Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ރައްޔިތުންގެ މަޖިލީހަށް އަދާލަތާ އެކު ވާދަކުރަން ނިންމައިފިން : އެމްޑީޕީ

ދާއިރާތަކުގެ ކެނޑިޑޭޓުން ބޭނުންނަމަ ގޮނޑި ދޫކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2019 | އަންގާރަ 07:23
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން އެދިފައިވާ ގޮތަށް އެެޕާޓީއާއެކު މަސައްކަތް ކުރަން އެމްޑީޕީން ނިންމައިފިއެވެ.

އަންގާރަ ދުވަހު މާރބަލް ހޮޓަލްގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތާއެކު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި، ނަމަވެސް މިވަގުތު އަދާަލަތު ޕާޓީއަށް ގޮނޑި ދޫކުރުމާ މެދު ޤައުމީ މަޖިލީހުން ގޮތެއް ނިންމެން ނެތް ކަމަށެވެ.

ނަމަވެސް އެ ދާއިރާތަކުގެ ކެނޑިޑޭޓުންނަށް ގޮނޑި ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށާއި، ޕާޓީގެ މަސްލަހަތަށް އަބަދުވެސް ބަލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދެ ޕާޓީން ވަނީ އޭޕްރިލް މަހުގައި ބާއްވާ އިންތިހާބުގެ ގޮނޑިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި އަދާލަތު ޕާޓީން އެދިފައިވަނީ މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް ކަމަށް އެމްޑީޕީން ކުރިން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން އަދާލަތު ޕާޓީން އެމްޑީޕީގެ ސިޔާސަތުތައް ވަރަށް ބޮޑަށް ޤަބޫލުކުރައްވާ ކަމަށާއި، ޤައުމީ މަޖިލީހުން މަޖިލީހުގެ ބައެއް ދާއިރާތަކުގެ މެމްބަރުންނާ ވާހަކަ ދައްކަން ހުއްދަ ދީފައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެ ދާއިރާތައް ފަހުން އިއުލާނު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު