Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަމާލް ހަޝޯގީގެ މަރު

ސައުދީ އޮފިޝަލުންތަކެއް ދުރާލާ ރާވާއިގެން ޙަޝޯގީ މަރާލިކަމުގެ ހެކި އެބަހުރި: އ.ދ

8 ފެބުރުއަރީ 2019 | ހުކުރު 02:41

ޙަޝޯގީ މަރާލަން ރޭވީ ވެސް އަމަލީ ގޮތުން ބައިވެރިވީ ވެސް ސައުދީ އޮފިޝަލުންތަކެއް

އަމަން ހަލީމް
އަމަން ހަލީމް | 8 ފެބުރުއަރީ 2019 | ހުކުރު 02:41
ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ދޮރާށި

ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ދޮރާށި

ސައުދީ ނޫސްވެރިޔާ ޖަމާލް ޙަޝޯގީ މަރާލީ ދުރާލާ ރާވައިގެން ކަމުގެ ހެކި އެބަހުރި ކަމަށާއި، އޭނާ މަރާލީ ސައުދީ އޮފިޝަލުންތަކެއް ކަމަށް އދ.އިން ހާމަކޮށްފިއެވެ.

ޙަޝޯގީ މަރާލެވުނު ގޮތް ހޯދަން އދ.ން އިސްނަގައިގެން ކުރި ތަހުގީގަށް ފަހު، އދ.ގެ ސްޕެޝަލް ރެޕަޓުއަރ ފޯރ އެކްސްޓްރާ ޖުޑީޝަލް ކިލިންގސް އޯރ އަރބިޓްރަރީ އެކްސިކިއުޝަންސް އެގްނިސް ކަލަމަރޑް ވިދާޅުވީ، އޭނާ ތުރުކީއަށް ކުރި ދަތުރުގައި ލިބުނު ހެކީގެ އަލީގައި ބުނެވޭނީ ޙަޝޯގީއަކީ ދުރާލާ ރާވައިގެން ހިންގި ޖަރީމާއެއްގައި ފުރާނަ ގެއްލުނު ފަރާތެއް ކަމަށެވެ. މިކަންތައް ރޭވީ ވެސް އަދި މި ކަމުގައި އަމަލީ ގޮތުން ބައިވެރިވީ ވެސް ސައުދީ އޮފިޝަލުންތަކެއް ކަމަށް ކަލަމަރޑް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަލަމަރޑް ވިދާޅުވީ ފުރަތަމަ ގަސްދުކުރީ ރަހީނުކުރަން ކަމެއް ނުވަތަ ރަހީނުނުކުރެވިއްޖެ ހާލަތެއްގައި މަރާލަން ކަމެއް ތަހުގީގުން ކަނޑައެޅިފައި ނުވާކަމަށެވެ. އޭނާ ވަނީ ސައުދީ ސަރުކާރުން މި މައްސަލަ ތަހުގީގު ކުރުމަށް ތުރުކީ ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން މައްސަލައާއި ގުޅޭ އެތައް ފޮރެންސިކް ހެކިތަކެއް ހޯދުމަށް ތުރުކީގެ ކަމާއިބެހެ ފަރާތްތަކަށް ހުރަސްއެޅުނު ކަމަށް ވެސް ކަލަމަރޑް ވިދާޅުވިއެވެ.

ސައުދީން ތުރުކީގައި ހުންނަ އެ ގައުމުގެ އެމްބަސީ ތެރޭގައި ޙަޝޯގީ މަރާލެވުނު ކަމަށް އެއްބަސްވުމަށް ފަހު ވެސް، މައްސަލައިގެ ތަހުގީގަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވާތީ ކަލަމަރޑް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މައްސަލައިގައި ސައުދީން ދައުވާ ކުރަން ނިންމާފައިވާ 11 މީހުންނަށް ދެފުށްފެންނަ ހަމަހަމަ ޝަރީއަތެއް ލިބިދާނެ ކަމާއި މެދު ކަލަމަރޑް ޝައްކު އުފެއްދެވިއެވެ.

ކަލަމަރޑްގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު އެއްމެ ފަހުގެ ރިޕޯޓް އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ހުށައަޅަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ. ކަލަމަރޑްގެ ރިޕޯޓްގައި ޖިނާއީ ގޮތުން މައްސަލައިގެ ޒިންމާ ނަގަން ޖެހޭނެ ފަރާތްތަށް ވެސް ހިމެނިގެން ދާނެއެވެ.

ޙަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްތަށިފުޅުގައި ޙަޝޯގީ މަރާލަން އަމުރުކުރެއްވި ކަމަށް ތުހުމަތު ކުރެއްވި ކަމުގައިވީ ނަމަވެސް، ސައުދީ ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނީ ޙަޝޯގީ މަރާލުމުގައި ވަލީއަހުދުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް