Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިން އިންސްޓްރަކްޓަރުން

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

27 ޖެނުއަރީ 2019 | އާދީއްތަ 08:12

މި ކޯސް ފަށާނީ ފެބްރުއަރީ ދެވަނަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 27 ޖެނުއަރީ 2019 | އާދީއްތަ 08:12
އިންޓަ ސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން

އިންޓަ ސްކޫލް ސްވިމިން މުބާރާތުގެ ތެރެއިން

ފަތަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް މާލޭގައި ހިންގަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްވިމިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ކޯސް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ މި ކޯހުގައި ބައިވެރިވެވޭނީ ދިވެހިންނަށް އެކަނި ކަމަށާއި، އެ މީހަކީ ފަތަން ދަސްކޮށްދިނުމުގެ މަސައްކަތްކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ ކޯހުގައި ބައިވެރިވެވޭނީ މީހެއްގެ އެހީއަކާ ނުލައި ހުއްޓުމެއް ނެތި 400 މީޓަރަށް ފަތަން އެނގޭ އުމުރުން 18 އަހަރާ 45 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

މިކޯސް ފުރިހަމަކުރުމަށް ފަހު ސެޓްފިކެޓް ދެވޭނީ ސްވިމިން އެސޯސިއޭޝަނުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޯހުގެ އަމަލީ ބައި ފުރިހަމަކޮށް، ހާޒިރީން %95 އަށް ވުރެ މަތިން ހޯދައި، ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓްތަކުން %75 އަށް ވުރެ މަތިން މާކްސް ހޯދާ މީހުންނަށް ކަމަށް އެ އެސޯސިއޭޝަނުން މައުލޫމަތު ދެއެވެ.

ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން، ކޯހުގައި ބައިވެރިވުމުގެ އޮންލައިން ފޯމު ފުރިހަމަކޮށް 30 ޖެނުއަރީ 2019 ވަނަދުވަހު 14:00 ގެކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 08:00 ން މެންދުރު 14:00 އަށް 3323429 އަށް ގުޅުއްވުމަށް އެދޭކަމަށް ސްވިމިން އެސޯސިއޭޝަނުން އެދެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2023

ފަންސާހަކަށް ކުދިންނާއެކު ޖޫނިއަރ ފުޓްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ އައު ބުރެއް ފަށައިފި

07 ފެބުރުއަރީ 2023
ފަންސާހަކަށް ކުދިންނާއެކު ޖޫނިއަރ ފުޓްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ އައު ބުރެއް ފަށައިފި
07 ޖޫން 2022

ސްޕޯޓްސް ކަައުންސެލަރުން ތަމްރީނުކުރުމުގެ ހަތަރު ވަނަ ޕްރޮގްރާމް ނިންމާލައިފި

07 ޖޫން 2022
ސްޕޯޓްސް ކަައުންސެލަރުން ތަމްރީނުކުރުމުގެ ހަތަރު ވަނަ ޕްރޮގްރާމް ނިންމާލައިފި
30 މެއި 2020

ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުކުރުމުގެ ހުއްދަ ސްޕެނިޝް ލީގުގެ ކްލަބުތަކަށް ދީފި

30 މެއި 2020
ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުކުރުމުގެ ހުއްދަ ސްޕެނިޝް ލީގުގެ ކްލަބުތަކަށް ދީފި
06 ފެބުރުއަރީ 2020

ދިއްދޫގައި ފެތުންތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށައިފި

06 ފެބުރުއަރީ 2020
ދިއްދޫގައި ފެތުންތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށައިފި
24 ފެބުރުއަރީ 2019

އެފްއައިވީބީ ލެވެލް ދޭއްގެ ކޯޗިންގް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

24 ފެބުރުއަރީ 2019
އެފްއައިވީބީ ލެވެލް ދޭއްގެ ކޯޗިންގް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
08 ފެބުރުއަރީ 2019

އައްޑޫގައި ބާއްވާ ފުޓްބޯލް ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

08 ފެބުރުއަރީ 2019
އައްޑޫގައި ބާއްވާ ފުޓްބޯލް ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2019

ފުޓްބޯލް ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

31 ޖެނުއަރީ 2019
ފުޓްބޯލް ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖުލައި 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖުލައި 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް