Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19

ރީ ރެޖިސްޓްރޭޝަންގެ ކަންކަން އެމްޑީޕީ ހަރުގޭގައި ބާރަށް ކުރިއަށްދަނީ!

20 ފެބުރުއަރީ 2019 | ބުދަ 08:31

ކޮންމެ ޕާޓިއެއްގެ މީހަކަށްވެސް ރީރަޖިސްޓަރ ކުރަން ދެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2019 | ބުދަ 08:31
އަފްޝަން ލަތީފް

އަފްޝަން ލަތީފް

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވޯޓުލާ މީހުން ރީ ރެޖިސްޓަރކުރުމުގެ މަސައްކަތްތައް އެމްޑީޕީ ހަރުގޭގައި ކުރިއަށްދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ ރީ ރެޖިސްޓްރޭޝަން ސެންޓަރެއް އެމްޑީޕީ ހަރުގޭގައި ޤާއިމުކޮށްފައިވާ ކަމަށާއި، ރީ ރަޖިސްޓަރ ކުރުމުގައި ދިމާވާ ކަންކަމުގައި އެ ސެންޓަރުގެ ޓީމުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ދާނެ ކަމަށެވެ.

Advertisement - newsAdvertisement
"މީ އަޅުގަނޑުު ފާހަގަކޮށްލަން ބޭނުންވޭ އެމްޑީޕީ މެމްބަރުންނަށް ހަމައެކަނި އަޅުގަނޑުމެން ކޮށްދޭ ކަމެއް ނޫން. ހަމަ ކޮންމެ ބޭފުޅެއްވެސް ރިޔާސީ އިންތިހާބުގައި ވޯޓުލެއްވި ތަން ނޫން ތަނަކަށް މި ފަހަރު ވޯޓު ލައްވާނަމަ އަދި ރީ ރެޖިސްޓަރ ކުރައްވަން ޖެހިލައްވާނަމަ އެމްޑީޕީ ހަރުގެއަށް ވަޑައިގަތީމަ އެކަންތައްތައް ކޮށްދޭނެ." އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، 1 މާރޗުގެ ނިޔަލަށް ރީ ރެޖިސްޓަރ ކުރެވޭނެ ކަމަށާއި، އޭގެ ކުރިން ވޯޓަރސް ލިސްޓް ޗެކްކުރައްވައި ރެޖިސްޓްރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށެވެ.

އޭގެ އިތުރުން، އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މަޖިލިސް 19 ގެ ޕެނަލް ޑިސްކަޝަން ބުރާސްފަތި ދުވަހުގެ ރޭގައި އޮންނާނެ ކަމަށާއި، އެ ޕެނަލްގައި މައުލޫމާތު ދެއްވާނީ އެމްޑީޕީގެ ޗެެއަރ ޕާރސަން ހަސަން ލަތީފާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށެވެ.

ޕެނަލްގައި އަސާސީ މުސާރަ، އާމްދަނީ ޓެކްސް ނެގުން ތައާރަފް ކުރުމުގެ އިތުރުން ދަރިވަރުންގެ ދަރަނި ލުއި ކުރުމާ ގުޅޭ ގޮތުން އެމްޑީޕީން ހުށައަޅާ ސިޔާސަތުތަކަށް ހިޔާލު ބަދަލުކުރެވޭނެ ކަމަށާއި، ޕެނަލް ބާއްވާ ތަނެއް އިއުލާނު ކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވީ، އެޖެންޑާ 19 ގެ ސިޔާސަތު ތަކަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކި ކަން ކަމަށް ހައްލު ހޯދުމަށް ކަނޑައަޅާފއިވާ ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން އަސާސީ މުސާރައިގެ ސަބަބުން އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅިގެންދާނެ ކަމަށާއި، އާމްދަނީން ޓެކްސް ނެގުމުގެ ސަބަބުން ފަޤީރުންނާއި މުއްސަނދިންގެ މެދުގައި އޮންނަ ފަރަޤް ކުޑަ ކުރެވިގެންދިއުން ފަދަ ފައިދާތައް ލިބޭނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކުރަން ނިންމައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ފޯމު ހުށައަޅާފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް