Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާނުގެ ހާދިސާ

ފްލެމެންގޯގެ ޓްރެއިނިން ސެންޓަރުގައި އަލިފަން ރޯވެ 10 މަރު

8 ފެބުރުއަރީ 2019 | ހުކުރު 14:55

ހާދިސާގައި މަރުވެފައި ވަނީ ޔޫތް ޓީމްގެ ކުޅުންތެރިން

އަލީ ސަމާޚް
އަލީ ސަމާޚް | 8 ފެބުރުއަރީ 2019 | ހުކުރު 14:55
ފްލެމެންގޯގެ ކުޅުންތެރިންތަކެއް ހިތާމަފާޅުކުރަނީ

ފްލެމެންގޯގެ ކުޅުންތެރިންތަކެއް ހިތާމަފާޅުކުރަނީ

ބްރެޒިލްގެ ވެރިރަށް ރިއޯ ޑި ޖެނީރޯގައި ހުންނަ ފްލެމެންގޯ ފުޓްބޯޅަ ކްލަބުގެ ޓްރެއިނިން ސެންޓަރުގައި އަލިފާން ރޯވެ ދިހަ މީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނީނޯ ޑި އުރުބޫ ކިޔާ މި ސެންޓަރުގައި އަލިފާން ރޯވެފައިވަނީ އެ ކްލަބުގެ ޔޫތު ޓީމް ނިދަން ތިބި ބްލޮކްގައެވެ. އަދި މި ހާދިސާގައި 10 ކުދިން މަރުވެ ތިން ކުއްޖަކު ވަނީ ޒަޚަމްވެފައެވެ. މަރުވި ކުދިން މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، އެ ބޮލްކް ހާއްސަ ކޮށްފައި ވަނީ އެ ޓީމްގެ އުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި ހޯދިފައި ނުވާއިރު ކަމާއިބެހޭ ފަރާތްތައް ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

ހުކުރު ދުވަހު މި ހާދިސާ ހިނގިއިރު، ޓްރެއިނިންގ ސެންޓަރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް 6.2 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަރާމަތަށް ފަހު އެ ޓްރެއިނިން ސެންޓަރު ހުޅުވާފައި ވަނީ މީގެ ދެމަސް ކުރިންނެވެ.

ޔޫތު ޓީމްގެ އެކޮމޮޑޭޝަންގެ އިތުރުން އެ އިމާރާތުގައި ޕާކަކާއި، ޖިމަކާއި، މެޑިކަލް ސެންޓަރެއްގެ އިތުރުން ކުޑަ ސްޓޭޑިއެމެއްވެސް ވަނީ ހަދާފައެވެ.

މި ހާދިސާގެ ހަބަރު ލިބުމާއި އެކު އެ ޓީމަށް ކުރިން ކުޅުން އަދި ރިއާލް މެޑްރިޑަށް މިހާރު ކުޅެމުން އަންނަ ވިނިޝަސް ޖޫނިއާ ވަނީ ހިތާމަފާޅުކޮށް، ހާދިސާގައި ގެއްލުންވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.

އަދި މީގެ އިތުރުން ދުނިޔޭގެ ގިނަ ފުޓްބޯޅަ ކްލަބްތަކަކުން ވަނީ ހިތާމައިގައި ބައިވެރިވެފައެވެ.

ފްލެމިންގޯ ކްލަބަކީ ބްރެޒިލް އިތުރުން ދުނިޔޭގައިވެސް އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ ބްރެޒިލްއަށް ނިސްބަތްވާ ކްލަބެވެ. އެ ކްލަބް ވަނީ ކޮޕަ ލިބެރްޓަޑޯރެސްގެ އިތުރުން އިންޓަނޭޝަނަލް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ

02 ސެޕްޓެމްބަރު 2017
ކެންޔާގެ ސްކޫލެއްގައި ރޯވެ ހަތްކުދިން މަރުވެއްޖެ
21 އޯގަސްޓު 2017

މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި

21 އޯގަސްޓު 2017
މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި
18 އޯގަސްޓު 2017

ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ

18 އޯގަސްޓު 2017
ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
18 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި

18 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް