Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސެގް އެވޯޑްސް 2019

ސެގް އެވޯޑްސް 2019: އެންމެ ޝަރަފުވެރި އެވޯޑް ފުރަތަމަ ފަހަރަށް ސުޕަރހީރޯ ފިލްމަކަށް!

28 ޖެނުއަރީ 2019 | ހޯމަ 06:50

'އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ ކާސްޓް އިން އަ މޯޝަން ޕިކްޗަރ' އެވޯޑް ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒްކޮށްފައިވާ މާވެލްގެ 'ބްލެކް ޕެންތަރ'

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 28 ޖެނުއަރީ 2019 | ހޯމަ 06:50
\'ބްލެކް ޕެންތަރ\'ގެ މައި ތަރިން

\'ބްލެކް ޕެންތަރ\'ގެ މައި ތަރިން

25 ވަނަ ސްކްރީން އެކްޓަރސް ގިލްޑް އެވޯޑްސް، ނުވަތަ ސެގް އެވޯޑްސް ހޯމަ ދުވަހު ބާއްވާފައިވާއިރު، އެންމެ ޝަރަފުވެރި އެވޯޑް ފުރަތަމަ ފަހަރަށް ސުޕަރހީރޯ ފިލްމަކުން ވަނީ ކާމިޔާބު ކޮށްފައެވެ.

އެގޮތުން 'އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ ކާސްޓް އިން އަ މޯޝަން ޕިކްޗަރ' އެވޯޑް ކާމިޔާބުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކޮށްފައިވާ މާވެލްގެ 'ބްލެކް ޕެންތަރ'އެވެ.

'ބްލެކް ޕެންތަރ'ފަދަ ސުޕަރހީރޯ ފިލްމްތައް ބޮކްސް އޮފީހުގައި ކިތަންމެ ކާމިޔާބުވި ނަމަވެސް މިފަދަ އިނާމްތަކަށް މީގެ ކުރިން ނޮމިނޭޓެއް ވެސް ނުވެއެވެ.

މި ފިލްމްގެ މައި ރޯލްތަކުން ކަޅު ނަސްލުގެ ތަރިން ފެނިގެންދާއިރު، ހޮލީވުޑްގައި ކަޅު ނަސްލުގެ ތަރިންނަށް ފުރުސަތުތައް މަދުކަމުގެ ވާހަކަތަކަކީ ނިމިގެން ދިޔަ އަހަރުތަކުގައި ވަރަށް ގިނައިން ދެކެވިގެން ދިޔަ ވާހަކަތަކެކެވެ.

'ބްލެކް ޕެންތަރ'ގެ ތަރިން. ފޮޓޯ: އެކްސްޓްރާ ޓީވީ

އެހެންކަމުން، 'ބްލެކް ޕެންތަރ'ގެ ކާމިޔާބީއާއެކު ފިލްމެއް ކާމިޔާބުވުމަށް ތަރިން ވަކި ނަސްލަކަށްވާން ނުޖެހޭކަން ހޮލީވުޑަށް އެނގިގެން ދިޔައެވެ.

1.344 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު 'ބްލެކް ޕެންތަރ'އަކީ 2018ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ. އަދި އެ ފިލްމްވަނީ ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އެކަޑަމީ އެވޯޑްސް، ނުވަތަ އޮސްކާސްގެ 'ބެސްޓް ޕިކްޗަރ'އަށް ވެސް ނޮމިނޭޓްވެފައެވެ. މިއީ މި އެވޯޑަށް ވެސް ސުޕަރހީރޯ ފިލްމެއް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.

'އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ ކާސްޓް އިން އަ މޯޝަން ޕިކްޗަރ'އަށް ނޮމިނޭޓްވި އެހެން ފިލްމްތަކަކީ، 'އަ ސްޓަރ އިޒް ބޯން،' 'ބޮހީމިއަން ރެޕްސޮޑީ،' 'ބްލެކްކްލާންސްމަން' އަދި 'ކްރޭޒީ ރިޗް އޭޝިއަންސް'އެވެ.

ފިލްމްތަކަށް ބަލާއިރު، ބެސްޓް އެކްޓަރގެ އެވޯޑް ލިބިފައިވަނީ 'ބޮހީމިއަން ރެޕްސޮޑީ'ގައި ފްރެޑީ މަރކިއުރީގެ ރޯލުން ފެންނަ ރަމީ މަލެކް އަށެވެ. އަދި ބެސްޓް އެކްޓްރެސް އެވޯޑް ކާމިޔާބު ކޮށްފައިވަނީ 'ދަ ވައިފް'ގެ ތަރި ގްލެން ކްލޯސްއެވެ.

މީގެ އިތުރުން، ޓީވީ ޝޯވތަކަށް ބަލާއިރު ތިން އެވޯޑާއެކު މި އަހަރުގެ ސެގް އެވޯޑްގައި އެންމެ ކާމިޔާބު ވެގެންދިޔައީ އިންޓަނެޓް ވީޑިއޯ އެންޑް ޑިމާންޑް ސަރވިސެއް ކަމަށްވާ އެމަޒޯންގެ 'ދަ މާވަލަސް މިސިސް މޭސަލް'އެވެ.

ޓޯނީ ޝަލޫބްއާއި ރޭޗަލް ބްރޮސްނަހަން

އެގޮތުން، އެ ސީރީޒްގެ މައި ދެ ތަރިން، ޓޯނީ ޝަލޫބްއާއި ރޭޗަލް ބްރޮސްނަހަން، އަށް ކޮމެޑީ ސީރީޒް ކެޓަގަރީގެ ބެސްޓް އެކްޓަރާއި އެކްޓްރެސް އެވޯޑް ލިބިފައިވާއިރު، 'ދަ މާވަލަސް މިސިސް މޭސަލް' އަށް 'އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އެން އަންސާމްބްލް އިން އަ ކޮމެޑީ ސީރީޒް' އެވޯޑްވަނީ ލިބިފައެވެ.

ސެގް އެވޯޑްސް 2019: ފުރިހަމަ ލިސްޓް

  • މޯޝަން ޕިކްޗަރ

އައުޓްސްޓޭންޑިންހ ޕަރފޯމަންސް ބައި އަ މޭލް އެކްޓަރ އިން އަ ލީޑިންގ ރޯލް: ރަމީ މަލެކް، 'ބޮހީމިއަން ރެޕްސޮޑީ'

އައުޓްސްޓޭންޑިންހ ޕަރފޯމަންސް ބައި އަ ފީމޭލް އެކްޓަރ އިން އަ ލީޑިންގ ރޯލް: ގްލެން ކްލޯސް، 'ދަ ވައިފް'

އައުޓްސްޓޭންޑިންހ ޕަރފޯމަންސް ބައި އަ މޭލް އެކްޓަރ އިން އަ ސަޕޯޓިންގ ރޯލް: މަހަރޝަލަ އަލީ، 'ގްރީން ބުކް'

އައުޓްސްޓޭންޑިންހ ޕަރފޯމަންސް ބައި އަ މޭލް އެކްޓަރ އިން އަ ސަޕޯޓިންގ ރޯލް: އެމިލީ ބްލަންޓް، 'އަ ކުއައެޓް ޕްލޭސް'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ ކާސްޓް އިން އަ މޯޝަން ޕިކްޗަރ: 'ބްލެކް ޕެންތަރ'

އައުޓްސްޓޭންޑިންގ އެކްޝަން ޕަރފޯމަންސް ބައި އަ ސްޓަންޓް އަންސަމްބްލް އިން އަ މޯޝަން ޕިކްޗަރ: 'ބްލެކް ޕެންތަރ'

  • ޓެލެވިޒަން

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އެން އަންސަމްބްލް އިން އަ ޑްރާމަ ސީރީޒް: 'ދިސް އިޒް އަސް'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އެން އަންސަމްބްލް އިން އަ ކޮމެޑީ ސީރީޒް: 'ދަ މާވަލަސް މިސިސް މޭސަލް'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ މޭލް އެކްޓަރ އިން އަ ޑްރާމާ ސީރީޒް: ޖޭސަމް ބޭޓްމަން، 'އޮޒާކް'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ ފީމޭލް އެކްޓަރ އިން އަ ޑްރާމާ ސީރީޒް: ސެންޑްރާ އޯ، 'ކިލިންގ އީވް'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ މޭލް އެކްޓަރ އިން އަ ކޮމްޑީ ސީރީޒް: ޓޯނީ ޝަލޫބް، 'ދަ މާވަލަސް މިސިސް މޭސަލް'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ ފީމޭލް އެކްޓަރ އިން އަ ކޮމެޑީ ސީރީޒް: ރޭޗަލް ބްރޮސްނަހަން، 'ދަ މާވަލަސް މިސިސް މޭސަލް'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ މޭލް އެކްޓަރ އިން އަ ޓީވީ މޫވީ އޯ ލިމިޓެޑް ސީރީޒް: ޑެރަން ކްރިސް، 'ދަ އެސާސިނޭޝަން އޮފް ޖިއޮވާނީ ވަސާޗީ: އެމެރިކަން ކްރައިމް ސްޓޯރީ'

އައުޓްސްޓޭންޑިންގ ޕަރފޯމަންސް ބައި އަ މޭލް އެކްޓަރ އިން އަ ޓީވީ މޫވީ އޯ ލިމިޓެޑް ސީރީޒް: ޕެޓްރިޝާ އާކެޓް، 'އެސްކޭޕް އެޓް ޑަނެމޯރާ'

އައުޓްސްޓޭންޑިންގ އެކްޝަން ޕަރފޯމަންސް ބައި އަ ސްޓަންޓް އަންސަމްބްލް އިން އަ ކޮމެޑީ އޯ ޑްރާމާ ސީރީޒް: 'ގްލޯ'

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ
07 މާރިޗު 2017

އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

07 މާރިޗު 2017
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
13 ފެބުރުއަރީ 2017

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް
07 ފެބުރުއަރީ 2017

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
07 ޖެނުއަރީ 2017

ހަތްވަނަ ގައުމީ އެވޯޑް ހަފްލާއަށް ދެވުމުން ހީވީ ހަބޭސް 3 ގެ ޖަލްސާއަކަށް ދެވުނުހެން : ފައްތާހު

07 ޖެނުއަރީ 2017
ހަތްވަނަ ގައުމީ އެވޯޑް ހަފްލާއަށް ދެވުމުން ހީވީ ހަބޭސް 3 ގެ ޖަލްސާއަކަށް ދެވުނުހެން : ފައްތާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް