Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޕީއެލް

އެމްޕީއެލުން ނަގާ ފީތަކުގެ ލިސްޓްު އާންމު ކޮށްފި

މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ ބޮޑު ޝަކުވާއެއް ލިބެމުންދޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 ފެބުރުއަރީ 2019 | އަންގާރަ 07:55
ވިޔަފާރިވެރިންގެ ބަނދަރު

ވިޔަފާރިވެރިންގެ ބަނދަރު

ތަފާތު އެކި ނަންނަމުގައި އިތުރު ފީތަކެއް ނަގަމުން ދާތީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގާނެ ފީތައް އާންމުކޮށްފި އެވެ.

ވިޔަފާރިވެރިންގެ ބަނދަރުން ނަގާނެ ފީތައް އާންމުކޮށް، އެމްޕީއެލުން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖެއަށް ކަނޑު މަގުން މުދާ އިމްޕޯޓް ކުރާ ފަރާތްތަކުގެ އަތުން އެޖެންޓުންނާއި ފްރައިޓް ފޯވަޑާސް އަދި ބްރޯކަރުން އެމްޕީއެލްއަށް ދައްކަން ޖެހޭ ފީތަކެއްގެ ގޮތުގައި ދޭހަވާ ގޮތަށް ތަފާތު ނަންނަމުގައި ފީތައް ނަގަމުންދާކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އޭ.ޕީ.ސީ.އާރ، ޕޯޓް ކޮންޖެސްޝަން ޗާޖް، ޑީ.ސީ.އެޗް.ޓީ އަދި އިކްއިޕްމަންޓް އިމްބެެލެންސް ޗާޖް ފަދަ ނަންނަމުގައި ފީތައް ނަގަމުންދާ ކަމަށް އެމްޕީއެލުން ބުނެ އެވެ. އަދި އެކަމުގައި މުދާ އިމްޕޯޓް ކުރާ ފަރާތްތަކުގެ ބޮޑު ޝަކުވާއެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނި އެވެ.

އެމްޕީއެލުން ބުނީ ކުންފުނިން ނެގުމަށް ހަމަޖެހިފައިވާ ފީތަކާއި، އެހެނިހެން ހިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީތައް ކުންފުނީގެ ޓެރިފްގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ. އަދި ޓްރިފްގައި ބަޔާން ކޮށްފައިވާ އަގުތަކުގެ އިތުރުން އެއްވެސް އަގެއް ނަގަމުން ނުގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

ވިޔަފާރިވެރިންގެ އަތުން އިތުރު ފީ ނެގުމުގެ މައްސަލަތައް ފެންމަތިވީ، މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ސްލޯވެ، ބޯޓު ކްލިއަ ކުރުން ލަސްވަމުންދާތީ މުދާ އެތެރެކުރާ ބަޔެއް ކުންފުނިތަކުން އިތުރު ފީތަކެއް ނަގަމުންގެންދާތީވެ އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2018

އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ތެރެއިން ޓެކްސް ނުދައްކާ ފަރާތްތައް އާންމުކޮށްފި

19 ޖެނުއަރީ 2018
އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ތެރެއިން ޓެކްސް ނުދައްކާ ފަރާތްތައް އާންމުކޮށްފި
15 ޖެނުއަރީ 2018

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2018
ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
17 ސެޕްޓެމްބަރު 2017

އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި!

17 ސެޕްޓެމްބަރު 2017
އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި!
27 އޯގަސްޓު 2017

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!

27 އޯގަސްޓު 2017
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!
23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް