Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް

އެސީސީގެ މެމްބަރުންގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރަކޮށްފި

15 ފެބުރުއަރީ 2019 | ހުކުރު 14:12

ގިނަ އަދަދެއްގެ އާންމުން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަނީ ނިންމައިފަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 15 ފެބުރުއަރީ 2019 | ހުކުރު 14:12
މިއަދު ބޭއްވި މުޒާހަރާ ތެރެއިން

މިއަދު ބޭއްވި މުޒާހަރާ ތެރެއިން

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ނުކުޅެދިފައިކަމަށް ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަނާއި ދެކޮޅަށް, އަދި ކޮރަަޕްޝަންގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ގޮވާލާ ހުކުރު ދުވަހު ހަވީރު ކުރި މުޒާހަރާގައި ވާހަކަދައްކަވަމުން ޝުނާނާ ވިދާޅުވީ އޭސީސީގެ މެމްބަރުންގެ އަމަލުންނާއި ބަހުން ދައްކުވައިދިނީ އެބޭފުޅުންނަކީ ވަކި ފަރާތަކަށް ބުރަވެފައި ތިބި ބައެއް ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެމްބަރުން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭކަމަށް ސުނާނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"ފާއިތުވެގެންދިޔަ 5 އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަންގައި ހިމެނޭ މެމްބަރުންނަށް ވަނީ ކޮރަޕްޝަންގެ އެތައް ތުހުމަތުތައް ކުރެވިފައި. އެބޭފުޅުންގެ އަމަލުންނާއި ބަހުން ދައްކުވައިދިނީ ވަކި ފަރާތަކަށް ބުރަވެފައި ތިބި ބައެއްކަން، މިގައުމުގައި ހިނގާ މައްސަލަތައް އެމީހުންނަކަށް ނުބެލޭ، އެމީހުންތިބީ ކޮރަޕްޝަންގެ މައްސަލަ ބަލަން ނުކުޅެދިފައި، އެފަދަ ނުކުޅެދޭ ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ބޭނުމެއް ނޫން" ޝުނާނާ ވިދާޅުވިއެވެ.

މީގެއިތުރުން މި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޝުނާނާ ވިދާޅުވީ ބުރާސްފަތި ދުވަހު އޭސީސީން ނެރުނު ރިޕޯޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އޭގެ ތެރޭގައި ގިނަ ބައެއްގެ ނަން ހިމެނިފައިނުވާކަމަށެވެ.

ޝުނާނާ ވަނީ އޭސީސީގެ މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާ ބެނުންކުރިކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެފައިވާކަން ފާހަގަކުރެވި އެވެ. އަދި އެފަދަ ތުހުމަތުތަކެއް ކުރެވޭ މެމްބަރުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ގަބޫލުނުކުރާނެކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުން އެބޭފުޅުންގެ ޒިންމާ އަދާކުރަމަށް ގޮވާލައްވަމުން ޝުނާނާ ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައި ހޮވެން ބޭނުން ނަމަ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީންނާއި މަޖިލީހުން އޭސީސީގެ މެމްބަރުން ޖަވާބުދާރީކުރުވަންޖެހޭކަމަށެވެ. އަދި ގިނަ އަދަދެއްގެ އާންމުން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުންވެސް ޝުނާނާ ވަނީ އެސީސީއަކީ ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
22 މާރިޗު 2017

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް