Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް

ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ

14 ފެބުރުއަރީ 2019 | ބުރާސްފަތި 20:26

މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާކަން ވަނީ ހާމަވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 14 ފެބުރުއަރީ 2019 | ބުރާސްފަތި 20:26
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލާ އޭސީސީން ތަހުގީގުކުރި އިރުގައި ޑޮލަރު ގަތް ފަރާތްތަކާއި ސުވާލުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

ތަހުގީގަށްފަހު އޭސީސީން އާންމުކުރި ރިޕޯޓުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާއެކު ކުރެއްވި ފައިސާގެ މުއާމަލާތާއި ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާ ވަނީ ހާމަވެފައެވެ. މަހުލޫފުގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވަނީ 30000 ޑޮލަރު ވަދެފައެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމަށް ރުހުންދިން މަރުހަލާގައިވެސް އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް އެސީސީން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. މަހުލޫފަށް ވަޒީރުކަމުގެ ރުހުންދިނީ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިމައްސަލާގެ ތަހުގީގުގައި އޭސީސީން ސުވާލު ނުކުރީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޑޮލަރު ގަތް ފަރާތްތަކާއި ބެހޭ ގޮތުން އޭސީސީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މިތަހުގީގުގައި ސުވާލު ނުކުރި ސަބަބު ރިޕޯޓު ގައި ހިމަނާފައިވާ ކަމަށެވެ.

މިރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ޕްރައިވެޓް ކުންފުންޏެއްގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާ 155 ފަރާތެއްގެ އެކައުންޓްތަކަށް އެކުންފުނިން ޓްރާންސްފަރ ކޮށްފައިވާއިރު އެފަރާތްތަކަކީ އެކުންފުނިން ކޮންގޮތަކުން ފައިސާދޭންޖެހޭ ފަރާތްތަކެއްތޯ އާއި އަދި އެފަރާތްތަކުގެ އެކައުންޓްތަކަށް އެފައިސާ ޖަމާކޮށްފައިވަނީ ކީއްވެގެންތޯ މިއީ ބަލަންޖެހޭ ކަންކަން ކަމަށާއި، އަދި އެއީ އެފަރާތްތަކުގެ ގާނޫނީ ހައްގުތަކެއްގެވެސް އެކަންކަމުގައި އެކުލެވިގެންވާ ކަންކަން ކަމުގައިވާތީ މިކަން ކޮމިޝަނުން އިތުރަށް ތަހުގީގުކޮށް ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން ހިޔާނަތްތެރިވެފައިވާ ގިނަ އަދަދެއްގެ ފައިސާ ކޭޝްގެ ގޮތުގައި ބޭންކުން ނަގާފައިވާތީ، މިފައިސާ އަސްލު ގޮސްފައިވާ ފަރާތްތައް ދެނެގަތުމަށްޓަކައި ކޮމިޝަނުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ތަހުގީގުގައި ހޯދިފައިވާ ހުރިހާ މައުލޫމާތުތައް ހިމަނައިގެން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

އަދި މިފައިސާގެ މުއާމަލާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތައް ތަހުގީގަށް ހާޒިރުކުރުމަށް ކުރެވުނު، މަސައްކަތުން އެފަރާތްތައް ހާޒިރުކުރެވިފައި ނުވާތީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް މިހާތަނަށް އެފަރާތްތައް ރާއްޖެއަށް ގެނެވިފައިނުވާތީއާ މިމައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނީ އެފަރާތްތައް ތަހުގީގަށް ހާޒިރުކުރެވިގެން ކަމަށްވާތީ ޕޮލިސް ސަރވިސްއާ ގުޅިގެން މިމައްސަލާގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށާއި، މިމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމާފައިވާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް