Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑިޝަރީ އިސްލާހު ކުރުން

އެމްޑީޕީން ޖުޑިޝަރީ އިސްލާހު ކުރުމަށް ހުށަހެޅި ހުށަހެޅުމަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށް އެކުލަވާލި ހުށަހެޅުމެއް ނޫން: ނަޝީދު

27 ޖެނުއަރީ 2019 | އާދީއްތަ 19:35

އެންމެހާ ފަނޑިޔާރުންނާއި ވަކީލުން އެހީތެރިވެދިނުމަށް އެދިލެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖެނުއަރީ 2019 | އާދީއްތަ 19:35
އެމްޑީޕީން ހިންގި މަސައްކަތު ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީން ހިންގި މަސައްކަތު ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީން ޖުޑިޝަރީ އިސްލާހު ކުރުމަށް ހުށަހެޅި ހުށަހެޅުމަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށް އެކުލަވާލި ހުށަހެޅުމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހުށަހެޅުމަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށްގެން އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއް ނޫން ކަމަށާއި އެއީ މިދިޔަ 10 އަހަރު އެމްޑީޕީން ކުރި ތަޖުރިބާގެ އަލީގައި އެކުލަވާލި އިހްލާސްތެރި އެކުލަވާލުމެއް ކަމަށެވެ. އަދި އެންމެހާ ފަނޑިޔާރުންނާއި ވަކީލުން އެކަމަށް އެހީތެރިވެދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހަކުން ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެ ޕާޓީގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިންނެވެ. އެ ކަރުދާހުގައި ވަނީ ޑީޖޭއޭ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ކޯޓުތައް އިސްލާހު ކުރުމެވެ. ޑީޖޭއޭ ހިންގާނީ ސުޕްރީމް ކޯޓުގެ ދަށުން ނޫން ކަމަށާއި އެ ޑިޕާޓްމަންޓް ހިންގާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ކަމަށް ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ. އެ ކަރުދާހުގައިވާ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައިވެސް ބުނެފައި ވަނީ އެ ގޮތަށެވެ.

ހިސާން ހުށަހެޅުއްވި ކަރުދާހުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ފަނޑިޔާރުންގެ ޝަރުތުތައް އަލުން ރިވިއު ކުރުމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައިވާ ޝަރުތުތައް އިތުރަށް ދިރާސާކޮށް، ފަނޑިޔާރުންގެ ސުލޫކީ އަދި އަހުލާގީ މިންގަނޑުގެ މާނަ ފުޅާ ކުރުން ހިމެނެއެވެ. އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާގައި ފަނޑިޔާރުންގެ ޝަރުތު އިތުރު ކުރުމަށް ހުށަހަޅާ ކަންތައްތަކުގެ ތަފްސީލު ހިމަނާފައެއް ނުވެއެވެ.

އެ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމަށް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. އެގޮތުން އަންގާރަ ދުވަހާއި ހަމައަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް