Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. މަގޫދޫ

ފ. އަތޮޅަށް އެއަރޕޯޓެއް އޮތުމުގެ މުހިއްމުކަން ވަރަށް ބޮޑު: މަގޫދޫ ކައުންސިލް

15 ފެބުރުއަރީ 2019 | ހުކުރު 14:05

މަގޫދޫގެ އާބާދީއަކީ 890 މީހުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ފެބުރުއަރީ 2019 | ހުކުރު 14:05
ފ. މަގޫދޫ

ފ. މަގޫދޫ

ރާއްޖެ އުފެދިފައިވާގޮތުން އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކޮށް ހެދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކޮންމެ އަތޮޅެއްގައި އެތައް ރަށެއް އޮންނައިރު ވަށައިގެން މިއޮންނަނީ މާސިންގާ ކަނޑުއެވެ.

އެހެންކަމުން ރާއްޖެ ތަރައްޤީވެގެން އަންނައިރުވެސް އެންމެ ބޭނުންވަނީ ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ނިޒާމެކެވެ. އެއްބަޔަކު ފެރީގެ ޙިދުމަތް އެކަށީގެންވާ ގޮތެއްގައި ބޭނުންވާއިރު އަނެއްބަޔަކު ބޭނުންވަނީ ކައިރި ހިސާބުތަކުން އެއަރޕޯޓުގެ ޙިދުމަތްވެސް އެއަތޮޅެއްގެ މީހުންނަށް ލިބުމެވެ.

Advertisement - newsAdvertisement

ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެފައިވަނީ އެސަރަހައްދަށްވެސް އެންމެ ބޭނުންވަނީ އެއަރޕޯޓެއް ކަމަށެވެ. ސަބަބަކީ މަގޫދޫ އަކީ ބިކޯކާ ޔުނިވާރސިޓީއެއް ހިންގާ ރަށަކަށްވެފައި އަބަދުވެސް އެރަށަށް ގިނަ އަދަދެއްގެ ކުދިން ކިޔަވަން އަންނަ ކަމަށެވެ. އެހެންކަމުން ކަނޑުގަދަ ދުވަސްވަރު މަގޫދޫއަށް ދަތުރުކުރުމަކީ ވަރަށް ބޮޑަށް އުނދަގޫ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި މަގޫދޫއަކީ އެއަތޮޅުގެ މެދުގައި އޮންނަ ރަށްކަމުން އެރަށުގައި އެއަރޕޯޓެއް އެޅުމުން އެއަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ވެގެންދާނެއެވެ.

ކުރީގެ ސަރުކާރުން ފުރަތަމަ މަގޫދޫގައި އެއަރޕޯޓެއް އެޅުމަށް ނިންމުމަށްފަހު، ކޮންމެވެސް ސަބަބަކާއި ހުރެ އެއަތޮޅު ނިލަންދޫއަށް އެއަރޕޯޓުގެ މަޝްރޫއު ބަދަލުކޮށްފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އެހެން ނަމަވެސް މިސަރުކާރު އައުމަށްފަހު އަނެއްކާވެސް މަގޫދޫގައި އެއަރޕޯޓެއް އަޅާނެ ކަމުގެ ވައުދުވެފައިވެއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ އދ.މާމިގިލި އަދި ދ.ކުޑަހުވަދޫގައި އެއަރޕޯޓެއް މިހާރުވެސް އެބައޮތް ކަމަށާއި އެހެންކަމުން މަގޫދޫގައިވެސް އެއަރޕޯޓެއް އޮތުމަކީ ޔުނިވަރސިޓީއަށް ކިޔަވަން އަންނަ ކުދިންނާއި އެސަރަހައްދުގައި ތަރައްޤީވަމުން އަންނަ ފަތުރުވެރިކަމަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.

ކުރިން ފ. އަތޮޅުގައި ވެރިކަން ކުރަމުން އައީ މަގޫދޫގައި ކަމަށާއި ރައީސް މައުމޫނުގެ ވެރިކަމުގައި އެއަތޮޅުގެ ވެރިކަން ނިލަންދޫއަށް ވަނީ ބަދަލުކޮށްފައެވެ. އާބާދީގައި ޖުމްލަ 890 މީހުން ދިރިއުޅޭ މަގޫދޫގެ ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމު އެއްކޮށް ހަލާކުވެގެންގޮސްފައިވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މިހެންވުމުގެ ސަބަބުން ގިނަ ބަޔަކު މާލެއަށް ހިޖުރަކުރަން ޖެހުނުކަން ފާހަގަކުރަމުން ވަހީދު ވިދާޅުވީ އެކަމުގެ ސަބަބުން މަގޫދޫއަށް އަންނަން ޖެހޭ ތަރައްޤީ ވަރަށް ބޮޑުތަނުން ހުއްޓިގެން ދިޔަ ކަމަށެވެ.

އާބާދީ މަދުވުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި މިކަންކަން ރަނގަޅުވެގެންދާނީ ރަށަށް ތަރައްޤީ އައިސްގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

މަގޫދޫ ކައުންސިލްއަކީ ރަށުގެ ތަރައްޤީ ގެނައުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދާ ނަމޫނާ ކައުންސިލްއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް