Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެޓްބޯލް

ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ނެޓްބޯޅަ ޓީމް އެކުލަވާލައިފި

ޓީމުގެ ސްކޮޑު ވަނީ 12 ކުޅުންތެރިންނަށް މަދުކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 5 އެޕްރީލު 2017 | ބުދަ 19:05
އޭޝިއަން ޔޫތު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ނެޓްބޯލް ޓީމް

އޭޝިއަން ޔޫތު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ނެޓްބޯލް ޓީމް

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ނެޓްބޯލް ޓީމުގެ ސްކޮޑު އިއުލާންކޮށްފި އެވެ.

މި މުބާރާތުގައި ވާދަކުރުމަށް މި އަހަރުގެ ޖެނުއަރީ މަހު ފަރިތަކުރުންތައް ފެށި ޓީމުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ތިބި ނަމަވެސް މިހާރު ވަނީ 12 ކުޅުންތެރިންނަށް މަދުކޮށްފަ އެވެ.

މިފަހަރުގެ ޓީމްގައި ސީނިއާ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި، މުޅިން އަލަށް ނެޓްބޯޅަ ގައުމީ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިންވެސް ހިމެނެ އެވެ.

މުބާރާތަށް ޓީމު ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ނެޓްބޯލް އެސޯސިއޭޝަންގެ ސީއޯއޯ އަހުމަދު އަދުހަމް ވިދާޅުވީ ޓީމުގެ ފަރިތަކުރުންތައް ކޮންމެ ދުވަހެއްގެ ވެސް ހެނދުނާއި ރޭގަނޑު ކުރިއަށްދާ ކަމަށެވެ.

އަދުހަމް ވިދާޅުވީ މިފަދަ ބޮޑު މުބާރާތަކަށް ޓީމު ތައްޔާރުވާއިރު، އެ ކުޅުންތެރިންނަށް މެޗުތަކެއްގެ ތަޖުރިބާ ބޭނުންވާނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެސޯސިއޭޝަންގެ ބަޖެޓު ތަން ނުދިނުމުގެ ސަބަބުން ބޭރުން ތަމްރީނު ދަތުރެއް ހަމަޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް އަމިއްލަ ގައުމުގައި ކުރިއަށްދާ ފަރިތަކުރުންތަކުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އަދުހަމް ވިދާޅުވި އެވެ.

ރާއްޖޭގެ ނެޓްބޯޅަ އަންހެން ޓީމު ވަނީ މީގެ ކުރިން ވެސް ބޮޑު މުބާރާތެއްގައި ވާދަކޮށް ރަނގަޅު ހިސާބަކަށް ދަތުރުކޮށްފަ އެވެ. އެ ޓީމުގައި ވެސް ޒުވާން ކުޅުންތެރިންތަކެއް ހިމެނުނު އިރު، އޭގެ ތެރެއިން ބައެއް ކުޅުންތެރިން މިފަހަރުގެ ޓީމުގައި ވެސް ހިމެނެ އެވެ.

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހުގެ 6 އިން 13 އަށް ދެކުނު ކޮރެޔާގެ ޖިއޮންޖޫގަ އެވެ. މުބާރާތުގައި އޭޝީޔާގެ ދިހަ ގައުމަކުން ވާދަކުރާނެ އެވެ.

ކޮރެއާގައި އަންނަ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށް ނެޓްބޯލް ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
26 މާރިޗު 2017

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި
18 މާރިޗު 2017

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު