Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ ފީއަލީގައި ޑެންގީ ފެތުރުން

ފީއަލީގައި ޑެންގީ އިތުރުވަމުން ދާތީ ވަގުތީގޮތުން ސްކޫލްގެ ކިޔެވުން ބަންދުކޮށްފި

10 ފެބުރުއަރީ 2019 | އާދީއްތަ 06:48

ހޮނިހިރު ދުވަހު އުމުރުން 3 އަހަރާއި 4 އަހަރުގެ ކުއްޖަކު ޑެންގީއަށް ޕޮޒިޓިވް ވެފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 10 ފެބުރުއަރީ 2019 | އާދީއްތަ 06:48
ފ . ފިއަލީ

ފ . ފިއަލީ

ފ. ފީއަލީގައި ހަލުއި މިނެއްގައި ޑެންގީ ފެތުރެމުން ދާތީ އެރަށު ސްކޫލުގެ ކިޔެވުން ވަގުތީގޮތުން ބަންދު ކޮށްފައި ވާކަމަށް އެރަށު ކައުންސިލްގެ ނައިބުރައީސް މޫސާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ އާއި ވާހަކަ ދައްކަވަމުން މޫސާ އަހުމަދު ވިދާޅުވީ ހަލުއި މިނެއްގައި ޑެންގީ ފެތުރެމުން ދާތީ އެރަށު ސްކޫލުގެ ކިޔެވުން ވަގުތީގޮތުން ފަސް ދުވަހަށް ބަންދު ކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

ނައިބުރައީސް މޫސާ ވިދާޅުވީ އުމުރުން 3 އަހަރާއި 4 އަހަރުގެ ކުޑަކުއްޖަކު ޑެންގީއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށެވެ. މިއީ އެރަށުން ޑެންގީ އަށް ޕޮޒިޓިވް ވި 11 ވަނަ ކުއްޖާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނައިބުރައީސް މޫސާ ވިދާޅުވީ މާލެ ފޮނުވާލި ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިޔަސްވެ، އެކުއްޖާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުރުވާލާނެ ކަމަށެވެ.

މީގެއިތުރުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ އާދިއްތަ ދުވަހު އެއް ކުއްޖަކު ވަރަށް ބޮޑަށް ހުންއައިސްގެން ސިއްހީ މަރުކަޒަށް ގެނެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ނަމަވެސް އަދި ނަތީޖާ ނުލިބޭ ކަމަށެވެ.

ފީއަލީގައި އިތުރަށް ޑެންގީ ފެތުރުނަ ނުދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނައިބުރައީސް ވިދާޅުވީ އެރަށު ޞިއްޙީ މަރުކަޒާ ގުޅިގެން ރަށުތެރެ ފޮގު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އަދި ޑެންގީ ހުން ޖެހިފައިވާ ކުދިންގެ ގެތަކާއި 300 ފޫޓް ކައިރި ހުރި ޖަންގުޝަންތައް ބަލާފައިވާ ކަމަށެވެ.

އެތަންތަނުން މަދިރިތައް މައްޗަށް އަރަމުންދާ ކަމަށާއި އެއްވެސް ޖަންގުޝަނެއް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 90 އިންސައްތަ ޖަނގުޝަންތައް މަރާމާތުކޮށް އަލުން ރަނގަޅު ކުރަން ޖެހޭ ހާލަތުގައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފީއަލިން މިހާތަނަށް ޖުމުލަ 11 ކުދިން ޑެންގީ އަށް ޕޮޒިޓިވް ވިއިރު، 10 ކުދިންނަށް ފަރުވާ ދެމުން ދަނީ މާލޭގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
16 އެޕްރީލު 2017

ސިޓީ ކައުންސިލްގެ ބާރުތައް ނަގައިގެންވެސް ސަރުކާރަށް ކޮށްދެނު ކަމެއްނެތް، ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން: ޝިފާ

16 އެޕްރީލު 2017
ސިޓީ ކައުންސިލްގެ ބާރުތައް ނަގައިގެންވެސް ސަރުކާރަށް ކޮށްދެނު ކަމެއްނެތް، ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން: ޝިފާ
06 އެޕްރީލު 2017

ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން

06 އެޕްރީލު 2017
 ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް