Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި!

މި ޖަލްސާ އޮންނާނީ ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 04:43
އުރީދޫގެ ސީއީއޯ ނަޖީބް ޚާން

އުރީދޫގެ ސީއީއޯ ނަޖީބް ޚާން

އުރީދޫ މޯލްޑިވްސް ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، އޮކްޓޯބަރު 1 ވާ އާދީއްތަ ދުވަހުގެ ރޭ އޮންނާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައެވެ.

މިޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޢައްޔަންކުރުމާއި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރެއް ޢައްޔަންކުރުން ހަމަޖެހިފައި ވެއެވެ.

ކުންފުނީގެ 90.5 އިންސައްތަ ޙިއްޞާގެ ވެރިފަރާތްކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލްއަށް ޑިރެކްޓަރުންގެ ބޯޑަށް 7 މެންބަރުން ޢައްޔަންކުރުމުގެ ބާރު ލިބިފައިވެއެވެ. މިގޮތުން ވަތަނިއްޔާ އިންޓަރނޭޝަނަލްއިން ޑިރެކްޓަރުންގެ ބޯޑަށް ޑޮކްޓަރ ޝައިޚާ އަލް-ޖާބިރު އައްޔަންކުރުމަށް ވަނީ ނޮމިނޭޓުކޮށްފައެވެ.

ކުންފުނީގެ ޙިއްޞާގެ 9.5 އިންސައްތަ އާންމު ޙިއްޞާދާރުން ގަނެފައިވާތީ، ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް 1 މެންބަރު ޢައްޔަންކުރުމުގެ ބާރު ލިބިފައި ވެއެވެ.

އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި ސެޕްޓެންބަރު 13، 2017 ގެ ހަވީރު 5:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" ފުރުމަށްފަހު ސެޕްޓެމްބަރު 25، ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ ކަމަށް އުރީދޫއިން ބުންޏެވެ.

މީގެ އިތުރުން ޕްރޮކްސީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 28 ސެޕްޓެންބަރު ވާ ބުރާސްފަތު ދުވަހުގެ ހަވީރު 5:00 ގެ ކުރިން ޕްރޮކްސީ ފޯމު ހުށަހެޅުމަށް އުރީދޫއިން ބުންޏެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން އޮކްޓޫބަރު 1 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމަށް ވަޑައިގެން ރެޖިސްޓަރ ކުރުމަށް އުރީދޫއިން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު