Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕޯޓްސް ކައުންސެލަރުން ތަމްރިނުކުރުން

ސްޕޯޓްސް ކަައުންސެލަރުން ތަމްރީނުކުރުމުގެ ހަތަރު ވަނަ ޕްރޮގްރާމް ނިންމާލައިފި

މިއަހަރުގެ ޕްރޮގްރާމްގައި 20 ބައިވެރިން ވަނީ ބައިވެރިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 08:14
ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސެލަރެއް ހަމަޖެއްސުމުގެ ސިޔާސަތުގެ ތެރެއިން އެ މަގާމަށް އެކަށީގެންވާ މީހުން ތަމްރީނުކުރުމުގެ ހަތަރު ވަނަ ޕްރޮގްރާމް ނިންމާލައިފިއެވެ.

މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. މި އަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފެބްރުވަރީ މަހުގެ 13 ން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ ޕްރޮގްރާމްގައި 10 އަތޮޅަކުން 20 ރަށެއް ވަނީ ބައިވެރިވެފައެވެ. ޖުމުލަ 20 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މިއަހަރުގެ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ފިޓްނަސް ދާއިރާގެ އަޖުރިބާކާރު ބޭފުޅެއްކަމަށްވާ ޢަބްދުލް ރައްޒާޤު އިބްރާހިމްއެވެ.

ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ، އިބްރާހީމް ޙަަސަންއެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލާއި، ނާސިހު ރަޝީދުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ ޢަބްދު ﷲ އަނީސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ ކުރިން ވެސް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 20 އަތޮޅަކުން ޖުމުލަ 111 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމުގެ މުހިންމުކަމާއި ކުޅިވަރު ކުޅުމުގެ އިތުރުން ކަސްރަތު ކުރުމުގެ މުހިންމުކަން މުޖުތަމައުއަށް އަންގައިދިނުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ފަރާތްތައް ސްޕޯޓްސް ކައުންސެލަރުންގެ ގޮތުގައި ހަމަޖައްސައި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

މިއީ ރައީސް ޞާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މިކަމުގެ ބޭނުމަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު

ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު

24 ޑިސެމްބަރު 2025
ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް

ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް

24 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު