Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް

އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

ޚިޔާނާތުގެ ފައިސާ ފަހައި އޭސީސީއަށް ދުވެވިފައެއް ނުވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2019 | ހުކުރު 14:23
ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކޮށްފައިވަނީ ފުރިހަމަ ނޫން ތަހުގީގެއް

ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކޮށްފައިވަނީ ފުރިހަމަ ނޫން ތަހުގީގެއް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މަންފާ ލިބުނު ފަރާތްތައް އާންމުކުރުމަށް ރައްޔިތުން ބާރުއަޅަން ފެށުމާއެކު އޭސީސީއިން މިވަނީ ތަހުގީގު ރިޕޯޓް އާންމުކޮށްފައެވެ. ދެއަހަރެއްހާ ދުވަހުގެ ތަހުގީގުގެ ރިޕޯޓް އާންމުކޮށް، ބޮޑު ޚިޔާނާތާއި ގުޅިގެން އޭސީސީއަށް އަމާޒުކުރެވެމުންދިޔަ ފާޑުކިޔުމުން ބޯދަމައިގަންނަން ދިމާކޮށްލިއިރު، މި ތަހުގީގުގެ ފެންވަރާއި މެދު ފިކުރުކޮށްލަންޖެހެއެވެ.

އެތައް ހާސް ޑޮކިއުމެންޓެއް ދިރާސާކޮށް، އެތައް ހާސް ބަޔަކާއި ސުވާލުކުރި ކަމަށް އޭސީސީއިން ބުނާއިރު، އެސްއޯއެފްގެ ޗެކްތަކުން ފައިސާ ލިބުނު އެންމެންނާއި އޭސީސީއިން ސުވާލުކޮށްފައެއް ނުވެއެވެ. އެ ފަރާތްތަކާއި ސުވާލުކުރުމެއް ނެތި އޭސީސީއިން ރިޕޯޓް އާންމުކުރިއިރު، އެ ފަރާތްތަކުގެ ނަންތަކާއި ޖަމާކުރި އަދަދު ރިޕޯޓުގައި އެވަނީއެވެ. މިފައިސާ ލިބުނު އެންމެންނަކީ ވަގުންގެ ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، މިވަރުގެ ބޮޑުކަމެއް ކޮށްލިއިރު، އެއީ ކިހިނެއް ހިނގައިދިޔަ މުއާމަލާތްތަކެއް ކަމެއް އޭސީސީއިން ބަލާފައިނުވާކަން ހާމަވެއެވެ.

ރިޕޯޓް އާންމުކުރުމަށް އޭސީސީއަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ނަމަވެސް، މިފަދަ ރިޕޯޓެއްގައި ބައެއްގެ ނަންތަކަކާއި ބޭންކިންގ މުއާމަލާތްތަކެއްގެ މައުލޫމާތު އާންމުކުރިއިރު، ރިޕޯޓާއެކު އެފަރާތްތަކާމެދު މުޖުތަމައުއިން ދެކޭދެކުމަށް އައިސްދާނެ ބަދަލަކާއި ކުރިމަތިވެދާނެ ނިކަމެތިކަމަކާމެދު އެއްވެސް ގޮތަކަށް ވިސްނާފައެއް ނެތެވެ.

އެސްއޯއެފްއާއެކު ބައެއް ފަރާތްތަކުން ސައްޙަ ކަރަންސީ އެކްސްޗޭންޖުގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ޚުދު އޭސީސީއިން ވެސް ގަބޫލުކުރެއެވެ. އެމްއެމްއޭގެ ހުއްދަ ނެތް ނަމަވެސް، ދިވެހި ރުފިޔާ ދީގެން ޑޮލަރު ގަތް ފަރާތްތަކެއް އޭގެ ތެރޭގައި ހިމެނޭކަން ޝައްކެއްނެތް މިންވަރަށް އޭސީސީއަށްވެސް ކަށަވަރުކުރެވިފައިވާކަން އޭސީސީގެ މެންބަރުންގެ ވާހަކަތަކުން ހާމަވެއެވެ. މޮހޯއާއި އޮއިއްޓެއާ ސުވާލުކުރެވިފައި ނުވުމަކީ އެހެން މީހެއްގެ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލެއް ކުރުމަށް ދެއްކެން އޮތް ހުއްޖަތެއް ކަމަށް ގަބޫލުކުރަންވީތޯއެވެ؟

ފައިސާ ލިބުނު މީހުންނަކީ ކޮބައިކަން އޭސީސީއިން ދެއަހަރަށް ވުރެ ގިނަ ދުވަހަށް ހިންގި ތަހުގީގުން ހާމަވެއްޖެކަން ބުނުން ވާނީ ރަނގަޅު ފެންވަރުގެ ތަހުގީގުތައް ހިންގާ ފަރާތްތަކަށް ބުނެވޭ ކުޑައިމީސް ބަހަކަށް ނޫންބާވައެވެ. މިހެން ބުނަންޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓެއް ނަގާލުމުން އެ ފައިސާ ލިބުނީ ކޮން ފަރާތްތަކަކަށްކަން އެނގެއެވެ. އަހަރުތަކަކަށް ދިގުދެމިގެންދިޔަ ތަހުގީގެއް ކުރިއިރު، ދެން އެފައިސާއަށް ވީގޮތް ބެލިފައެއް ނުވެއެވެ. ޚިޔާނާތުގެ ފައިސާ ފަހައި އޭސީސީއަށް ދުވެވިފައެއް ނުވެއެވެ.

މިސާލަކަށް ބަލާނަމަ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހުންނަވަނިކޮށް އެސްއޯއެފްގެ ޗެކަކުން ޖަމާކުރި 33،000 އެމެރިކާ ޑޮލަރަށް ދެންވީ ކިހިނެއް ހެއްޔެވެ؟ މަހުލޫފް އެ ވިދާޅުވަނީ ދިވެހި ރުފިޔާ ދެއްވައިގެން ޑޮލަރު ބައްލަވައިގަތީ ކަމަށެވެ. ރިސީޓްވެސް އެ ވަނީ އާންމުކުރައްވާފައެވެ. މަހުލޫފްގެ އާއިލާއިން ހިންގި 'ދަ ޖީންސް' ފިހާރައިގެ މުއާމަލާތްތައް ބަލައިގެން، އެ ފައިސާއަށް މުދާ ގެނެސް ކަސްޓަމަށް ޑިއުޓީ ދައްކައި ވިޔަފާރި ކުރިތޯ ބަލާނުލެވޭނެ ހެއްޔެވެ؟ 33،000 ޑޮލަރު ބައްލަވައިގަތުމަށް މަހުލޫފް އެސްއޯއެފްއަށް ދެއްވި ފަސްލައްކަ ނުވަހާހެއްހާ ރުފިޔާ ކޮބައިތޯއެވެ؟ މި ހާލަތުގައި އެ ފަސްލައްކަ ރުފިޔާ އެއީ ދައުލަތުގެ ފައިސާއެވެ. އެ ކޮބައިތޯއެވެ؟ އެ ލިބުނީ ކާކަށްތޯއެވެ؟ އެއަށް އެސްއޯއެފްއިން ގަތީ ކޯއްޗެއްތޯއެވެ؟ މިހުރީ ސުވާލުތަކެވެ. މިއަށް ޖަވާބެއް ނުލިބެއެވެ. ރިޕޯޓުން ފެންނަނީ ސްޓޭޓްމަންޓެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް ލައްކައެއްހާ ޑޮލަރު ލިބިވަޑައިގަތް ކަމަށް ރިޕޯޓުގައިވާއިރު، އެ ފައިސާއިން މޫސާ މަނިކު ބައްލަވައިގަތީ ކޮން އެއްޗެއްތޯއެވެ؟ ފައިސާ ފަހައި ދުވެ، ޚިޔާނާތްވި ފައިސާ ހޯދުމުގެ މަގުސަދުގައި ތަހުގީގު ކުރިނަމަ މޫސާ މަނިކު ބައްލަވައިގަތް އެއްޗެއް ހޯދަން އަމާޒު ހިފާފައި ހުރީހެވެ. ސަބަބަކީ، އެއީ ހަރު މުދަލެއް ކަމަށްވާނަމަ ދައުލަތަށް އެ މުދަލެއް ނެގޭނެތީއެވެ. ނުވަތަ، އަނބުރާ އެ ފައިސާ ހޯދުމަށް ޝަރީއަތުގައި ދެއްކޭނެ ވާހަކައެއްވެސް އޮންނާނީ އެއިރުންތާއެވެ. މޫސާ މަނިކަށް ލައްކައެއްހާ ޑޮލަރު ލިބިވަޑައިގަތް ކަމަށް ހަމައެކަނި ލިޔެލުމަކުން އެ ނިމުނީއެއް ނޫނެވެ. މޫސާ މަނިކުގެ އެކައުންޓުން އެ ފައިސާ އެހެން މީހަކަށް ޖަމާކޮށްދިންތޯ ބެލެންޖެހޭނެއެވެ. ފައިސާއަށް ވީގޮތް އެނގުން ލާޒިމެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެސްއޯއެފުން ތިރީސްހާސް ޑޮލަރު ދިންކަމަށް އެކަނި ބުނުމަކުން ނުފުދެއެވެ. އެ ޓްރާންޒެކްޝަނަށްފަހު، އެސްއޯއެފަށް ވަތް ދިވެހި ރުފިޔާއިން އެސްއޯއެފުން ކުރި ކަމެއް ބަލަން ޖެހެއެވެ. އެ ފައިސާ އެސްއޯއެފުން ބޭރުކުރި ނަމަ އެ ލިބުނީ ކާކަށްތޯ، އޭގެން ކުރީ ކީއްތޯ ޔަޤީން ކުރަން ޖެހެއެވެ. ދައުލަތުގެ ފައިސާ އަކީ އަދި ކޮންމެ ބާވަތެއްގެ ފައިސާއިން ނަމަވެސް އެސްއޯއެފް އަތުގައި ހުރި ފައިސާއެވެ. އެ ފައިސާގެ ނަގުލުގައި އޭސީސީއަށް ނުހިފޭނަމަ ތަހުގީގު ކުރުމުގެ މާނައެއް ނެތެވެ.

އެމްއެމްޕީއާރުސީގެ ފައިސާއިން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް 10 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް ދޭހަވާ ތުހުމަތުތަކެއް އޭސީސީގެ ރިޕޯޓްގައި ވަނީ ކޮށްފައެވެ. ރިޕޯޓްގައި މި ތުހުމަތު ބިނާވެފައިވަނީ ތަހުގީގަށް މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު ދިން ބަޔާނެއްގައި އޭނާއަށް ކުރެވުނު ހީތަކެއް ކަމަށް އޭނާ ބުނާ ވާހަކައަކަށެވެ. ދިހަ މިލިއަން ރުފިޔާ ހޯދައިދީ މީހަކާއި ހަވާލުކުރުމަށް އަދީބް އެދުނު ކަމަށް ރާފިއު ބުނާއިރު، އެ ފައިސާއަކީ ކީއްކުރަން ނެގި ފައިސާއެއް ކަން ނޭނގޭ ކަމަށް ތަހުގީގުގައި އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެ ބުނާ ފައިސާއެއް މީހަކާއި ހަވާލުކުރިއިރު ޖެހިގެން އައި ދުވަހަކީ ރައްޔިތުންގެ މަޖިލީހުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާންގެ ނޯ ކޮންފިޑެންސް ވޯޓު ނަގަން އޮތް ދުވަސްކަން ފަހުން އެނގުނުކަމަށް އޭނާ ބުނެފައިވެއެވެ. އެ ވޯޓަށް އަދީބު ފައިސާ ބެހި ކަމަށް އޭސީސީގެ ރިޕޯޓްގައި ދޭހަކުރާ ތުހުމަތުގެ ބިންގާ އަކީ މިއީ ކަމަށް ވާނަމަ އޭގެން ދޭހަވަނީ އޭސީސީން ދިވެހި ރައްޔިތުންނަކީ ގުނބޯލައިން ކަމަށް ދެކޭކަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ ވޯޓު ނެގީ 14 ޑިސެމްބަރު 2014 ގައެވެ. އެ ދުވަހަކީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިންތިހާބު ކާމިޔާބު ކުރައްވައި، ރީއިލެކްޓްވެސް ވެވަޑައިގަތް ދުވަހެވެ. އެހެން ކަމުން އޭސީސީގެ ރިޕޯޓް މިހާރު އޮތް ގޮތުން ޖަޕާނުގެ އެ އިންތިޚާބަށް އަދީބް ޚަރަދު ކުރެއްވި ކަމަށްވެސް ބެލިދާނެއެވެ.

އޭސީސީގެ ތަހުގީގަކީ އިހުލާސްތެރި ތަހުގީގެއް ނަމަ އެ ބުނާ 10 މިލިއަން ރުފިޔާއަށް ވީގޮތެއް ހޯދަން ވާނެއެވެ. ތަހުގީގަށް އޮއިއްޓެ ހާޒިރު ނުކުރެވުނަސް، އަދީބް ގާތު އެ ފައިސާއަށް ވީގޮތެއް އެހުނީސްތާއެވެ. އެ ފައިސާ ލިބުނު ބަޔަކު ހޯދުނީސްތާއެވެ. އެކަމަކު އޭސީސީގެ ރިޕޯޓުން އެ ފައިސާގެ ނަގުލުގައި ހިފަން އުޅުނުކަންވެސް އެނގޭކަށް ނެތެވެ. ހާވާފައި އޮތީ ހަތް ސަތޭކަ އެތައް ޞަފްހާއެއްގެ ހަޑިއެކެވެ.

އެމްއެމްޕީއާރްސީގެ ޑޮލަރުތައް ވިއްކައިގެން އެސްއޯއެފްއަށް ވަތް ދިވެހި ރުފިޔާއަކީ މި ޚިޔާނާތުގެ އަސްލު ފައިސާއެވެ. ޑޮލަރުން، ދިވެހި ރުފިޔާއަށް، ބަދަލުވީ ފައިސާގެ ބާވަތެވެ. މި ފައިސާ އަދިވެސް އެސްއޯއެފްގައި ބައްކޮށްފައި އެބަ ހުއްޓޭވެސް އޭސީސީގެ ރިޕޯޓުން ހީވާ ކަހަލައެވެ.

އޭސީސީއިން ނެރުނު ތަހުގީގީ ރިޕޯޓުން ލިބުނު ޖަވާބުތަކަށް ވުރެ،އަލުން ބަލުން އުފެދުނު ސުވާލު ގިނައެވެ. މިއީ ނިމުމެއް ނެތް އިބިލީހުގެ ކައިވެންޏަކީތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު،  ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

01 އޮކްޓޯބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު