Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ލިވިންގް އެކްސްޕޯ

މޯލްޑިވްސް ލިވިންގް އެކްސްޕޯ 30 އެގްޒިބިޓަރުންނާއެކު ފަށައިފި

9 ފެބުރުއަރީ 2019 | ހޮނިހިރު 13:33

މި އެކްސްޕޯ ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ފެބުރުއަރީ 2019 | ހޮނިހިރު 13:33
މޯލްޑިވްސް ލިވިންގް އެކްސްޕޯ

މޯލްޑިވްސް ލިވިންގް އެކްސްޕޯ

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ 7 ވަނަ އެޑިޝަން ފަށައިފިއެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރުއެވެ.

މި އެކްސްޕޯ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް، ދަރުބާރުގޭގައި ކުރިއަށްދާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 30 އެގްޒިބިޓަރުން އެކްސްޕޯގައި ބައިވެރިވެފައިވާ ކަމަށް ހައިރައިޒުން ބުނެއެވެ.

އެކްސްޕޯ ކުރިއަށްދާނީ މި ތިން ދުވަހުވެސް މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަކަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، އެކްސްޕޯ ކުރިއަށްދާނީ ދަރުބާރުގޭގެ ދެ މާލަމެއްގައި ކަމަށެވެ. އެގޮތުން ރަންނަބަނޑޭރި މާލަމުން ރިއަލްއެސްޓޭޓް ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ފަރުނީޗަރު ވިއްކާ ކުންފުނިތައް ފެނިގެންދާއިރު ފާށަނާ މާލަމުން ފެނިގެންދާނީ ގެދޮރަށް ބޭނުންވާ އެހެނިހެން އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކެވެ.

ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ މި ދާއިރާގެ އެންމެ ބޮޑު އެކްސްޕޯއެވެ.

ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ މިއެކްސްޕޯގައި މިފަހަރުވެސް ގެދޮރުގެ ވިޔަފާރި ކުރާ ފަރާތްތަކާ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި ގެދޮރަށް ބޭނުންވާ ސާމާނު ލިބެން ހުންނާނެ ތަންތަނާ، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާ ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ހައިރައިޒުން ބުންޏެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އެކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

އެލައިޑްގެ ފަރާތުން ބުނީ އެލައިޑްގެ ސްޓޯލް މެދުވެރިކޮށް އެ ކުންފުނީގެ މޮބައިލް އެޕްގެ މައުލޫމާތާއި އެ ކުންފުނިން ފޯރުކޮށްދޭ އިންޝުއަރެންސް ޕޮލިސީގެ ތަފްސީލީ މައުލޫމާތެއް ލިބިގެންދާނެ ކަމަށެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ ވަރަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވާކަމަށް ހައިރައިޒުން ވަނީ ބުނެފައެވެ.

މި ފަހަރުގެ އެކްސްޕޯގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ މުނި، ރެއިންބޯ އަދި ޖާހް އިންވެސްޓްމަންޓުން ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް