Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީގެ ހިޔާނާތް

ވިލާއިން އެސްއޯއެފްގެ ޑޮލަރު ގަތީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ނޭނގި: ގާސިމް އިބްރާހިމް

17 ފެބުރުއަރީ 2019 | އާދީއްތަ 04:45

ވިލާޓްރެވަލްސްއަށް ވިއްކި ޑޮލަރުގަތުމުގެ މުއާމަލާތަކީ ސައްޙަ މުއާމަލާތެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 ފެބުރުއަރީ 2019 | އާދީއްތަ 04:45
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

ވިލާ ޓްރެވަލްސްއިން ޑޮލަރު ގަތީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ނޭނގި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ކެންޕެއިން އިފްތިތާހު ކުރުމަށް އދ. ފެންފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެކުންފުނީގެ ޑޮލަރު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާތައް ޖަމާކޮށްފައިވާ ކުންފުނިން ވިލާޓްރެވަލްސްއަށް ވިއްކި ޑޮލަރުގަތުމުގެ މުއާމަލާތަކީ ސައްޙަ މުއާމަލާތެއް ކަމަށެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ އެކުންފުންޏަށް އަބަދުވެސް ޑޮލަރު ބޭނުންވާ ކަމަށާއި އެއާލައިންތަކުގެ ޓިކެޓްތައް އެކުންފުނިން ދިވެހި ރުފިޔާއިން ވިއްކާއިރު އެއަގަށްވާ ފައިސާ ވިލާޓްރެވަލްސްއިން އެއާލައިންތަކަށް ދައްކަންޖެހެނީ ޑޮލަރުން ކަމަށެވެ. އެހެން ކަމުން އެހެން ކުންފުނިތަކުން ވެސް ޑޮލަރު ގަންނަ އުސޫލުން އެސްއޯއެފުން ވެސް ޑޮލަރު ގަތީ ކަމަށް ވިދާޅުވިއެވެ.

ވިލާ ޓްރެވަލްސްއަކީ ދުނިޔޭގެ އެތަށް ބަޔަކަށް ދިވެހި ރުފިޔާއިން ޓިކެޓް ވިއްކަމުންދާ ބައެއް ކަމަށާއި އެކަމަކީ ސަރުކާރުން މަޖުބޫރު ކުރުވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

" އެބުނާ ކުންފުންޏަކުން ޑޮލަރު ދެ ފަހަރެއްގެ މަތިން ބެންކް ޗެކުން ލާރިތައް ލިބުނީމާ އެއަށް ދިވެހި ފައިސާ ބަރާބަރަށް ދައްކާފައި އޮންނާނީ. އެލިޔެކިޔުންތައް އެބަހުރި. އެމައްސަލާގައި އެމްއެމްޕީއާރްސީގެ ފައިސާކަމަށްވިޔަސް އަދި އެހެން ފައިސާއެއް ކަމަށްވިޔަސް އަޅުގަނޑުމެންނަށް އިނގޭނެ އެއްވެސް ގޮތެއް އޮންނާނެތޯ، އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ނުވަތަ ނޫންކަން، ޑޮލަރު ވިއްކަން އައި މީހަކު ޑޮލަރު ގަންނަން އައީމަ ވިއްކާނެ،" ގާސިމް ވިދާޅުވި އެވެ.

އޭސީސީން ހާމަކޮށްފައިވާ އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ވާގޮތުން އެސްއޯއެފުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވިލާ ޓްރެވަލްސްއަށް 700،000 ޑޮލަރު ދިން ކަމަށް ވެއެވެ.

އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ގަތުން އެއީ ކުށެއް ނޫންކަމަށާއި އެއީ ކުށެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާ ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެސްއޯއެފާއި ވިލާޓްރެވަލްސްގެ މުއާމަލާތްތައް އޭސީސީގެ ރިޕޯޓުގައި ހިމަނާފައި ވީނަމަވެސް އެކަމާ ގުޅޭ ގޮތުން ވިލާ ޓްރެވަލްސް އަދި ވިލާގުރޫޕުގެ އެއްވެސް ފަރާތަކާވެސް އޭސީސީން ސުވާލުކޮށް މައުލޫމާތު ހޯދާފައި ނުވާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
27 ފެބުރުއަރީ 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް