގައި މަޝްހޫރު ރެޕް އާޓިސްޓުންކަމަށްވާ ޑްރޭކް، ފިއުޗަރގެ އާ ލަވަ ޕްރޮމޯޓް ކުރުމަށް ބޭއްވި އިންސްޓަގްރާމް ލައިވްއެއްގައި ޑްރޭކްގެ ގިނަ ލަވަތަކެއް ޕްލޭކޮށްފައިވެއެވެ. މީގެ ތެރޭގައި މިހާތަނަށް ރިލީޒް ނުކުރާ ލަވަތައްވެސް ހިމެނެއެވެ.

އެފަދަ ލަވައެއްގައި ކައިލީގެ ވާހަކަ ދައްކާފައިވާއިރު، އެކަމާ ގުޅިގެން ވަގުތުން ކުރި ޕޯސްޓެއްގައި ޑްރޭކް ބުނެފައިވަނީ އެއީ މީގެ ތިން އަހަރު ކުރީގެ ލަވައެއް ކަމަށެވެ. އަދި ޑްރޭކް އެކަމާ ގުޅިގެން ޕޯސްޓެއް ކޮށްފައިވަނީ، ކައިލީގެ އެންމެ ފަހުގެ ލޯބިވެރިޔާ އަދި އޭނާގެ ދަރި ސްޓޯމީގެ ބައްޕައާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، މިކަމާ ގުޅިގެން ކައިލީގެ ހިތްހަމަ ނުޖެހުމެއް ނެތެވެ. ސަބަބަކީ އޭނާއަށް އެއީ ކުރީގެ ލަވައެއްކަން އެނގޭތީއެވެ.

ޑްރޭކް އަދި ކައިލީވެސް އެއީ ކުރީގެ ލަވައެއްކަން ބުނެފައިވާއިރު، ދެ މީހުންގެ މެދުގައި ގުޅުމެއް ހިނގާފައި ނުވާކަމަށް ބުނެފައެއް ނުވެއެވެ. އަދި މިއީ ތިން އަހަރުގެ ކުރީގެ ލަވައެއް ނަމަ، އޭރު ކައިލީއަށް ވާނީ އެންމެ 19 އަހަރެވެ. އަދި ޑްރޭކްއަށް ވާނީ 30 އަހަރެވެ.

އެހެންކަމުން، މިކަމާ ގުޅިގެން ގިނަ ބައެއް ދަނީ ޑްރޭކްއަށް ފާޑު ކިޔަމުންނެވެ.

ކައިލީ އާ ޓްރެވިސް 2019 ވަނަ އަހަރު ރުޅިވެފައިވާއިރު، އެއަށް ފަހު ވެސް އޭނާ އާއި ޑްރޭކްއާ ރަށްޓެހިވެފައިވާ ކަމުގެ ހަބަރުތައް ފެތުރުނެވެ.

ކައިލީ ކުރިން ރެޕް އާޓިސްޓް ޓައިގާއާ ރަށްޓެހިވެފައިވާއިރު، ދެ މީހުން ރަށްޓެހިވިއިރު ކައިލީއަށް ވާނީ 16 އަހަރެވެ. އަދި ޓައިގާއަށް ވާނީ 24 އަހަރެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު