Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިދާން - ސާރީ

ސާރީ ވަކިކޮށް، ޗެލްސީގެ ކޯޗަކަށް ޒިދާން ގެންނަނީ!

13 ފެބުރުއަރީ 2019 | ބުދަ 06:14

ޒިދާން ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ | 13 ފެބުރުއަރީ 2019 | ބުދަ 06:14
ސާރީ (ކ) އަދި ޒިދާން (ވ)

ސާރީ (ކ) އަދި ޒިދާން (ވ)

ޗެލްސީގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް، އެ މަގާމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ސަންއިން ބުނީ ޗެލްސީން ޒިދާންއަށް ފާރަލަމުން އަންނަ ކަމަށާއި، އެ ކްލަބުން ބޭނުން ވަނީ ސާރީ ވަކިކޮށް ކޯޗުކަމުގެ މަގާމަށް ޒިދާން ގެންނަން ކަމަށެވެ.

ޗެލްސީގެ ކޯޗުކަމުން ސާރީ ވަކިކޮށްފާނެ ކަމަށް އަޑުތައް ފެތުރެން ފަށާފައި ވަނީ ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާ ވާދަކޮށް 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެ، ޗެލްސީ ގަދަ ހަތަރަކުން ކައްސާލައި، ހަވަނައަށް ވެއްޓުމާއެކުގައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީން 26 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ 15 މެޗުންނެވެ. ބާކީ ހަ މެޗުން އެޓީމު ބަލިވެފައިވާއިރު، އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޗެލްސީގެ ކޯޗުކަމާ މިދިޔަ އަހަރުގެ ޖުލައި މަހު ސާރީ ހަވާލުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ މިހާތަނަށް 40 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 26 މެޗުން އެޓީމު މޮޅުވެފައިވާއިރު، 8 މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޗެލްސީގެ ކޯޗަކަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ޒިދާން ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުންވެސް ކާމިޔާބީތައް ހާސިލް ކޮށްފައެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ޒިދާން ވަނީ އެ ކްލަބަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމަށް ޖުމްލަ ނުވަ ތަށްޓެއް ކާމިޔާބު ކޮށްދީފައެވެ. އަދި ޒިދާން ވަނީ 2017 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުކަމުގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް