Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ ރިޕޯޓް

އެމްއެމްޕީއާރުސީގެ މައްސަލައިގެ އެއްވެސް މަޢުލޫމާތެއް ސިއްރުކޮށްފައެއް ނުވާނެ: އޭސީސީ

އޭސީސީގެ ތަހުގީގީ ރިޕޯޓް ނެރެފައިވަނީ ބުރާސްފަތި ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2019 | ހޯމަ 10:38
އޭސީސީ

އޭސީސީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ ތަހުގީގީ ރިޕޯޓާއި ގުޅިގެން އެކޮމިޝަނަށް ކުރަމުންދާ ތުހުމަތު ތަކަށް އެކޮމިޝަނުން ދޮގުކޮށްފިއެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މައްސަލައިގެ އެއްވެސް މަޢުލޫމާތެއް ކޮމިޝަނުން ފޮރުވައި ސިއްރުކޮށްފައިނުވާނެ ކަމަށެވެ. އެކޮމިޝަނުން ނެރެފައިވާ ރިޕޯޓަކީ ތަހުގީގުތައް ފުރިހަމަކޮށްފައިނުވާކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފަށް ދައްކަމުންދާ އަދި ގާނޫނީގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއްކަމަށް ނުވާތީ އެފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސް ކުރާކަމަށެވެ.

Advertisement - newsAdvertisement

އެބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތައް:

  • އެމްއެމްޕީއާރުސީއިން ރަށްތައް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައިގެ ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވީނަމަވެސް، އެ މައްސަލަތަކުގައި ދައުވާކޮށް ކޮރަޕްޝަންގެ ކުށް ސާބިތުވާކަމަށް ކޯޓަކުން ޙުކުމްކޮށްފައިވަނީ ހަމައެކަނި ޅ.މާބިންހުރާ މައްސަލާގައިކަން. ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ މި ކޮމިޝަނަށް ހޯދޭނީ އެމީހެއްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުވެއްޖެ ހާލަތެއްގައިކަން.
  • އެމްއެމްޕީއާރުސީއިން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ޓޫރިޒަމްގެ ބޭނުމަށް އެކިފަރާތްތަކަށް ދޫކޮށްފައިވާ ރަށްތައް ދޫކުރުމުގައި ޤާނޫނުތަކާ ޚިލާފަށް ވަކިބަޔަކަށް ފައިދާވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށާއި، އެ ރަށްތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ނުލިބޭކަމާއި އެ ރަށްތައް ދޫކުރުމުގައި ރިޝްވަތުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބުނާ މައްސަލައަކީ، އެ ކޮމިޝަނުން އިސްނަގައިގެން ތަހުގީގުކުރަން ފެށި މައްސަލައެއް
  • އޭސީސީގެ ގާނޫނުގެ25 ވަނަ މާއްދާގައި، ކޮމިޝަނުން މައްސަލައެއް ބެލުމަށްފަހު ޢަމަލުކުރަންވީގޮތް ބަޔާންކޮށްފައިވާ ކަމަށާއި ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅޭގޮތުން އާންމުކުރަންޖެހޭ މަޢުލޫމާތުގެ ތެރޭގައި ކޮމިޝަނުން ބަލާ މައްސަލައެއްގެ ތަހުގީގު ރިޕޯޓް އާންމުކުރުމަށް ކޮމިޝަނަށް ލާޒިމްކޮށްފައިނުވާ ކަމަށް
  • މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށް އެކަށައަޅާފައިވާ ޤާނޫނުތަކާއި އިޖުރާޢަތްތަކާ އެއްގޮތަށް ކަމަށް. މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ކޮމިޝަނުގެ އެއްވެސް މުވައްޒަފެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލުއުފެދޭނެ އެއްވެސް ކަމެއް ކޮށްފައިނުވާކަން ކޮމިޝަނުން ޔަގީން ކޮށްފައިވާނެކަމަށް
  • މި މައްސަލާގައި ކޮށްފައިވަނީ މިނިވަން ތަޙުޤީޤެއްކަމާއި، މި ތަހުގީގުކުރިއިރު ކޮމިޝަނުގެ އެއްވެސް މެމްބަރަކަށް ނުވަތަ މެމްބަރެއްގެ އާއިލާ ނުވަތަ/އަދި ގުޅުންހުރި ފަރާތަކަށް އެމްއެމްޕީއާރުސީ ފައިސާ ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް ތަހުގީގަށް ލިބިފައި ނުވާކަން.
  • އެމް.އެމް.ޕީ.އާރުސީގެ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރަމުންގެންދާ މައްސަލައެއްކަމަށް
  • އެމްއެމްޕީއާރުސީ މައްސަލާގައި ހިމެނޭ އެސްއޯއެފް ކުންފުންޏާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) އަށް ލިބިފައިވާ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސް.ޓީ.އާރ) ގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެސް.ޓީ.އާރ އެނަލިސިސް ރިޕޯޓުން އެނގެން އޮންނައިރު، އެ ރިޕޯޓްގެ ނިންމުމުގައި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ތަޙުޤީޤީ އިދާރާއަކަށް ފޮނުވާފައިނުވަނީ ވަކިފަރާތެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއްކަމަށް ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން ފާހަގަކުރެވޭތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ނިންމައި، އެ މައްސާލަގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް.
  • 04 މަސްދުވަހުން ޑޮލަރު އަދާކުރާގޮތަށް މޯލްޑިވްސް ޕޯޓްސް މިލިޓެޑް (އެމް.ޕީ.އެލް) އިން 5 މިލިއަން އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ އެމް.އެމް.ޕީ.އާރް.ސީގެ ނަމުގައި ނެގުމަށްފަހު، އޭރުގެ ޓޫރިޒަމް މިނިސްޓަރާއި އެ ފަރާތުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ދޫކޮށްފައިވާ ކަމަށާއި، މީގެ އިތުރުން އެމް.ޓީ.ޑީ.ސީ އިން 1 މިލިއަން އެމެރިކާ ޑޮލަރު ހަމަ އެ އުޞޫލުން ނެގުމަށްފަހު، ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެމްއެމްޕީއާރްސީ އިން އެ ފައިސާ ދީފައިވާކަމަށް ބުނާ މައްސަލަ ކޮމިޝަނުން ތަޙްޤީޤު ކުރުމަށްފަހު މިމައްސަލާގައި ދަޢުވާ ކޮށްދިނުމަށް ޕީޖީގައި އެދިފައިވުން.
  • އެމް.އެމް.ޕީ.އާރް.ސީ އިން ނަސަންދުރަ ޕެލަސް ހޮޓެލް ޤާނޫނާ ޚިލާފަށް 50 އަހަރަށް ކުއްޔަށް ދީފައިވާކަމަށް ބުނާ މައްސަލާގައި މިކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުގައި ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް، އެކަންކަން އިސްލާހުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށާއި އެމްއެމްޕީއާރުސީއަށް 19 މާރިޗު 2018 ގައި އަންގާފައިވާކަން. އޭގެއިތުރުން، އެމައްސަލާގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތަށް އަނބުރާ ހޯދުމަށްވެސް 19 މާރިޗު 2018 ގައި މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގާފައިވާކަން. މި މަޢުލޫމާތު 18 ޑިސެންބަރު 2018 ގައި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރި ޚަބަރުގައި ހިމަނާފައިވާކަން،
  • އެސްއޯއެފްކުންފުނީގެ އެކައުންޓުން ޑޮލަރ ޓްރާންސްފަރ ކޮށްފައިވާ ހުރިހާ ފަރާތްތަކަކީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ޢަމަލުގައި ބައިވެރިވެފައިވާ ފަރާތްތަކެއްކަމަށް ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައި ނުވާކަން. ރަށްތައް ވިއްކައިގެން ލިބުނު ފައިސާ ގޮސްފައިވާ ހިސާބު ބަލައި، އެފައިސާ ހޯދޭނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ގެ ދަށުން ތަހުގީގުކޮށްގެންކަން. މި ކޮމިޝަނަށް އެ ތަހުގީގުކުރިޔަށް ގެންދެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރެވިގެންކަން.
  • ޖޮއިންޓް އިންވެސްޓިގޭޝަންއެއް ކުރިއަށްގެންދިއުމަށް 2017 ވަނަ އަހަރުން ފެށިގެން މި ކޮމިޝަނުން މަސައްކަތްކުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދަންޖެހޭ ގަވާއިދު ހަދާފައިނުވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިއުމުގެ ފުރުޞަތު މިހާތަނަށް ލިބިފައި ނެތުމަކީ އެމްއެމްޕީއާރުސީ މައްސަލައިގެ ތެރޭގައި ފާހަގަކުރެވުނު މަނީ ލޯންޑްރިންގ ގެ ކުށުގެ ތަހުގީގުކުރިޔަށް ނުގެންދެވިފައިވާ ސަބަބުކަން.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު