Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެތުމުގެ ޕްރޮގްރާމް

ޓުއަރިޒަމް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ފަތަން ދަސްކޮށްދެނީ

28 ޖެނުއަރީ 2019 | ހޯމަ 11:01

ރާއްޖެ ކުރިއަށް ގެންދެވޭނީ ސަރުކާރަށް ރައްޔިތުންގެ ބައިވެރިވުން ލިބިގެން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 28 ޖެނުއަރީ 2019 | ހޯމަ 11:01
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު

މިއަހަރު ނިމުމުގެ ކުރިން ޓުއަރިޒަމް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަކީ ފަތަން ދަންނަ ބަޔަކަށް ހެދުމަށް ޕޮލިސީތަކެއް އެކުލަވާލާނެ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސުވިމް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ ފެތުމުގެ ޕްރޮގްރާމްގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ހަފްލާގައި ވަހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ހަމައެކަނި ޤާނޫނާއި ޤަވައިދު ހަދައިގެން އެކިއެކި ގެއްލުންތައް ލިބުން ނުހުއްޓުވޭނެ ކަމަށާއި، ބައެއް ކަންކަމަކީ އަމިއްލަ އިސްނެގުމާއި ޝައުޤުވެރިކަމާއިއެކު ކުރަންޖެހޭ ކަންކަން ކަމަށެވެ.

Advertisement - newsAdvertisement

"ރާއްޖެ އަކީ ވަށައިގެން ކަނޑުއޮތް ޖަޒީރާ ގައުމެއް. ހިކިފަސްތަނަށް ވުރެން ބޮޑީ ކަނޑުގެ ސަރަހައްދު"، މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖެ ކުރިއަށް ގެންދެވޭނީ ސަރުކާރަށް ރައްޔިތުންގެ ބައިވެރިވުން ލިބިގެންކަން ފާހަގަ ކުރަށްވާ މިނިސްޓަރ ވިދާޅުވީ، ރައްޔިތުން އިސްނަގައިގެން އެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކޮންމެ ކަމެއްގައި މިސަރުކާރުން އެހީތެރިވާން ތައްޔާރަށް އޮތްކަމަށެވެ.

އެގޮތުން ރައްޔިތުންގެ ޚިޔާލުތަކާއި ފިކުރުތަކަށް މިސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަރަމެންޓް ޑރ ހުސެން ރަޝީދު އަހުމަދު ވިދާޅުވީ، ކަނޑާއި ފަރުތަކުގެ ރީތިކަމަށް ހޭލުންތެރި ވެގެން ނޫނީ އެތަންތަން ދެކެ ލޯބި ނުވެވޭނެ ކަމަށާއި އަދި އެތަންތަން ސަލާމަތްވެސް ނުކުރެވޭނެ ކަމަށެވެ.

މޫދަށް ނޭރޭ މީހަކަށް ކަނޑު އަޑީގައި ހުރި ބަގީޗާތަކުގެ ރީތިކަން އިހްސާސް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުންވެސް މޫދަށްއެރި، ފަތައި، ކަނޑުއަޑީގައި ހުރި ގުދުރަތީ މުއްސަނދިކަމުން އުފާ ލިބިގަންނަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސުވިމް މޯލްޑިވްސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ފުރަތަމަ ދުވަހު ފެތުމަށް ހަމަޖެހިފައިވަނީ 8 ނުވަތަ 10 ފެތުންތެރިން ކަމަށާއި އޭގެ އިތުރުން ކޮންމެ ރަށެއްގެވެސް ފަތަން ބޭނުންވާ މީހަކު ހުރިނަމަ އެމީހަކަށް ފެތުމުގެ ފުރުސަތު އޮންނާނެ ކަމަށް ސުވިމް މޯލްޑިވްސްއިން މައުލޫމަތު ދެއެވެ.

މީގެ އިތުރުން ރިސޯޓްތަކުގެ މުވައްޒަފުންނާއި ގެސްޓުންވެސް ފެތުމުގެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކަމަށް ސްވިމް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް