Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ތްރީ އޮން ތްރީ ބާސްކެޓު މުބާރާތެއް ހ.ދ ކުޅުދުއްފުށީގައި ބާއްވަނީ

20 ފެބުރުއަރީ 2019 | ބުދަ 13:32

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއުނާ ހަސަން
މިއުނާ ހަސަން | 20 ފެބުރުއަރީ 2019 | ބުދަ 13:32
އެމްބީއޭއިން އާންމު ކޮށްފައިވާ 3 އޮން 3 ޕޯސްޓަރ

އެމްބީއޭއިން އާންމު ކޮށްފައިވާ 3 އޮން 3 ޕޯސްޓަރ

އެމްބީއޭ ތްރީ އޮން ތްރީ މުބާރާތެއް ހ.ދ ކުޅުދުއްފުށީގައި ބޭއްވުމަށްޓަކައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލިކަން އެ އެސޯސިއޭޝަނުން މިއަދު ވަނީ އިއުލާން ކޮށްފައެވެ.

އެމްބީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ 10 މާރޗުން ފެށިގެން 13 މާރޗުގެ ނިޔަލަށް ހ.ދ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން މާރޗު މަހުގެ ތިނެއްވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ޓީމްލިސްޓް ފޯރމް ފުރުމަށްފަހު އެ އެސޯސިއޭޝަންގެ އީމެއިލްއަށް މެއިލްކުރުމަށެވެ.

ކުޅުދުއްފުށީގައި ބޭއްވުމަށް ހަަމަޖެހިފައިވާ މި މުބާރާތުގައި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީ އާއި 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން ކުޅުންތެރިން ނަގާއިރު، މުބާރާތުގައި ބައިވެރިވެވޭނީ 13 އަހަރުން ދަށުގެ އުމުރުފުރާނަމަ 2006 ވަނަ އަހަރާއި އޭގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި 15 އަހަރުން ދަށުގެ އުމުރުފުރާނަމަ 2004 ވަނަ އަހަރާއި އޭގެ ފަހުން އުފަންވެފައި ވާ ކުދިންނަށްށެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ސްކޫލްތަކުގެ ނަން ނުހިމެނޭ ގޮތަށް ނަންދިނުމަށް އެމްބީއޭއިން ނެރެފައިވާ އިއުލާނުގައިވެއެވެ. މީގެ އިތުރުންވެސް މުބާރާތުގައި ކުޅެވޭނީ ތްރީ އޮން ތްރީ ޕްލެނެޓްގައި ރެޖިސްޓާވެފައިވާ ކުޅުންތެރިންނަށް ކަމަށްވެސް އިއުލާނުގައި ވެއެވެ.

މި މުބާރާތުގެ ޤަވާއިދާއި، އިތުރު މައުލުންމާތު ހޯދުމަށް އެމްބީއޭގެ ނަމްބަރު 3314024 ގުޅުއްވާ މައުލުންމާތު ސާފު ކުރެވޭނެ ކަމަށްވެސް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައިވެއެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް