Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނީޒް ކަލްޗަރަލް ޝޯ

ޗައިނީޒް ކަލްޗަރަލްޝޯ މިރޭ ބާއްވަނީ

18 ފެބުރުއަރީ 2019 | ހޯމަ 07:08

ޝޯގައި އައިޓަމްތައް ހުށަހަޅައިދެނީ ޗައިނާގެ ޗޮންކިން މުނިސިޕަލް އާރޓް ޓުރޫޕް އިން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 18 ފެބުރުއަރީ 2019 | ހޯމަ 07:08
ނޭޝަނަލް ސެންޓަރފޯދި އާރޓްސްގެ ކިއުރޭޓަރ އަހުމަދު ނައީމް

ނޭޝަނަލް ސެންޓަރފޯދި އާރޓްސްގެ ކިއުރޭޓަރ އަހުމަދު ނައީމް

ޗައިނީޒް ކަލްޗަރަލް ޝޯ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ސެންޓަރފޯ ދި އާރޓްސްގެ ކިއުރޭޓަރ އަހުމަދު ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދިން ޚަބަރު ފީތާ ޕްރޮގްރާމްގައި މި ފަދަ ޝޯއެއް ބޭއްވުމުގެ މަގުސަދާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމާއި އެއް ގައުމެއްގެ ސަގާފަތް އަނެއްގައުމަށް ދައްކާލުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޝޯގައި އައިޓަމްތައް ހުށައަޅައި ދިނުމަށްޓަކައި ޗައިނާގެ "ޗޮންކިން މުނިސިޕަލް އާރޓް ޓުރޫޕް" އިން 40 މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި ރާއްޖެއިން މި ޝޯގައި އައިޓަމްތައް ހުށައަޅާދޭނީ ހަބޭސް ބޮޑުބެރު ގުރޫޕުން ކަމަށް ނައީމް ވިދާޅުވިއެވެ.

" ދެ ގައުމުގެ ދޭތެރޭގެ ގުޅުން ރަނގަޅު ކުރުން ދެއްތޯ! އެގޮތުން ކަލްޗަރަލް ގޮތުން ގުޅެންޏާ ދެގައުމުގައި ހުންނަ ސަގާފީ ކަންތައްތައް އެއްގައުމުން އަނެއް ގައުމަށް ބަދަލުވެގެންދާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެނގިގެންދާނެ ޗައިނާގެ ސަގާފަތަކީ ކޮބައިކަމާއި އަދި އެމީހުންގެ ދިރިއުޅުމުގެ ކަންތައްތަކާއި ، އެމީހުންގެ މަސައްކަތްތައް ވެސް. ޚާއްސަކޮށް މުނިފޫހި ފިލުވުމުގެ ތެރެއިން އެމީހުންގެ ސަގާފަތް ފެނިގެންދާނެ. އަދި ރާއްޖެ އަށްވެސް ފުރުސަތު ލިބޭނެ ޗައިނާގައި ރާއްޖޭގެ ސަގާފަތް ވެސް ދައްކާލުމަށް" ނައީމް ވިދާޅުވިއެވެ.

ނައީމް އިތުރަށް ވިދާޅުވީ ސަގާފަތަކީ ކޮންމެ ބައެއްގެ ވެސް ދިރިއުޅުމުގެ ސިފަތައް ކަމަށާއި އެގޮތުން ދައްކާ ވާހަކައާއި ބަހުރުވަ ހުންނަ ގޮތާއި އުޅޭގޮތާއި މަސައްކަތްތެރިކަމާއި ތާރީޚާއި އަދި އެކިކަހަލަ ސިންބަލްތައް ހިމެނޭނެ ކަމަށެވެ. އަދި ސަގާފަތަކީ އައިޑެންޓިޓީ ކަމަށާއި އެހެންކަމުން އެގައުމަކަށް ނިސްބަތްވާ ބަޔަކަށް އެބައެއްގެ ސަގާފަތް އެއީ މުހިންމު އެއްޗެއް ކަމަށެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި މިނިސްޓްރީއޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭ އިން އިންތިޒާމްކޮށްގެން މި މަހުގެ 18 އަދި 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޝޯއަށް ޖާގަ އޮތް މިންވަރަކުން ހުރިހާ ފަރާތްތަކަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް 19 ވަނަ ދުވަހުގެ ޝޯ ޚާއްސަ ކުރެވިފައިވަނީ ޗައިނާގެ ރައްޔިތުންނަށް ކަމަށްވާއިރު މި ޝޯގައި ސެލްފްޑިފެންސާއި، ޑާންސާއި، ބެލެންސިން އެކްޓް ތަކުގެ އިތުރުން ޗައިނާގެ ސަގާފަތް ފެނިގެން ދާނެއެވެ.

މިދިޔަ އަހަރު މިފަދަ ޝޯއެއް ބާއްވާފައި ވާއިރު މީގެ ފުރަތަމަ ޝޯ ބާއްވާފައިވަނީ 2007 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް