Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

އެމްޑީޕީގެ ކޮންގްރެސް ނުބާއްވާތާ ހަ އަހަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2017 | ބުދަ 15:21
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ އެންމެ އަވަހަށް ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮންގްރެސް ބާއްވާނެ ދުވަހެއް ނިންމާނެ ކަމަށެވެ.

ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ހަސަން ވިދާޅުވީ އޭނާގެ ޗެއާޕާސަންކަމުގެ ދަށުގައި ޕާޓީގެ ރައީސާއި ގައުމީ މަޖިލީހުން ކަނޑައަޅާ ސިޔާސީ އެޖެންޑާ އިންތިޒާމްކޮށް، ހިންގުމުގެ މަސައްކަތް ފުރިހަމަ އަށް ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ގޮފިތަކާއި ގުނަވަންތައް ވަރުގަދަކޮށް، ހުރިހާ ރަށެއްގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. ރައީސް މުހައްމަދު ނަޝީދަށް 2018 ގެ އިންތިޚާބުގައި ވާދަކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތުގެ އިތުރުން، މިއަހަރުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އޮންނާނީ ކޮންގްރެސް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްއެއް އެންމެ ފަހުން ބާއްވާފައިވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު އެވެ. އެހެންކަމުން މިއަހަރު ބާއްވާ ކޮންގްރެސް ވެގެންވާނީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ބާއްވާ ފުރަތަމަ ކޮންގްރެސް އަށެވެ.

ހަސަން ވިދާޅުވީ މިވަގުތަކީ ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުމަށް ފަސޭހަ ވަގުތެއް ނޫން ކަމަށެވެ. އެގޮތުން ގާނޫނުތައް ބަދަލުކޮށްފައިވާ ގޮތުން ކުރިން މަގުތަކުގައި ސިޔާސީ ހަަރަކާތް ހިންގި ގޮތަށް އެފަދަ ހަރަކާތްތައް މިހާރު ހިންގަން ދަތި ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި ގަވާއިދުތަކާ ވެސް ޚިލާފަށް ރައްޔިތުންނަށް އަނިޔާކުރުން އިންތިހާ އަށް ގޮސްފައިވާ ކަމަށެވެ.

ގާނޫނުތައް ބަދަލުކުރުމުގެ އިތުރުން މި ސަރުކާރުގެ އަނިޔާވެރިކަން އިންސާނުންނަށް ކެރިކުޅަދާނަވެގެންނުވާ ދަރަޖައަކަށް ގޮސްފައިވާ ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވެފައިވަނީ އެފަދަ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

ހަސަން ވިދާޅުވީ މި ހާލަތު ބަދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ބޭނުން ކުރެވޭނެ ފަދަ ހާލަތެއް ގެނެސް، ހައްގުތަކުގެ ބޭނުން ފުރިހަމަ އަށް ހިފާނެ ކަމަށެވެ.

ހަސަން ވިދާޅުވީ އެމްޑީޕީ ހަރަކާތްތައް މަޑު ނުޖެހޭ ކަމަށެވެ. އެގޮތުން ޗެއާޕާސަން އިންތިހާބަކީ މިފަހުން ނުހިންގޭ ވަރުގެ ވަރުގަދަ ސިޔާސީ ހަރަކާތެއް ކަމަށެވެ. އެގޮތުން ޗެއާޕާސަން އިންތިހާބުގައި 25،000 މެންބަރުން ބައިވެރިވެފައިވާ ކަމަށާއި އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި 1000 އަށް ވުރެ ގިނަ މެންބަރުން ބައިވެރިވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވަނީ، ދަތި އުނދަގޫ ވަގުތެއްގައި ގިނަ އަދަދެއްގެ މެންބަރުން ނިކުމެ ވޯޓް އަޅާފައިވާތީ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާފަ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ޕާޓީގެ ހުރިހާ ގުނަވަންތަކެއްގެ މަސައްކަތްތައް ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށް ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް، މިވަގުތަށް ރާއްޖެއަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. ޝިފާޒް ވިދާޅުވީ މި ހުރިހާ ހަރަކާތްތަކާއެކު އެމްޑީޕީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

އެމްޑީޕީ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ޚަރަދުކުރީ އެންމެ 20،000 ރުފިޔާ ކަމަށާއި އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނަށް 40 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުު އަލީ ޝިޔާމް ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ސަރުކާރުން އެއްވެސް ތަނެއް ނުދީ އުނދަގޫތައް ކުރަމުންދަނިކޮށް، 25.000 އަށް ވުރެ ގިނަ މީހުން ނިކުމެ، ސިޔާސީ އެންމެ މުހިންމު ހަރަކާތް ކަމަށްވާ ވޯޓް އެޅުމުގައި ބައިވެރިވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު