Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ.އަފްރާޝީމް ރިޕޯޓް

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

ހަމަ އެކަނި ކުށް ސާބިތުވާ ކަމަށް ހުކުމް ކުރީ ހުމާމް މައްޗަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2017 | އާދީއްތަ 12:32
ކަރެކްޝަނުގެ ބެލުމުގެ ދަށުން ހުމާމް ކޯޓަށް ހާޒިރުކުރަނީ

ކަރެކްޝަނުގެ ބެލުމުގެ ދަށުން ހުމާމް ކޯޓަށް ހާޒިރުކުރަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ ފަސް އަހަރު ފުރުނީ އެވެ. ޑރ. އަފްރާޝީމް އަވަހާރާކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ އޭނާ ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލް ގޭގެ ސިޑިކައިރީގަ އެވެ. ސުވާލަކީ އެ މަރުގެ ހަގީގަތް ފުލުހުންނަށް ހާމަ ކުރެއްވިއްޖެތޯ އެވެ. ފުލުހުންގެ ތަހްގީގުން ޝަރީއަތައް ހާމަ ކޮށްދެވުނު އެއްޗަކީ ކޮބައިތޯ އެވެ.

އަފްޝީމްގެ މަރު މައްސަލައަށް ފަހު ފުލުހުންގެ އެންމެ މަތީ އޮފިސަރަކަށް ތިން ބޭފުޅުން ވަޑައިގެންފި އެވެ. ހޯމް މިނިސްޓަރު ކަމަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް އެތައް ބޭފުޅަކު ވަޑައިގެންފި އެވެ. މިހާތަނަށް އެ މައްސަލާގައި މަރުގެ ހުކުމެއް އިއްވާފައިވަނީ ހ.ލޮބީ، ހުސެއިން ހުމާމްގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީކީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ސާބިތުވާނެ ޝަފައީ ހެކި ހޯދައިގެން އެކަން ސާބިތުކޮށްދެވިގެންނެއް ނޫނެވެ. އެ ހުކުމް އިއްވާފައި އެވަނީ އަމިއްލައަށް އިއުތިރާފުވެފައިވާތީ ކުށް ސާބިތުވާތީ ކަމަށްބުނެ އެވެ. އެކި ފަހަރު އެކި ގޮތައް ކިޔާދިން ވާހަކަތަކާއި ތަހްގީގަށް ދީފައިވާ ބަޔާނަކީ ތެދުތޯ އެހުމުން ޝަރީއަތުގެ މަޖިލީހުގައި އާ އެކޭ ބުނުމުންނެވެ. ޝަރީއަތުގެ މަޖިލީހުގައި އެކަން ވީ ގޮތް ކިޔާދީގެނެއްވެސް ނޫނެވެ. ފުލުހުންގެ ތަހްގީގުގައި ހޯދުނު އެއްޗިއްސާމެދު ބައިވަރު ސުވާލު އެބަހުއްޓެވެ. ފުލުހުންގެ ތަހްގީގަކުން ހުމާމްގެ މައްޗަށް އެ ކުށް ސާބިތުކުރެވޭވަރުގެ ހެކި ހޯދިއްޖެ ނަމަ އޭގެ އަޑި ސާފުކޮށް އެނގޭނެ އެވެ. އެކަމެއްނުވެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ބައެއް މީހުންގެ މައްޗަށް ދައުވާވެސް ކުރި އެވެ. އޭގެ ތެރެއިން ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. ޝާންގެ މައްޗަށް އެ ކުށް ސާބިތުކުރަން ދައުލަތުން ހުށަހެޅީ އެ މައްސަލައިގައި ދައުވާ އުފުލުނު ކުޑަކުއްޖަކާ ހުމާމް ހެކިބަހެ އެވެ. އެއީ އަފްރާޝީމްގެ މަރުގެ މައްސަލަ މީހެއްގެ މައްޗަށް ސާބިތުކުރަން ފުލުހުންނަށް ވީވަރު ހެއްޔެވެ؟ އަފްޝީމަށް ހަމަލާދިނުމުގައި ބައިވެރިއެއް ގޮތުން އަފްރާޝީމް ދިރިއުޅުއްވި ގެ ކަރިއަށް ޝާން ދިޔަ ކަމަށް ފުލުހުން ބުނާ ވަގުތު އޭނާ އިނީ ޖަލަޕީނޯ ރެސްޓޯރަންޓުގައި ކަމަށާއި އަދި އެތަނުން އޭނާ ނުގެއްލޭ ކަމަށް ބުނެ ފަސް މީހަކު ހެކިބަސްދިނެވެ. އެކަން ނަފީ ކުރެވޭނެ އެއްވެސް އެއްޗެއް ފުލުހުންނަށް ނުދެއްކުނީތި ނަތީޖާއަކަށްވީ 2014 ވަނަ އަހަރު ޝާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމުމެވެ.

މި މައްސަލައިގައި ތުހްމަތުކުރި ހ. ހިލްޓަން، އަޒުލީފް ރައޫފު ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަަމށް ބުނާއިރު، އޭނާއަށް ރާއްޖޭން ބޭރަށް ދެވުނު ގޮތަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ފަންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު އާއި އޭނާގެ ބޭބެ ޝަހީން މުހައްމަދު ކަމަށް އެކަމުގެ މަޝްވަރާކުރި މީހުން ހުމާމު ގާތު ބުނި ކަމަށް ހޯމް މިނިސްޓަރ ކަމުގައި ހުންނަވައިގެން އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް (ސްޕައި) ވާހަކަ ދައްކާފައިވާ ކަމަށް ހުމާމް ބުނެފައިވެ އެވެ. ޖާ އާއި ހުމާމްއާ ފޯނުން ގުޅާ ވާހަކަ ދައްކާފައިވާ ކަމަށްވެސް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އުމަރު ވިދާޅުވި އެވެ. ނަމަވެސް މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ޕީޖީން ނިންމާފައިވަނީ އެ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. މިއަދަށް ފަސް އަހަރު ވެގެން ދިޔައިރު ވެސް މި ޖަރީމާގެ ހަގީގަތް މިވަނީ ނޭނގިފަ އެވެ. މިހާރު މިއޮތް ސަރުކާރުން މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރިތޯ ސުވާލު އުފެދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

15 އެޕްރީލު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު