Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އެމްޑީޕީ ކެންޑިޑޭޓުން ހޮވަންވީ ސަބަބު އެންމެންގެ ލޯ ކުރިމައްޗަށް!

9 ފެބުރުއަރީ 2019 | ހޮނިހިރު 09:44

ޕޯސްޓަރުގައި ވަނީ މަޖިލީހުގެ ބިލްތައް އަމާޒުކުރާނެ ދާއިރާތައް ބުނެދީފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 9 ފެބުރުއަރީ 2019 | ހޮނިހިރު 09:44
އެމްޑީޕީ އިން މިއަދު މާލޭގެ އެކި ސަރައްދުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރަނީ: -ފޮޓޯ ރާއްޖެއެމްވީ

އެމްޑީޕީ އިން މިއަދު މާލޭގެ އެކި ސަރައްދުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރަނީ: -ފޮޓޯ ރާއްޖެއެމްވީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން މަގުތަކުގައި އާންމުންނަށް ފެންނާހެން ޕޯސްޓަރ ހިއްޕަން ފަށައިފިއެވެ. މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާ ހުރިހާ ދާއިރާއެއްގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވައިދެއްވީ ކުރީގެ ރައީސް އަދި މި އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ނަޝީދެވެ.

މިއާ އެކު ރާއްޖޭގެ އެކި ދާއިރާތައް ހިމެނޭ ގޮތައް ރާއްޖޭގެ އެކި ރަށްތަކުގައި ވެސް ވަނީ ޕޯސްޓަރު ހަރުކުރަން ފަށާފައިއެވެ.

Advertisement - newsAdvertisement

މާލޭގައި ކުރިއަށް ދިޔަ މި ހަރަކާތުގައި މާލޭގެ އެކި ދާއިރާތަކަށް އެމްޑީޕީން ކުރިމަތިލާފައި ތިއްބެވި ކެންޑިޑޭޓުންނާއި އަތޮޅުތެރޭގެ އެކި ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕޯސްޓަރތަކުގައި ހިމަނާފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހާށް އެމްޑީޕީން ހުށައަޅަން ވައުދުވާ ބިލްތަކާ ގުޅޭ މައުލޫމާތެވެ. އަދި ބިލްތައް ހުށައެޅިގެންދާނީ ކޮންދާއިރާތަކަކާ ގުޅޭ ގޮތުންކަން މި ޕޯސްޓަރތަކުގައި ބުނެދީފައިވެ އެވެ. އެމްޑީޕީން ހިއްޕި ޕޯސްޓަރުގައިވާ ބައެއް ކަންކަން އެމްޑީޕީގެ ބައެއް ކެނޑިޑޭޓުން ވަނީ ތަފްސީލްކޮށްދެއްވާފައެވެ.

އެމްޑީޕީ އިން މިއަދު ހެނދުނު ފެށި ޕޯސްޓަރހަރުކުރުމުގެ ހަރަކާތުގެ ތެރެއިން: -ފޮޓޯ ރާއްޖެއެމްވީ

އެ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުކުރުމާ ގުޅޭ ގޮތުން އައްޑޫ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުން އިލްޔާސް ލަބީބް ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ބޭނުންވަނީ އެމްޑީޕީގެ ސިޔާސަތުތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެގޮތުން ދަރިވަރުންގެ ދަރަނިކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ލުއި ލޯނުމެދުވެރިކޮށް މަތީ ތައުލީމު އުނގެނެވޭނެ ފުރުސަތު ގާނޫނަކުން ފަހިކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް މި އުޅެނީ އެލަވަންސްއެއް ދޭން. އަޅުގަނޑުމެން ޖޮބްސެންޓަރެއް ގާއިމުކޮށްފައި އޭގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ވަޒީފާއެއް ހޯދަދޭން މަސައްކަތްކުރާއިރު އެލަވަންސްއެއް ދޭނަން،" އެމްޑީޕީގެ ސިޔާސަތުތައް ހާމަ ކުރައްވަމުން އިލްޔާސް ވިދާޅުވި އެވެ.

ހަމަ އެހެންމެ ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ އެޖެންޑާ19 ގެ ސިޔާސަތުގެ ދަށުން އެމްޑީޕީން މަޖިލީހަށް ހުށައަޅާ ބިލްތަކާ އެކު މާލޭގެ ރައްޔިތުންނަށް ކުރާނެ ފައިދާތަކަށް ބައްލަވާލައްވާފައެވެ.

"އަޅުގަނޑުމެންގެ ދާއިރާގެ ހާލަތަކީ 100 އަކަފޫޓްގައި ބާރަ މީހުން 15 މީހުން ދިރިއުޅެމުންދާއިރުގައި ރައީސް އެ ވިދާޅުވަނީ އަޅުގަނޑުމެނަށް މަޖިލީހުގައި އެޖެންޑާ ނަވާރަ ކާމިޔާބު ކަމާއެކު ހިންގިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާއި އަދި އެނޫންވެސް އެހީތެރިކަން ލިބިގެންދާނެ ވާހަކަ،" އެމްޑީޕީން ހިއްޕިޕޯސްޓަރުގައިވާ ވާހަކަތައް ތަފްސީލްކޮށްދެއްވަމުން ހުސެއިން ވިދާޅުވިއެވެ.

ޅ. ނައިފަރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ކާރިމް ވިދާޅުވީ މުޅި ރާއްޖެއަށް ވެސް ފައިދާއެއް އޮތީ އެމްޑީޕީން ހާމަކޮށްފައިވާ ބިލްތައް މަޖިލީހުން ފާސްކުރެވިގެން ކަމަށެވެ. އަދި ނައިފަރުގެ ބޯހިޔާވަހި ކަމަށް ވެސް ރަނގަޅު ބަދަލެއް ގެނެވެން އޮތީ މިހާރުގެ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ކަންކަން ކުރެވިގެންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިހާރު ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް މިހާރު ވަނީ ފޮނުވާފައި. މިދިޔަ ސަރުކާރުގެ ސިޔާސަތަކީ އެއް އެޕާޓްމަންޓްގައި އެއް ރޫމް ނޫނީ ދެ ރޫމް ބެހެއްޓުން. މި ސަރުކާރުން އެ އޮތީ ފޮނުވާފައި ކައުންސިލަށް ތިން ރޫމް އެޅިގެންދާނެ އެޕާޓްމެންޓެއްގައި،" ކާރިމް ވިދާޅުވިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސަނީފް ވިދާޅުވީ އެމްޑީޕީން ހާމަކުރަމުންދަނީ އެމްޑީޕީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަ ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަ ކަމަށެވެ. ބޯހިޔާވަހިކަމާއި ތައުލީމާއި ވަޒީފާގެ ދަތިތަކަށް ހައްލު ހޯދާ ދިނުމަށް މަޖިލީހަށް އެމްޑީޕީން ހުށައަޅާ ބިލްތައް ފާސްވެއްޖެ ނަމަ ތިނަދޫ އާއި މުޅި ރާއްޖެއަށް އެއިން މަންފާ އާއި ލާބަ ލިބިގެންދާނެކަން އޭނާ ވެސް ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތުގައި މާލޭގެ އެކި ގެތަކާއި ފިހާރަތަކުގައި ވަނީ އާންމުންނަށް ފެންނާނެހެން ތަތްކޮށްފައިއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެއް ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަކުރެއެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފަ ވަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހަށް ބޭނުންވާ ކަމަށެވެ. އެމްޑީޕީން މުޅި ރާއްޖޭގައި ކުރަމުންދާ ކެމްޕެއިންގެ އިތުރު ހަރަކާތްތައް ކުރިއަށް ވެސް ރޭވިފައި އެބަ ހުއްޓެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް