Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުއީ ކޯޓްތައް

ޝަރުއީ ކޯޓުތަކަކީ އެއް ކޯޓުން އަނެއް ކޯޓަށް ލަފަޔާއި ބާރު ދިނުމުގެ އިހުތިޔާރު އޮންނަ ތަނެއްނޫން: ހިސާން

6 ފެބުރުއަރީ 2019 | ބުދަ 05:04

ގާނޫނު އަސާސީން ލަފައެއް ދެވޭނީ ހަމައެކަނި ސްޕްރީމް ކޯޓަށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 6 ފެބުރުއަރީ 2019 | ބުދަ 05:04
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެން

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެން

އެއްވެސް ޝަރުއީ ކޯޓަކީ އެހެން ކޯޓަކަށް ނުވަތަ އެހެން އިދާރާއަކަށް ލަފަޔާއި ބާރު ދިނުމުގެ އިހުތިޔާރު އޮންނަ ތަނެއް ނޫން ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޝަރުއީ ކޯޓްތަކުން ކުރަންޖެހޭ މަސައްކަތަކީ އެކޯޓަކަށް ހުށައެޅިފައިވާ މައްސަލަތައް ބެލުން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ވަރަށް ސާފް ކަމަށާއި ގާނޫނު އަސާސީން ލަފައެއް ދެވޭނީ ހަމައެކަނީ ސްޕްރީމް ކޯޓަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ނެރެ މަޖިލީހުގެ ލަފަޔަކަށް އެދިއްޖެ ހާލަތުގައި ކަމަށެވެ.

މީގެ އިތުރުން ވެސް ގާޒީންނަށް އެފަރާތްތަކުގެ ދައުރަކީ ކޮބައިކަން ވަރަށް ރަނގަޅަށް ސާފްވެ ގާނޫނު ވެސް ރަނގަޅަށް އެނގެން ޖެހޭ ކަމަށާއި ގާޒީންނަށް އެފަރާތްތަކުގެ ހައްގަކީ ކޮބައިކަން ދެނެގަތުމަށް ޓަކައިވެސް އެކަމަކީ މުހިންމު ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރާ މައްސަލައަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ފަނޑިޔާރަކު އެއްވެސް ކުށެއްނެތި އެކި އެކި ކޯޓުތަކަށް ބަދަލު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއްވެސް ގާނޫނެއް މާޒީއަށް ރުޖޫއަވާ ގޮތަށް ހެދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިސާން ވިދާޅުވީ ހައިކޯޓަށް ހުށައެޅޭ މައްސަލަތަށް އަވަސްކުރުމުގެ ވިސްނުމުގައި އުތުރު ގޮތްޕާއި ދެކުނު ގޮފި އުފެދިގެން ދިޔަ ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ ދުވަސްތަކުގައި އެއީ ނަމެއްގެ ގޮތުގައި އުފައްދާފައިވާ ތަނަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތަކަށް އެކަމުގެ މަންފާ ކުރިތަން ފެނިގެން ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" މިހާރު ހުށައަޅާފައި އޮތް ހުށައެޅުމުގައި އޮންނާނެ ޖަހާފަ އުތުރުގޮފި އަދި ދެކުނު ގޮފި އުވާލާއިރު ހައިކޯޓުން ކަނޑައަޅާ މައްސަލަތައް އަތޮޅުތަކުގައި ހުންނަ ކޯޓުތަކުގައި ހިންގި ދާނެ ކަމަށް. ޑިސްޓްރިކް ކޯޓުތަކެއް އުފެއްދުން އެއީ އަޅުގަނޑުމެން ހުށައަޅާފައި އޮތް އެއް ހުށައެޅުން" ހިސާން ވިދަޅުވިއެވެ.

ހިސާން ވިދާޅުވީ މައްސަލައެއް ކޯޓަށް ހުށައެޅުމުން އެމައްސަލައެއް ބަލައިގަތުމާއި ނުގަތުން އޮތީ އެކޯޓެއްގެ ރަޖިސްޓްރާ ނިންމާ ގޮތެއްގެ މައްޗަށް ކަމަށާއި ރަޖިސްޓްރާގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހިއްޖެނަމަ ރަޖިސްޓްރާގެ ނިންމުން ކޯޓްގައި އިސްތިއުނާފް ކުރެވޭ ގޮތަށް އޮންނަ އޮތުމަކީ މިހާރުވެސް ގާނޫނުގައިލިޔެވިފައިވާ ވާހަކައެއް ކަމަށެވެ.

ހިސާން ވިދާޅުވީ ހުރިހާވެސް މައްސަލައަކީ ގާނޫނުގައި ލިޔެފައިވާ ގޮތަށް އަމަލު ނުކޮށް ކޯޓް ތަކުން ތަފާތު އުސޫލުތައް އެކި އެކި ކަންކަމުގައި ގެންގުޅުން ކަމަށެވެ. އެއް އުސޫލެއްގައި އެއްގޮތެއްގައި ދެމި ތިބުމަކީ މުހިންމު ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް