Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން

ކޮރަޕްޝަނަށް ފާޅުގައި ނޫނެކޭ ބުނަން ކެރޭ ނަމަ ނާޖައިޒް ގޮތުގައި ކަންތައް ކުރާކަށް ރައްޔިތުން ނޫޅޭނެ: ރައީސް

12 ފެބުރުއަރީ 2019 | އަންގާރަ 06:53

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ބިލްތައް މަޖިލީހުގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 ފެބުރުއަރީ 2019 | އަންގާރަ 06:53
ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ދައުލަތުގެ މުވައްސަސާތަކުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުންނަށް ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ނަމަ ނާޖައިޒް ގޮތުގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރާކަށް ހަމަ އެންމެ ރައްޔިތަކަށް ވެސް ނުކެރޭނެ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ދައުލަތުގެ މުވައްސަސާތަކުގެ ހިންގުން ހުންނަންވާނީ ދެ ފުށް ފެންނަ ގޮތަކަށް ކަމަށާއި އެތަން ތަނުން ހިދުމަތް ދޭންވާނީ ދުރާލާ އާންމު ކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވަނީ ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނަށް ހާއްސަކޮށްގެން ގޫޑް ގަވަރނަސްގެ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ކެމްޕެއިނަކީ ދައުލަތުގެ އެއްވެސް މުވައްސަސާއެއްގައި އެއްވެސް ފަންތިއެއްގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިއަސް ތަހައްމަލު ނުކުރާނެކަން ހާމަކޮށްދޭ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ވަނީ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުންގެ މާލީ ބަޔާންތައް ހާމަކޮށް ނަޒާހަތްތެރިކަމުގެ ބައެއް ކަންކަން ތަންފީޒުކުރަން ފަށާފައި ކަމަށްވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި ފަށާ މަސައްކަތަކީ ހެޔޮވެރިކަމަކަށް މި ރާއްޖެ އަނބުރާ ގެނައުމަށް މީގެ އަހަރުތަކެއް ކުރިން ދައްކަމުންދިޔަ ވާހަކަތަކުގެ އަމަލީ ބައި. އެއީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައާއި ހިޔާނާތުން ދައުލަތުގެ މުވައްސަސާތައް ސަލާމަތްކުރުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ދައުލަތުގެ މާލިއްޔަތުން ގެއްލިފައިވާ ފައިސާ އާއި މަނީ ލޯންޑިންގެ މައްސަލަތައް ބަލައި، އެ ފައިސާ ހޯދުންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެކަމަށްޓަކައި އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދެ ބިލެއް މަޖިލީހަށް މިހާރުވެސް ހުށައެޅި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދާ ލިބިގަތުމުގެ ކުށް ގާނޫނުލް އުގޫބާތަށް އިތުރުކުރުމުގެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިކަމަށް ރައީސް ވިދާޅުވި އެވެ. އެބިލް އެކުލަވާލާފައިވާނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ކުށްކުރާ ހާލަތުގައި ލިބޭ އަދަބު ބޮޑުވާ ގޮތައްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ކޮރަޕްޝަނުގެ މައްސަލަތައް ހާމަކުރާ މީހުނަށް ގާނޫނީ ހިމާޔަތްދިނުމަކީ ވެސް ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެހެން ކަމުން ކޮރަޕްޝަނުގެ މައްސަތައް ހާމަކުރުމަށް ބާރުއަޅައި އެފަދަ މީހުން ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ބިލް ވެސް މިހާރު އޮންނާނީ ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ހުށައެޅުމަށް ގާއިމުކުރި ވެބް ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އާންމުން ވެސް ކޮރަޕްޝަނުގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެ މައްސަލައެއް ހުށައެޅުއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"އެ ބޭފުޅެއްގެ އޮފީހުގައި ނާޖައިޒް ގޮތުގައި ކަމެއް ކުރާ ކަމަށް ޝައްކެތްވިއަސް އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައުމަށް އެދެން. އާންމު ރައްޔިތުންގެ ވެސް މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަނުގެ މައްސަލަތައް ހުށައެޅުމަށް އަޅުގަނޑު އިލްތިމާސްކުރަން. ރާއްޖެއިން ކޮރަޕްޝަނުގެ ވަބާ ފޮހެލައި ގައުމު އިސްލާހްކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރެވޭނީ ތިޔަ ބޭފުޅުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން. ކޮންމެ ބޭފުޅެއް ވެސް ގަބޫލުކުރަންވީ ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފެށޭނީ އެ ބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން،" ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު
06 އެޕްރީލު 2017

ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް

06 އެޕްރީލު 2017
ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް
02 އެޕްރީލު 2017

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

02 އެޕްރީލު 2017
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ
13 މާރިޗު 2017

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
12 މާރިޗު 2017

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ

10 ޖެނުއަރީ 2017
ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް