Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރާއްޖެ - އިންޑިއާ

އިންޑިއާ އިން ރާއްޖެއަށް އާ ސަފީރަކު އައްޔަންކުރައްވައިފި

30 ޖެނުއަރީ 2019 | ބުދަ 08:44

ސުދީރްއަކީ 1993 އިން ފެށިގެން އިންޑިއާގެ ޚާރިޖީ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 ޖެނުއަރީ 2019 | ބުދަ 08:44
އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޝްރީ ސަންޖޭ ސުދީރް

އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޝްރީ ސަންޖޭ ސުދީރް

އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭހުގެ ޖޮއިންޓް ސެކްރެޓަރީ ޝްރީ ސަންޖޭ ސުދީރް އައްޔަން ކުރައްވައިފިއެވެ.

އާ ސަފީރު އައްޔަން ކުރައްވާފައިވާކަން ހާމަކުރައްވައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ވަރަށް އަވަހަށް އެ މަނިކުފާނު މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

ސަންޖޭ ސުދީރްއަކީ 1993 އިން ފެށިގެން އިންޑިއާގެ ޚާރިޖީ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ އިންޑިއާ އިން ސިޑްނީއަށް ކަނޑައޅުއްވާފައި ހުންނަވާ ކޮންސުލް ޖެނެރަލްގެ މަގާމާއި އެކްސްޓަރނަލް އެފެއަޒް މިނިސްޓަރުގެ އޮފީހުގެ ޖޮއިންޓް ސެކްރެޓަރީ އަދި އެ އޮފީހުގެ ވެރިޔާގެ މަގާމް އަދާކުރައްވާފައެވެ.

އިންޑިއާ އިން މިހާރު ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ކެނަޑާގެ ޓޮރޮންޓޯގައި އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަކިލޭޝްއަކީ އިންޑިއާގެ ހާރިޖީ ވުޒާރާގައި އާއި އިންޑިއާގެ ތަފާތު އެމްބަސީތަކުގައި މަސައްކަތް ކުރައްވާފައިވާ ހާރިޖީ ދާއިރާގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނުތަނަވަސްވެފައި އޮތް އޮތުން ނިމުމަކަށް ގެނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމާ އެކު ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުން ވަނީ އިއާދަކުރެވިފަައެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ސާލިހު އިންޑިއާއަށް ވަޑައިގެންނެވިއިރު އެ މަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

15 އެޕްރީލު 2017
އިންޑިއާ ސިފައިން އައްޑަނައަކަށް އިންސާނަކު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް