Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓިކޮރަޕްޝަން އަދި ގުޑް ގަވަރނަންސް

އެންޓި ކޮރަޕްޝަނާއި ގުޑް ގަވަރންސްއާ ބެހޭ ޕްރޮގްރާމެއް ފަށައިފި

10 ފެބުރުއަރީ 2019 | އާދީއްތަ 09:35

ޢަލީ ޒާހިރު ވިދާޅުވީ މުއައްސަސާތަކަކީ ކޮރަޕްޝަން ނެތް އިތުބާރު ހުރި ތަންތަނަށް ހަދަން ޖެހޭ ކަމަށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 10 ފެބުރުއަރީ 2019 | އާދީއްތަ 09:35
އެންޓިކޮރަޕްޝަން އަދި ގުޑް ގަވަރނަންސް ޕްރޮގްރާމްގެ ތެރެއިން

އެންޓިކޮރަޕްޝަން އަދި ގުޑް ގަވަރނަންސް ޕްރޮގްރާމްގެ ތެރެއިން

އިންތިޚާބީ މަޤާމުތަކާއި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ރައީސް އޮފީހުން "އެންޓި ކޮރަޕްޝަން އެންޑް ގުޑް ގަވަރނެންސް ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

ނެޝަނަލް އަރޓް ގެލަރީގައި އޮތް މި ޕްރޮގްރާމް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި އިތުބާރު ހުރި މުޢައްސަސާތަކަށް އެތަންތަން ހެދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަމާޒެއް ކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރުން ކޮރަޕްޝަނަށް ދީފައި ވަނީ ޒީރޯ ޓޮލެރެންސްކަން ފާހަގަ ކުރައްވާ އަލީ ޒާހިރު ވިދާޅުވީ ސަރުކަރުގެ ހުރިހާ މުއްސަސާތަކަކުންނާއި އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ދެނެގަނެ އެކަންކަން ނައްތާލުމަށްޓަކައި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށްޓަކައި މުއައްސަސާތަކުން އެމުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރިހާ ފަރާތްތަކަކުން އެއްބާރުލުންދީ ބައިވެރި ވުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެންޓި-ކޮރަޕްޝަން އެންޑް ގުޑް ގަވަރނެންސް ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދައުލަތުގެ އިސް މަޤާމްތައް ފުރުއްވާ ބޭފުޅުންނަށް ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތާއި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭނެ ކަންތައްތަކާއި ހިންގުމުގެ ނިޒާމާއި ބެހޭ ގޮތުން މަޢުލޫމާތުދިނުމަށް ކުރިއަށްގެންދާ ދެ ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޓަރނޭޝަނަލް ރިޕަބްލިކް ކޮމިޝަންގެ ބޭފުޅުން މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައި ވެއެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ވަސީމާ އަބްދުﷲ ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ އެންޓި-ކޮރަޕްޝަނާއި ގުޑް ގަވަރނެންސް ޕްރޮގްރާމް ކުރިއަށް އޮތްތާނގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކި މަޤާމުތައް ފުރުއްވާ ބޭފުޅުންނަށް އަދި މި ޕްރޮގްރާމުގެ ދަށުން މިދާއިރާއާ ގުޅޭ މުހިއްމު މަޢުލޫމާތުދައް ފޯރުކޮށްދިނުމަކީ ރައީސް އޮފީހުގެ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ސަރުކާރުގެ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

06 މާރިޗު 2017
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް