Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމާރާތްކުރުމުގެ ގަވާއިދު

އިމާރާތްކުރުމުގެ ސަލާމަތީ ގަވާއިދު: ރަނގަޅު މިންގަނޑުތަކެއް، ހިލާފުވެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް!

ކުރާ ޖޫރިމަނާ 5،000 ރުފިޔާއިން ފެށިގެން ބައި މިލިއަން ރުފިޔާއާ ދެމެދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2019 | ބުރާސްފަތި 07:21
ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ. ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދަށް  މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައި

ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ. ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައި

ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އާ ފިޔަވަޅުތަކާއި، ގަވާއިދާ ހިލާފު އަމަލެއް ކޮށްފިނަމަ ބައި މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ކޮންސްޓަރަކްޝަން ސައިޓްތަކުގައި ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވުމާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިން އެކުލަވާލި ގަވާއިދު ބުރާސްފަތި ދުވަހު ވަނީ ގެޒެޓްކޮށްފަ އެވެ. ފަންސާ ނުވަ ސޮފުހާގެ އެ ގަވާއިދުގައި އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށްފައިވެ އެވެ.

Advertisement - newsAdvertisement

ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި 1.5 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މަސައްކަތެއް ނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، އާންމުންގެ ސަލާމަތީ ކަންކަމާއި ޞިއްޙަތު ރައްކައުތެރިކުރުމަށް މުވައްޒަފުންނަށް ތަމްރީނުދީ، އެކުލަވަލެވޭ ހެލްތް އެންޑް ސޭފްޓީ ކަރުދާހުގައިވާ ކަންކަން 90 ދުވަސްތެރޭގައި ތަންފީޒުކުރަންޖެހެ އެވެ. އަދި ކުއްލި ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އެކުލަވާލަންޖެހެ އެވެ. އޭގެ އިތުރުން މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބަލަހައްޓާ ސަރުދާރެއް ޢައްޔަންކުރުން ވެސް ލާޒިމުކުރެ އެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން، އިމާރާތުގެ މަސައްކަތުގެ އަގު ފަސް މިލިއަން ރުފިޔާއަށް ވުރެ މަތި ނަމަ، މަސައްކަތްކުރާ ފަރާތްތަކަށާއި، ވަށައިގެންވާ ސަރަހައްދުގައި އުޅޭ މީހުންނަށާއި ތަކެއްޗަށް މަސައްކަތުގެ ވެށިން ލިބިދާނެ ގެއްލުމެއްގެ ބަދަލުދެވޭނެ ނިޒާމެއް ހަމަޖެއްސުމަށްޓަކައި، އެކަމާ އެކަށީގެންވާ އިންޝުއަރަންސެއް ޕޮލިސީއެެއް ކޮންޓްރެކްޓަރު ހޯދަން ލާޒިމުކުރެ އެވެ. އަދި އާންމު އެއްވެސް ފަރާތަކަށް ނުރައްކައުތެރިކަމެއް ދިމާވެދާނެ ކަމެއް ނުހިނގާނެ ގޮތަކަށް މަސައްކަތުގެ ވެށީގެ ހުރިހާ ކަމެއް އިންތިޒާމުކުރަންޖެހެ އެވެ.

އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި، ބައެއް ސަައިޓްތަކުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ނުދޭއިރު، އާ ގަވާއިދުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ކަންކަންތަކެއް ބަޔާންކޮށްފައިވާއިރު، އެކަންކަން 30 ދުވަސްތެރޭގައި ކުރުމަށް ލާޒިމުކުރެ އެވެ. އެގޮތުން ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދާއިރު އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އެމީހުން ކުރާ މަސައްކަތްތަކާ އެކަށީގެންވާ ފަދަ ގޮތަކަށް ހެދުންއަޅައި، ސޭފްޓީ ބެލްޓް، ސޭފްޓީ ހެލްމެޓް، ސޭފްޓީ ގްލަވް ނުވަތަ އަންގި، ސޭފްޓީ ބޫޓު، ވެލްޑިންގ މާސްކް އަދި ކުރާ މަސައްކަތާ ގުޅޭގޮތުން މަސައްކަތްކުރާ މީހާ ބޭނުންކުރަންޖެހޭ އެނޫން އެންމެހައި އާލާތްތައްވެސް ބޭނުންކޮށް، އެ މަސައްކަތާ އެށީގެންވާ ސަލާމަތީ ފިޔަވަޅު އަޅައިފައިވާކަން ކަށަވަރުކުރަންޖެހެ އެވެ.

އިމާރާތްކުރުމުގެ މަސައްކަތަށް ކޮންނައިރު ޖެހިގެން ހުންނަގެއަށް ބައެއް ފަހަރު ގެއްލުން ލިބެމުން ދާއިރު، އެކަމަށް ވެސް ގަވާއިދުގައި ހައްލެއް ގެނެސްދީފައިވެ އެވެ. އެގޮތުން އިމަރާތްކުރުމަށް ކޮންނައިރު، ޖެހިގެން އިމާރާތުގެ ރައްކާތެރިކަމަށާއި ފަސްގަނޑު ދަމައިގަތަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅަކީ، މިނިސްޓްރީން ފާސްކޮށްފައިވާ ފިޔަވަޅަކަށް ވާންޖެހެ އެވެ.

އެމަޖެންސީ ރެސްޕޮންސް ޕްލޭން

އިމާރާތްކުރުމުގެ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނަމަ، އިމާރާތްކުރުމުގެ މަސައްކަތުގައި ނުރައްކައުތެރި ހާދިސާއެއް ހިނގައިފާނެ ހާލަތްތައް ފާހަގަކޮށް، އެފަދަ ހާލަތެއްގައި ދިމާވެދާނެ ހާދިސާގެ ނިސްބަތަށާއި ޒާތަށް ރިޢާޔަތްކޮށް، މަސައްކަތުގެ ވެށީގައި ސަލާމަތީ ގޮތުންނާއި ޞިއްޙީގޮތުން ދިމާވެދާނެ ނުރައްކައުތަކުން ރައްކައުތެރިވެވޭނެ ގޮތްތައް ހިމެނޭ "އިމަރޖެންސީ ރެސްޕޮންސް ޕްލޭން" އެއް ލިޔެފައި އޮންނަންވާނެއެވެ. ގަވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި އެ ޕްލޭން އެކުލަވާލަންޖެހެ އެވެ.

އެމަޖެންސީ ޕްލޭންގައި ހިމެނޭ ކަންކަން

  1. ޢިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓަށް ވަދެނުކުމެވާ އެންމެންނަށް ފަސޭހައިން ފެންނާނޭ ފަދަ ތަނެއްގައި އިމަރޖެންސީ ރެންޕޮންސް ޕްލޭން ހަރުކޮށްފައި ބެހެއްޓުން؛
  2. އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި މަސައްކަތްކުރާ ފަރާތްތައް އިމަރޖެންސީ ރެސްޕޮންސް ޕްލޭނަށް އަހުލުވެރިކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ދިނުން؛
  3. އަހަރަކު މަދުވެގެން ދެ ފަހަރު އިމަރޖެންސީ ރެސްޕޮންސް ޕްލޭނާ އެއްގޮތަށް ޑްރިލެއް ބޭއްވުން؛
  4. ފަސްޓްއެއިޑު ދިނުމުގެ ތަމްރީނު ލިބިފައިވާ މީހަކު، އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާ ހުރިހާ ވަގުތެއްގައިވެސް އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި ބެހެއްޓުން؛
  5. ޢިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި "ފަސްޓްއެއިޑު ކިޓް" ފަސޭހައިން ލިބޭގޮތަށް ބެހެއްޓުން
  6. ފަސްޓްއެއިޑު ކިޓުގައި ހިމެނޭ ހުރިހާ ތަކެއްޗެއް، ރަނގަޅު ހާލަތުގައި ހަމައަށް ހުރިކަން ކަށަވަރުކުރުން؛
  7. ޢިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި، ޞިއްޙަތާއި ސަލާމަތާ ގުޅޭ ނޯޓިސް، ފެންނާނެ ގޮތަށް ބޯޑެއްގައި ހަރުކޮށްފައި ބެހެއްޓުން؛
  8. ޢިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގުޅަންޖެހޭ ފޯނު ނަންބަރުތަކާއި، ކުއްލި ހާލަތުގައި ގުޅަންޖެހޭ އެހެނިހެން ފޯނު ނަންބަރުތައް، ޢިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގެ ނޯޓިސް ބޯޑެއްގައި ބެހެއްޓުން. މިގޮތުން، ފަސްޓް އެއިޑްދޭ މީހާއާއި، ސައިޓް ސޭފްޓީ ސުޕަވައިޒަރާއި، ސައިޓް ސުޕަވައިޒަރާއި، ސައިޓް މެނޭޖަރާއި، އެމްބިއުލާންސާއި، ޕޮލިހާއި، ކަމާގުޅޭ އެހެން ފަރާތްތަކުގެ ފޯނު ނަންބަރުތައް މި ލިސްޓުގައި ހިމަނަންވާނެއެވެ.

މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބަލަހައްޓާ ސަރުދާރުގެ ޒިންމާ

  1. މަސައްކަތުގެ ވެށީގައި ނުވަތަ ސައިޓުގައި ކަންތައްތައް ހުރީ މި ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ޗެކުކުރުމުގެގޮތުން ކޮންމެ ދުވަހަކުވެސް، ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިންނާއި، މަސައްކަތް ކުރިއަށްދާއިރުގައްޔާއި، ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުން ޗެކުކުރުން؛
  2. މަސައްކަތުގެ ވެށީގައި ނުވަތަ ސައިޓުގައި ކަންތައްތައް ހުރީ މި ގަވާއިދާ އެއްގޮތަށްތޯ ޗެކުކުރުމުގެގޮތުން، މަދުވެގެން ހަފުތާއަކު 12 ގަޑިއިރު ހޭދަކުރުން؛
  3. ދުވާލަކު އެކެއް ފަހަރު ސައިޓް ޗެކުކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ޞިއްޙީ އެކިއެކި ގަވާއިދުތަކާއި މަދިރިއާއި ސޫފާސޫފި ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ޢަމަލުކުރާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ސައިޓުގެ ކަންކަން ހުރިތޯއާއި، އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ސައިޓުގައި އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވާކަން ކަށަވަރުކޮށް، ޗެކުކުރެވުނު ކަންތައްތަކާއި ހާލަތްތައް ހުރިނެތް ގޮތް އެނގޭގޮތަށް ރެކޯޑުކޮށް ލިޔެ ބެލެހެއްޓުން؛
  4. ވަގުތީ ގޮތުން މަސައްކަތް ހުއްޓާލާފައިވާ ސައިޓުތަކުގައި މި ގަވައިދާ އެއްގޮތަށް އަޅަންޖެހޭ ސަލާމަތީ ކަންކަން ހުރީ މީހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށްތޯ، މަދުވެގެން ހަފުތާއަކު އެއް ފަހަރު ޗެކްކުރުން
  5. މަސައްކަތް ކުރަމުންދަނީ މި ގަވާއިދާ ޚިލާފަށްކަމުގައިވާނަމަ، އެ މަސައްކަތެއް ހުއްޓައިލުމަށާއި މައްސަލަތައް ރަނގަޅުކުރަން އެ ފަރާތަށް އަންގުން އަދި އެކަން ޕްލޭނިން މިނިސްޓްރީއަށް ވެސް އެންގުން

އިމާރާތްކުރުމުގެ މަސައްކަތުގައި ސަލަމާތާއި ރައްކާތެރިކަމަށް ކަށަވަރުކުރަން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ކޮންޓްރެކްޓަރުގެ މައްޗަށް ލާޒިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބިއްމަށް އެއްޗެއް ވެއްޓުނަ ނުދިނުމަށްޓަކައި ސޭފްޓީ ނެޓް ޖަހާނެ ގޮތާއި ސަލާމަތީ އެހެން ކަންކަން ބަހައްޓަންޖެހޭ ގޮތާއި ބިއްގަނޑު ޖަހާނެ ގޮތާއި މީހަކު ވެއްޓުނަ ނުދިނުމަށްޓަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމެނެ އެވެ. އަދި ފުރާޅުގައި މަސައްކަތްކުރާއިރު އަޅަންޖެހޭ ފިޔަވަޅުތަކާއި ހަރުގަނޑު ބޭނުންކުރާނެ ގޮތާއި އިމާރާތްކުރުމުގެ މަސައްކަތަށް ވަގުތީ އަށި އަޅަންޖެހޭ ގޮތާއި އެލުވާފައި ހުންނަ އަށި ހުންނަންވާނެ ގޮތާއި ހިފައިގެންގުޅޭ ކަރަންޓު ސާމާނާއި އާލާތް، ވާރޭވެހޭ މާޙައުލެއްގައި ނުވަތަ ތެމޭފަދަ މާޙައުލެއްގައި ގެންގުޅުމުގައި ބަލަންޖެހޭ ސަލާމަތީ މިންގަނޑުތަކާއި، އަލިފާން ބޭނުންކޮށްގެން ކެފުމުގައްޔާއި ކޮމްޕްރެސްޑް ގޭސް ބޭނުންކޮށްގެން ވެލްޑުކުރުމުގައި ރައްކައުތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މެކޭނިކަލް ޕަވަރ ބޭނުންކުރާ ޕޯޓަބަލް މޮހޮރާއި ހީރަސްޖަހާ އާލާތް ގެންގުޅޭ ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އުސޫލާއި، ކަރަންޓު ކީހާއި ރޮންދާއާއި ސިމެންތި މިކްސަރާއި ކޮންކްރީޓު ކަނޑާ އާލާތާއި ކަރަންޓުން ހިންގާ އެހެނިހެން އާލާތް ބޭނުންކުރާ ގޮތްތަކާއި މަސައްކަތު ސައިޓްގައި ކެރޭނާއި ތަކެތި އުފުލާ އާލާތް ބޭނުންކުރުވާ ފަރާތްތަކުންނާއި، އެފަދަ އާލާތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކުން ކަށަވަރުކުރަންޖެހޭ ކަންކަން ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ނުރައްކާތެރި ކެމިކަލް ބޭނުންކުރާނަމަ އަމަލުކުރާނެ އުސޫލު އެކުލަވާލުމަށް ގަވައިދުގައި ލާޒިމުކޮށްފައިވާއިރު، އަލިފާން ރޯވާ ޒާތުގެ ތަކެތި މަސައްކަތްކުރާ ސަރަހައްދުގައި ބަހައްޓާނަމަ، އެތަނުގައި އަލިފާން ނިއްވޭނެ އާލާތް އެކަށީގެންވާ މިންވަރަށް ލިބެން ހުންނަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ބަންދުކޮށްފައިހުރި ތަނަކަށް ވަނުމުގެ ކުރިން، އެތަނެއްގެ ތެރޭގައި ހުރި ވައިގައި އެކަށީގެންވާ ރައްކައުތެރި މިންވަރަށް އޮކްސިޖަން ހުރިތޯ ޓެސްޓުކުރުން ވެސް ގަވައިދުން ލާޒިމުކޮށްފައިވާއިރު، އެތަނެއްގެ ވައިގެތެރޭގައި ރޯވާކަހަލަ ގޭހެއް ނުވަތަ އެއްވެސް ޒާތެއްގެ ވިހަ ގޭހެއް، ނުރައްކާތެރި މިންވަރަކަށް ހުރިތޯ ބަލައި ޗެކުކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ކުރެވޭ ޖޫރިމަނާ

ގަވާއިދާ ހިލާފުވެއްޖެ ނަމަ ކުރެވޭ ޖޫރިމަނާގެ މިންވަރު އުޅެނީ 5،000 އިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ދެމެދު އެވެ. މަސައްކަތް އަލުން ފެށުމަށް ހުއްދަ ދެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހު، ގަވާއިދާ ހިލާފުވި ކަންތައް ރަނގަޅުކުރުމަށް ފަހު އެވެ.

ޢިމާރާތްކުރުމަށް ހުއްދަ ދޫކުރާ އިދާރާއަކުން މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފު ކުރެވޭނެ އެވެ. އިސްތިއުނާފު ކުރެވޭނީ ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލައި "މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފުކުރުމުގެ ގަވާއިދު" ގެ ދަށުންނެވެ. އެ ގަވާއިދު އަދި ގެޒެޓެއްނުކުރެ އެވެ.

އިމާރާތުގެ ވެރިފަރާތުގެ ޒިންމާ

އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމުގައި މި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރުމުގެ ޒިންމާ އެހެން ފަރާތަކުން ނަގައިފައިނުވާނަމަ، މި ގަވާއިދުގައި ކޮންޓްރެކްޓަރުގެ ޒިންމާގެގޮތުގައި ކަނޑައަޅައިފައިވާ ކަންކަމަށް ޒިންމާވާނީ ޢިމާރާތުގެ ވެރިފަރާތް ނުވަތަ ތަނުގެ ވެރިފަރާތުންނެވެ. ޢިމާރާތުގެ ވެރިފަރާތަށް ނުވަތަ ތަނުގެ ވެރިފަރާތަށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ތަނުގައި ގަވާއިދާ ޚިލާފަށް ކަމެއް ހިނގަމުންދާކަން އެނގިއްޖެނަމަ، ހުއްދަދޭ އިދާރާއަށް ނުވަތަ މިނިސްޓަރީއަށް އެކަން އަންގަންވާނެ ކަމަށް ގަވައިދުގައި ބަޔާންކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު